އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނަމަ ޕީއެންސީން ވަކި ކެންޑިޑޭޓެއް ނެރުމަށް އެތެރޭގައި މަޝްވަރާ ކުރަން ފަށައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޕީއެންސީން ކެންޑިޑޭޓަކު ނެރެން ރައީސް ޔާމީން ވަނީ ލީޑާޝިޕަށް އަންގާފައެވެ. މިހާރު ލީޑާޝިޕްގެ ވިސްނުން ހުރީ ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމުގެ އިތުރަށް ޕީއެންސީން ކެންޑިޑޭޓަކާއި ރަނިން މޭޓު ކަނޑައަޅައި އެ ފޯމު ހުށަހެޅުމަށެވެ.
ޕީއެންސީން ވަކި ކެނޑީޑޭޓެއް ނެރުމަށް ރައީސް ޔާމީން އަންގާފައިވާއިރު ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ކެންޑިޑަސީ ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާއިރުވެސް ހައި ކޯޓުގައި ކުރިއަށްދާ ރައީސް ޔާމީންގެ އިސްތިއުނާފީ މައްސަލަ ނިމޭނެކަމެއް ނޭނގޭ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިއްޔެ ވަނީ ބުނެފައެވެ.
މިކަމާއި ގުޅިގެން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، ހައި ކޯޓު ވަރަށް ޒިންމާދާރުކަން ކުޑަކަމަށެވެ. އަދި ހައި ކޯޓުން އިދިކޮޅަށް ދިން ޖަވާބަކީ ރައީސް ޔާމީންގެ މައްސަލަ ބަލާ ސެކްޝަނުގައި އެއްވެސް މީހަކު ނެތްކަމަށް ކަމަށާއި މައްސަލަ ބައްލަވާ އެއް ފަނޑިޔާރަކު ހުރީ ޗުއްޓީގައި ކަމަށް އަދުރޭ ވިދާޅުވިއެވެ.
މީގެ އިތުރުން ޔާމީންގެ މައްސަލަ ލަސްކުރަނީ ސަރުކާރުން ކޯޓުގެ ތެރެއަށް ނުފޫޒު ފޯރުވައިގެން ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.
ދެތިން ހަތަރު ކެނޑިޑޭޓުން ނެރެގެންވެސް ހަމަ ކެނޑިކެޑި ތިބޭނެކަމައް އަހަރެންނަށް ހީވަނީ. ދެން ފެންނާނީ ތިބުނާ ކެނޑިޑޭޓުންތައް ކެނޑިކެނޑި ތިއްބާ ގަޔަށް ފަހަރުވަލެވޭތަން.
ކަލޭގެ ނަމަކީ ދޯޖިއާއެއްނޫން ކަލޭގެނަމަކީ ދޯދިޔާ
ކިނބުލަކަށް ވޯޓެއްނުދޭނަން އިބުރާހިމުޖެހޭނީ ޖަލަށްދާން އިންޝާﷲ