ޚަބަރު ސިޔާސީ

ރުޅި އަންނަ މީހަކު ރުޅި އަޔަސް، ވެރިކަމުގައި ހުންނެވީ ރައީސް ޞާލިޙު: އިމްރާން

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަން ކުރައްވަނީ ވަރަށް ގިނަ ބައެއްގެ ހެޔޮ ދުޢާ ލިބިގެން ކަމަށާއި، ބަޔަކު ރުޅި އަޔަސް ދާޚިލީ ވަޒީރު އިމްރާން ވިދާޅުވެއްޖެއެވެ.

Ads by STELCO

ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީީސް ޝެއިޚް އިމްރާން މިއަދު ވިދާޅުވީ ރައީސް ޞާލިޙު އަމާންކަމާއެކު މި ދައުރު ފުރިހަމަ ކުރައްވައި ދެވަނަ ދައުރަކަށް އިންތިޚާބު ވުމުގައި ވަރަށް ގިނަ ބައެއްގެ ހެޔޮދުޢާ ޝާމިލްވާ ކަމަށެވެ.

އެގޮތުން އެއީ ވަރަށް ގިނަ ހެޔޮލަފާ އަޅުންގެ އިޙްލާސްތެރި ހެޔޮ ދުޢާތަކުގެ ބަރަކާތާއެކު ވެފައިވާ ކަމެއް ކަމަށް އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރައީސް ޞާލިޙުގެ ދައުރު އަމާންކަމާއެކު ކުރިއަށްދާތީ އެކަމާ ރުޅިއައިސް މަލާމާތް ކުރިޔަސް އެންމެ ރަނގަޅު ކަމަށެވެ.

“ރުޅި އަންނަ މީހަކު ރުޅިއަޔަސް، މަލާމާތް ކުރާ މީހަކު މަލާމާތް ކުރިޔަސް ވެރިކަމުގައި ހުންނެވީ ރައީސް ޞާލިޙް.” އިމްރާން ވިދާޅުވެފައިވެއެވެ.

އަދާލަތު ޕާޓީން ރައީސް ޞާލިޙާއެކުގައި ކޯލިޝަން ހަދަން ނިންމައިފައިވާއިރު، އެމްޑީއޭއިން ވެސް ވަނީ އެގޮތަށް ނިންމައި ރައީީސް އާއިއެކުގައި ރިޔާސީ ކެމްޕެއިން ވެސް ފަށައިފައެވެ.

 

  1. ދޮށީބޭ

    ޢިމްރާން ޢަބްދުﷲއަށް.. ސޫރަތުލް އަންޢާމްގެ 123 ވަނައާޔަތުގެ މާނަ ކިޔާލަބަލަ! އެއަށްފަހު،ﷲގެކުޅަދުން ވަންތަކަމާއިމެދު،ފުންކޮށް ވިސްނާ ފިކުރުކޮށްލަބަލަ.