ޚަބަރު ސިޔާސީ

އިންތިޚާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދެއްވުމުގައި ދެމިހުންނާނަން: ޖަމީލު

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް, ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމަށް ކާމިޔާބު ކޮށްދެއްވުމުގައި ދެމިހުންނާނެކަމުގެ ޔަޤީންކަން، ރައީސް ޔާމީނުގެ ރަނިންމޭޓް އަދި ކުރީގެ ނައިބު ރައީސް، ޑރ. މުޙައްމަދު ޖަމީލް އަހްމަދު ދެއްވައިފިއެވެ.

Ads by STELCO

ޑރ. ޖަމީލް މިހެން ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ ރަނިންމޭޓްކަމަށް އެބޭފުޅާ ހަމަޖައްސަވާފައިވާތީ ރައީސް ޔާމީނަށާއި ޕީޕީއެމްގެ ލީޑަރޝިފަށް ޝުކުރުއަދާކުރައްވަމުން މިއަދު ކުރައްވަމުންނެވެ.

އެގޮތުން، ޕީޕީއެމްގެ ލީޑަރޝިޕާއި ސެނެޓަރުންނަށާއި އެ ކޯލިޝަނުގެ އާންމު މެންބަރުންނަށް ޝުކުރު އަދާކުރައްވަމުން ޖަމީލް ވިދާޅުވީ، އެންމެން ގުޅިގެން އާ ޖޯޝެއްގައި ރައީސް ޔާމީން ރާއްޖޭގެ ޒަޢާމަތަށް ގެންނެވުމުގެ މަސައްކަތް ފަށްޓަވަންވީކަމަށެވެ.

"އަޅުގަނޑުގެ ލަޔާޤަތާއި ޤާބިލިއްޔަތު ތަންދިން އެންމެ ބޮޑަށް މި އިންތިޚާބު ރައީސް ޔާމީންއަށް ކާމިޔާބުކޮށްދެއްވުމުގައި ދެމިހުންނާނެ ކަމުގެ ޔަޤީންކަން އަރުވަން" ޖަމީލް ވިދާޅުވިއެވެ.

ރައީސް ޔާމީން 2013 ގައި ވެރިކަމަށް ވަޑައިގެންނެވީ ވެސް ޑރ. ޖަމީލް ރަނިން މޭޓަކަށް ހުންނަވައިގެންނެވެ. އަދި 2015 ވަނަ އަހަރުގެ މެދާ ހިސާބަށް ރައީސް ޔާމީންގެ ނައިބެއްގެ ގޮތުގައި ޖަމީލު ހުންނެވިއެވެ. އޭގެ ފަހުން ޑރ. ޖަމީލު ނައިބު ރައީސް ކަމުން ވަނީ މަޖިލިސް މެދުވެރިކޮށް ދުރުކޮށްފައެވެ.

Ads by Allied Insurance
  1. ދުނިގެފަހުގެ ތާރީޚް ދުށް ދެފުށްކެހެރި މީނާމިއީ
    މިކަލޭގެ ފުރަތަމަކަމަކަށް ސިކުނޑީގެޑޮކްޓަރަކަށް ދަށްކަންވީ! ދެވަނަކަމަކަށް އިންސާނެއްތޯޓެސްޓް
    ކުރަންވީ! ފަހަރުގަ ސިފަބަދަލުކޮށްފަހުރި އޭލިއަނަކަށް
    ވެދާނެ !
    މިކަލޭގެހަނދާންނެތޭބަލިވެސް ހުރެދާނެ!
    އަދީބަށް ނައިބުރައީސްކަންދޭން ލަފުގަހިފާހޫރާލިތަން އަދި ހަނދާނެތޭހާދުވަހެއްނުވޭވިއްޔަދޯ؟
    ނޫނީ ޔާމީނާއެކީ ލޯބިވެވޭ ކަހަލަ ކުޅިގަނޑެއްކުޅެވިފަވީބާ؟
    ނޫނީ އެކީގަ ޖަރީމާތަކެއްހިންގިފައިވީބާ؟
    ނޫނީސިއްރުން ބޮޑު ކަންތަށް ތަކެއް ކުރެވިފަ ވަނީބާ؟
    ކޮންމެއަކަސް ބޮޑެތިސުވާލު! ؟؟؟؟؟؟؟؟؟؟؟؟؟؟؟؟

  2. އިބްރާހީމް މުހަންމަދު ސޯލިޙް

    ތިޔަ ހުރިހާއެންމެން ފޫގެޅިޔަސް ޔާމިނުއެއް ވެރިކަމަކައް ނާންނާނެ. ވެރިކަމުގަހުރެ ނެގިވޯޓުން ބޮޑުތަނުން ރައްޔިތުން ބުނީ ނޫނެކޭ.. ރަނގަޅުގޮތުގަ ވެރިކަންނުކުރެވި ފެއިލްވިބޭފިޅަކު މިއަދު ގައިދީއެއްގެ ގޮތުގަ އައިސްއަދި މާބޮޑުތަނުންވާނީ ބަލި.. ތަޖްރިބާކޮއް ފެއިލްވި މީހަކު ހޮވޭނެގޮތެއް އޮންނާނެތޯ…