ޚަބަރު ސިޔާސީ

މާލޭގެ ގަލޮޅު ދެކުނުގެ ގެތަކަށް ރައީީސް ޒިޔާރާތް ކުރައްވައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު، މާލޭގައި ދޮރުންދޮރަށް މިއަދު ހިންގަވައިފިއެވެ.

Ads by MWSC

ރައީސް މިއަދު ދޮރުންދޮރަށް ހިންގަވަން ފެއްޓެވީ ގަލޮޅު ދެކުނު ދާއިރާގައެވެ.

މި ހަރަކާތުގައި އެ ދާއިރާގެ އެމްޑީޕީގެ މެމްބަރު، މީކާއިލް ނަސީމާއި މާލޭގެ ކޯޑިނޭޓަރު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ބައިވެރިވެވަޑައިގެންނެވިއެވެ.

މި ހަރަކާތުގައި ރައީސް ޞާލިޙު ވަނީ އެ ދާއިރާގެ ގެތަކަށް ޒިޔާރަތް ކުރައްވައި ރައްޔިތުންގެ ހާލު އޮޅުންފިލުއްވައިފައެވެ.

ރައީީސް ޞާލިޙުގެ ރިޔާސީ ކެމްޕެއިން އަތޮޅުތެރޭގައި ވެސް ރަސްމީކޮށް ވަނީ ފަށައިފައެވެ. މިގޮތުން ކެމްޕެއިން ފެށީ ށ.އަތޮޅުންނެވެ. އެ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ކޮންމެ ރަށަކަށް ވެސް އައު ވަޢުދުތަކެއް ވެވަޑައިގެންނެވިއެވެ.

Ads by HDC
  1. ކަނބުލޮ

    ދާއިރާގެ މީހުންގެ ގޭގެއަށް ޒިޔާރަތް ކުރެއްވީ . މާނަޔަކީ އަތްދަށު ވަޑިންގެ ގޭގެއަށޭ ޒިޔާރަތްކުރެއްވީ.