ޚަބަރު ސިޔާސީ

ރިޔާސީ އިންތިޚާބު 2023: "ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯ" މިއަދު ޤާއިމު ކޮށްފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރިޔާސީ އިންތިޚާބު 2023 އާ ގުޅޭ ޝަކުވާތައް ބަލައިގަތުމަށްޓަކައި "ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯ" އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރުގޭގައި) މިއަދު ޤާއިމު ކޮށްފިއެވެ.

Ads by STELCO

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝަކުވާ ހުށަހަޅާ ފޯމު ލިބެން ހުންނާނީ އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުން، އިންތިޚާބާ ބެހޭ މަރުކަޒުން، އިލެކްޝަންސް ކޮމިޝަނުގެ އިދާރާގެ ކައުންޓަރުން، ރަށްރަށުގެ ރަށު ކައުންސިލް އިދާރާ އަދި އަތޮޅު/ސިޓީ ތަކުގައި ޤާއިމް ކުރެވިފައިވާ އިލެކްޝަންސް ފޯކަލް ޕޮއިންޓްތަކުން ކަމަށާއި، ރާއްޖެއިން ބޭރުގައި ޤާއިމު ކޮށްފައިވާ ފޯކަލް ޕޮއިންޓުތަކުން ވެސް ޝަކުވާ ހުށަހަޅާ ފޯމު ލިބެން ހުންނާނެ ކަމަށެވެ.

ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ގުޅޭނެ ނަންބަރުތަކަކީ 3004498 އަދި 3004450އެވެ. ކޮމްޕްލެއިންޓްސް ބިއުރޯގެ އީމެއިލް އެޑްރެހަކީ [email protected] އެވެ.

ހަބީބް ވިދާޅުވީ އީމެއިލް މެދުވެރިކޮށް ފޮނުވޭ ޝަކުވާތައް ވެސް ބަލައިގަންނާނެ ކަމަށެވެ.

މީގެ އިތުރުން ބިއުރޯ ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 15:00 އަށް ކަމަށާއި ހުކުރު ދުވަހު މެންދުރުފަހު 14:00 އިން ހަވީރު 17:00 އަށް ކަމަށް ޙަބީބް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ވަގުތު ކައިރިވަމުން އަންނަ އިރު ރިޔާސީ އިންތިޚާބު 2023 ގައި ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމަށް އެދޭ މީހުން އެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުލައި 23 އިން 7 އޮގަސްޓާ ހަމައަށް މިއަދު ވަނީ ހުޅުވައިލައިފައެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!