ޖަޕާނުން ރާއްޖެއަށް 8 އެމްބިއުލާންސް ހަދިޔާކޮށްފި

ޖަޕާނުން ރާއްޖެއަށް ހަދިޔާކުރި 8 އެމްބިއުލާންސް މިއަދު ހަވާލުކޮށްފިއެވެ.
އެ 8 އެމްބިއުލާންސްގެ ތެރެއިން ދެ އެމްބިއުލާންސް ހަދިޔާކުރީ ހުޅުމާލޭގެ ނޭޝަނަލް އެމްބިއުލާންސް ސަރވިސްއަށްކަމަށް ވާއިރު، އަނެއް 6 އެމްބިއުލާންސް ރާއްޖޭގެ އަތޮޅުތެރޭގެ ފެސިލިޓީއަކަށް ހަދިޔާކޮށްފައިވެއެވެ. އެއީ ހއ. ކެލާ ހެލްތު ސެންޓަރާއި ހއ. ހޯރަފުށީ ހެލްތު ސެންޓަރާއި ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ފުވައްމުލަކު ހޮސްޕިޓަލާއި، ލ. ގަން ރީޖަނަލް ހޮސްޕިޓަލުގެ އިތުރުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އެވެ.