ގެސްޓު ހައުސް އެޅުމަށްޓަކައި ވަކިން ފަންޑެއް ހުޅުވައި އެއިން ލުއި ލޯނު ލިބޭގޮތް ހަދައިދޭނަން: ރައީސް ޞާލިޙް
ދެވަނަ ދައުރެއްގައި ގެސްޓު ހައުސް އެޅުމަށްޓަކައި ވަކިން ފަންޑެއް ހުޅުވައި އެއިން ލުއި ލޯނު ލިބޭގޮތް ހަދައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ ކެމްޕޭނުގައި ހއ ބާރަށަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން، އަލަށް ވިޔަފާރި ފަށާ މީހުންނާއި، މިހާރު ހިންގަމުންދާ ވިޔަފާރިތަކަށް ހާއްސަކޮށް ގެސްޓުހައުސްތަކަށް ފަންޑެއް ހުޅުވާ އޭގެ ތެރެއިން ލުއި ލޯނު ލިބޭނެ އިންތިޒާމު ހަމަޖައްސައިދެއްވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
"އޭގެ ސަބަބުން ރަށުގައި ތިބެ، ވަޒީފާގައި މަސައްކަތްކޮށް ރައްޔިތުންނާ އެކީގައި މަސައްކަތްކުރަން ފަސޭހަވެގެން ދާނެ. ތިޔަބޭފުޅުން އިންތިހާބުގައި ވޯޓުލުމުގެ ކުރިން މި ހުރިހާ ކަމަކާ ވިސްނަވާނެ," ރައީސް ޞާލިޙް ވިދާޅުވި އެވެ.
އޭގެ އިތުރުން، ބާރަށުގެ އެންމެ ބޮޑު އެއް މައްސަލައަކީ ކުރީ ސަރުކާރުން އެ ރަށުގައި އަޅަން ފަށަފައިހުރި ނަޒުދަމާގެ ނިޒާމު ނުނިމި ހުރި ހުރުންކަމަށް ފާހަގަކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވީ އޭގެ ސަބަބުން މި ސަރުކާރުގައި އެ މަސައްކަތްތައް ހަވާލުކުރެވުނު މީހުންނާއެކު ކޮންޓްރެކްޓުތައް އުވާލަން ޖެހުނު ކަމަށާއި މިހާރު އެފަދަ މަސައްކަތްތައް ހަލުވިކަމާއެކު ކުރެވެމުންދާކަމަށެވެ.
"އޭރު މަސައްކަތް ފަށާފައި ހުރި ދެތިން ރަށެއްގެ ކުރިއަށް ނުގޮސް އޮޅުންބޮޅުން ގަޑެއްގެ ތެރޭގައި އޮތް ރަށްތަކެއް ފާހަގަވި. އޭގެ އެއް ރަށް ބާރަށަކީ. ޅ. އަތޮޅު ނައިފަރު އެއީ އަނެއް ރަށް، ވޭމަންޑު އެއީ ހަމަ އެ މައްސަލަ ޖެހުނު ރަށެއް" ރައީސް ޞާލިޙް ވިދާޅުވިއެވެ.
އެންމެ މުހިންމު ކަމަކަށް ހަދަންވީ އެދުވަހު ނުކުމެ ވޯޓުލުން. ރާއްޖޭގެ ރިޔާސީ މަސްރަހު މިހާރު މިއޮތް ގޮތުން މިކަމަށް އެހާބޮޑު އަހަމއްމިއްޔަތުކަމެއް ނުދި ބައެއް ރަށްރަށުން އެބަ މީހުނ ްތިބޭ. ވާދަވެރިން ނެތުން އެއީ އެއް ކަމެއް. މި އިންތިޚާބާ ދިމާކޮށް ސިޔާސީ ހަރަކާތްތައް ވާދަވެރިންގެ ފަރާތުން ނުފެނޭ. އެހެންނަނަމވެސް ފަރުވާތެރިކަމާއެކު މިކަން ކުރަން އެބަޖެހޭ
ބާރަށުގެ ރައްޔިތުން ރައީސް ވެދެއްވި ވައުދުތަކުގެ ތެރޭގައި، ދައުރު ނިމުމުގެ ކުރިން ހުރިހާ ގެއަކަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމާއި، ސްކޫލުގެ މަސްޓިޕާޕަސް ހޯލާއި، ސްކޫލު އޮފީސް އިމާރާތްކުރުން ހިމެނެ އެވެ. އަދި ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދައި ރިންގު ރޯޑެއް ގާއިމްކުރުން ހިމެނެ އެވެ.
މިކަލޭގެެ ސިކުޑީގެެ ޓެސްޓްހަދަންފެނޭޭ ހުވަފެނެއްގޮތައްް ހިތައްއަރާހާކަމެއްް ވައުދުވަމުންް އެހެރަގޭންދަނީި ރާއްޖެެ ބަގުރޫޓްވެއްޖެކަމައްް ރާއްޖޭގެެ ގަވަރުނަރުު އެބުނަނީީ މީއަޅެެ ހުވަފެންް ކިޔާމީހެއްތަަ މިހާރުފެންނަމަންޒަރުންް މިކަލޭގެެ މިހުރީީ ހަމަރަގަޅައްް މޮޔަވެފަަ މިކަމާަ ދިވެހިރައްޔިތުންެ ވިސްނާާ ގޮތްނިންމަންޖެހިއްޖެެ
ދިވެހިދަދައުލަތައްް އާއްމުދަނީި ލިބެންހުރިި ތަންތަންް ވިއްކާހުސްްކޮއްފަަ ދެންކޮންކަމެއްތަަ ކޮއްދެވޭނީީ ރާއްޖޭބިންތައްވެސްް ފަރަންޖީންނައްވިއްކަނީީ ހިލޭދޭގޯތިވެސްް ފަރަންޖީންނައްދެެނީީ ރިސޯޓްތަކާގެސްޓްހައުސްތައްވެސްް ފަަންޖީންނައްް ލޯނުވެސްް ފަރަންޖީންނައްް މީއަޅެެ ކޮންގައުމެއްގަަ ކަންތައްކުރާގޮތެއްބާާ