ދައްކަނީ ދޮގު ވާހަކަ, އަޅުގަނޑުގެ ސިޔާސީ ހަޔާތް ބިނާކުރާނީ ރައީސް ޞާލިހާއެކު ނޫން: ރައީސް ނަޝީދު
ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައިފިނަމަ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސީ ހަޔާތް ނިމޭނެ ކަމަށް ނަޝީދު ވިދާޅުވެފައިވާ މެސެޖެއް ކަމަށް ބުނެ ފަތުރަމުންދަނީ ފޭކް ފޮޓޮއެއް ކަމަށާއި އެއީ ދޮގެއް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ޑިމޮކްރެޓްސްގެ ވަޓްސްއެޕް ގްރޫޕަކަށް ރައީސް ނަޝީދު ފޮނުވި މެސެޖެއް ކަމަށް ބުނެ ދައުރުވަމުންދާ ސްކްރީންޝޮޓްގައި ބުނެފައިވަނީ " ބައިބައިވެއްޖެ ނަމަ އަޅުގަނޑަށް ފެންނަނީ މާ ފަސޭހަކޮށް ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ނަގާތަން. ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކާމިޔާބުކުރާ ދުވަސް ވެގެންދާނީ އަޅުގަނޑުގެ ސިޔާސީ މަސައްކަތުގެ އެންމެ ފަހު ދުވަހަށް. ވިސްނަންވީ ތިބޭފުޅުން" އޭގައި ލިޔެފައިވެއެވެ.
މިކަމާއި ގުޅިގެން ރައީސް ނަޝީދު ދެންމެ ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އަދި އެފަދަ އެއްވެސް ވާހަކައެއް ދައްކާފައިނުވާނެ ކަމަށާއި އެއީ ރައީސް އޮފީހުން ހަރަދުކޮށްގެން ފަތުރާ ދޮގު ހަބަރު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"މި ބާވަތުގެ އެއްވެސް ވާހަކައެއް އަޅުގަނޑު ނުދައްކަން. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް މި އިންތިހާބު ކާމިޔާބެއް ނުކުރެވޭނެ އަދި އަޅުގަނޑުގެ ސިޔާސީ ހަޔާތް ބިނާ ކުރާނީ ރައީސުލްޖުމްހޫރިއްޔާއާ ގުޅިގެންނެއް ނޫން. މިއީ ރައީސް އޮފީހުން ފައިސާ ހަރަދުކޮށްގެން ފޮނުވާ ދޮގު ހަބަރު," އެކަން ދޮގުކުރައްވައި ނަޝީދު މިއަދު ވިދާޅުވިއެވެ.
ކަލޭގެ ސިޔާސީ ހަޔާތެއްނެތް ، ރައިސްކަމަށް ވައްކަމުގެ ހުކުމް އޮތީމަ ކުރިމަތި ނުލެވޭނެ. ބޮޑުވަޒީރު ގާނޫނުއަސާސީންހަދާއިރު ގުރްއާނުގަ ހައްދުކަނޑައެޅިފައިވާކުށެއް ސާބިތުވެފަވާ މާއްދާ އަންނާނެ ތިކަލޯ ފެއިލްވީ ޕާޓީ ތަކުގެ ގާނޫނަށް ގެނެވޭ އިސް؛ލާހަކުން އާއްމު މެމްބަރަކަށް މެނުވީ ނޫޅެވޭ ވަރު ކުެވިދާނެ.
ސިޔާސީ ހަޔާތް ނިމިއްޖެ. ވެރި ކަމުން އިސްތިއުފާ ދެއްވި ދުވަހު.