އެއްވެސް މީހެއްގެ މައްޗަށް އަނިޔާވެރިވުމާއި ގެއްލުން ދިނުމަކީ އިސްލާމްދީން ހުއްދަ ކުރާ ކަމެއް ނޫން: ޚުތުބާ
އެއްވެސް މީހެއްގެ މައްޗަށް އަނިޔާވެރިވުމާއި ގެއްލުން ދިނުމަކީ އިސްލާމްދީން ހުއްދަ ކުރާ ކަމެއް ނޫން ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރުޚުތުބާގައި އަލިއަޅުވާލައިފައިވާ މައުޟޫއުއަކީ" އިސްލާމީ އަޙްވަންތަކަމާއި އެއްބައިވަންތަކަން "މިއެވެ.
ޚުތުބާގައި ބުނެފައިވަނީ މުޖްތަމައެއް ބިނާކުރުމުގައި އުޙުއްވަތްތެރި ކަމާއި އެއްބައިވަންތަކަމުގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. އަދި މުޖަތަމައުގެ އަފްރާދުންނަކީ އެކަކު އަނެކަކަށް އަނިޔާވެރިވެ އަރާރުންވާ ބަޔަކު ކަމުގައި ވަނީނަމަ ނަސްރާއި ކާމިޔާބީއަށް ވާސިލްވުމަކީ އެ މުޖްތަމަޢަށް އެކަށީގެންވާ ކަމެއް ނޫން ކަމަށެވެ.
އަދި މުސްލިމުންގެ މެދުގައި އެއްބައިވަންތަކަމާއި އަހްވަންތަކަން ގާއިމްކުރުމަށް އިސްލާމްދީން ވަރަށް ބޮޑަށް ބާރު އާޅާ ކަމަށާއި އެކަމަށް ހުރަސް އަޅާ ކޮންމެ ކަމެއް އިސްލާމްދީނުގައި މަނާ ކުރައްވާފައިވާ ކަމަށް ހުތުބާގައި ބުންޏެވެ.
މީގެ އިތުރުން އެކަކު އަނެކަކަށް މަލާމާތް ކުރުމާއި ފުރައްސާރަ ކުރުން އިސްލާމް ދީނުގައި މަނާ ކުރައްވާފައިވާ ކަމަށާއި އިސްލާމްދީނުގައި އެކަމެއް ކުރުމަށް އަންގަވާފައިވާ ކޮންމެ ކަމެއް ކުރުމުން އެކަމުގެ ލާބަ އާއި މަންފާ އޮތީ އެމީހަކަށް ކަމަށް ވެސް ހުތުބާގައު ބުންޏެވެ.
މީހަކައްގޮތެއްް އެއްކަމެއްގައިި އެކިމީހުންނައްް އެކިގޮތައްކަންތައްް ކުރާހާހިދަކުު ތިބުނާަ އެކުވެރިކަމެއްް ނުފެންނާނެެ މިގޮތައްް މިކުޑަކުޑަަ މީސްކޮޅުމަދުު ގައުމުު ބައިބައިވުމުގެެ ފުރިހަމަަ ޒިންމާާ ސަރުކާރުންް ނަގަންޖެހޭނެެ މިހާރަކުު މިނިވަންކަމެއްް އެކުވެރިކަމެއްް މިރާއްޖެއަކުންނުފެނޭޭ ހުރިހިތާމައެއްގެެ ބޮޑުކަމާއެވެެ