ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ކެންޑިޑަސީ ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާއިރުވެސް ހައި ކޯޓުގައި ކުރިއަށްދާ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ އިސްތިއުނާފީ މައްސަލަ ނިމޭނެކަމެއް ނޭނގޭ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.
ހައިކޯޓުގައި އޮތް އިސްތިއުނާފީ މައްސަލަ ދިގުލައިގެންދާތީ، އެ މައްސަލަ އަވަސްކޮށްދިނުމަށް އެދި އިދިކޮޅު ލީޑަޝިޕުން މިއަދު ހައިކޯޓަށް ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، ހައި ކޯޓު ވަރަށް ޒިންމާދާރުކަން ކުޑަކަމަށެވެ.
އަދި ހައި ކޯޓުން އިދިކޮޅަށް ދިން ޖަވާބަކީ ރައީސް ޔާމީންގެ މައްސަލަ ބަލާ ސެކްޝަނުގައި އެއްވެސް މީހަކު ނެތްކަމަށް ކަމަށާއި މައްސަލަ ބައްލަވާ އެއް ފަނޑިޔާރަކު ހުރީ ޗުއްޓީގައި ކަމަށް އަދުރޭ ވިދާޅުވިއެވެ. މީގެ އިތުރުން ޔާމީންގެ މައްސަލަ ލަސްކުރަނީ ސަރުކާރުން ކޯޓުގެ ތެރެއަށް ނުފޫޒު ފޯރުވައިގެން ކަމަށް އަދުރޭ ވިދާޅުވިއެވެ.
“މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ތެރެއިން އެއް ފަނޑިޔާރަކު މިހާރުވެސް ޗުއްޓީގައި ހުރިކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ރައީސް ޔާމީންގެ އިސްތިއުނާފީ މައްސަލަ ކުރިއަށް ނުގޮސްގެން އިދާރާތަކަށް ދިއުން ފިޔަވާ ކުރެވޭނެ މާ ގިނަ މަސައްކަތްތަކެއް ނެތްކަމަށެވެ.
ޢުނހޫ ކަލޯ ތަކުރާ
ޔާމީނު ނެރޭ. ކަލެއަށް ނެރެވޭނެ.
ކަލޯގެ މަކަރުން ޔާމީނުގެ ދުވަސް ތިޔަދުއްވާލީ.
ދެން ކަލޯ ޓިކެޓާ ބައްދާ.
ޥަރައް މާޔޫސް ވެއްޖެ ދެންތިކަން ހުއްޓާލާ
ޔާމީން އަށް އޮތީ ޖަލު
ރޔ ދެން އޮތް އެންމެ ސޭފް ގޮތަކީ އަދި ޕާޓީވެސް އަތުން ބީވެގެން ނުދާނޭ ގޮތަކީ އުމަރު ނަސީރަށް ތާއީދުކޮށް ޑީލެއްގެދަށުން ގައުމައްޓަކައި އަދި ދީނަށްޓަކައި އަތުކުރި އޮޅާލާ މަސައްކަތް ފެއްޓުން. އިރާދަ ކުރެއްވިއްޔާ އެއްބުރުން އިންތިހާބު ކާމިޔާބުވާނެ. މީވަރަށް ވާހަކަ
މިޤައުމު ހަށްލު ކުރެވޭނީ އުމަރުނަސީރުއަށް
ޔާމިނުނޫން މީހަކު ތިޕާޓީގާ ނެތީތަ؟؟؟؟؟؟