ޚަބަރު ސިޔާސީ

ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ރައީސް ޔާމީނުގެ ހުކުމް މިއަދު 10 ގައި

އާއިޝަތު ޝައުނާ ، ދެން އޮންލައިން
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)ގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ ކެންޑިޑެސީގެ މައްސަލައިގައި ހުކުމް ކުރުން މިއަދު 10:00 އަށް ތާވަލުކޮށްފިއެވެ.
އެ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި މިދިޔަ ހުކުރު ދުވަހު ވަނީ ކުރިއަށް ގެންގޮސްފައެވެ. މި
މައްސަލައިގެ ޙުކުމާ ހަމައަށް ގޮސްފައިވާއިރު، ޕީޕީއެމްގެ ރިޔާސީ ޓިކެޓާ މެދު އެހެން ގޮތަކަށް ވިސްނާނީ މާދަމާގެ ޙުކުމަށް ފަހުގައި ކަމަށް ޕީޕީއެމުން ވަނީ ބުނެފައެވެ.
ރައީސް ޔާމީނަށް ކުރިމަތި ނުލެވޭ ހާލަތެއްގައި ޕީއެންސީގެ ކެނޑިޑޭޓަކު އިންތިހާބަށް ނެރުމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ވަނީ ރިޔާސީ ޓިކެޓު ހަވާލުކޮށްފަ އެވެ. އެހެންނަމަވެސް އޭގެ ފަހުން އިދިކޮޅު ލީޑަޝިޕުން ވަނީ ދެވަނަ ޗޮއިސް އަކީ ޕީޕިއެމް ކެނޑިޑޭޓު ކަމަށާއި މުއިއްޒަކީ ކެނޑިޑޭޓުކަމަށް ކަނޑައަޅާނީ އެފުރުސަތުވެސް ގެއްލިއްޖެ ހާލަތެއްގައި ކަމަށް ބުނެފަ އެވެ.

ރިޔާސީ އިންތިހާބުގައި ބައިވެރިވުމަށް ރައީސް ޔާމީން ކެންޑިޑަސީ ހުށަހެޅުމުން އީސީން. ވަނީ ކެނޑިޑަސީ ފޯމް ބަލައިގަންނަން ދެކޮޅު ހަދާފައެވެ. އެކަމުގެ ސަބަބެއްގެ ގޮތުން އީސީން ބުނެފައިވަނީ، ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ހުކުމެއް އައިސްފައިވާއިރު އެ ހުކުމް ތަންފީޒުކޮށް ނިިމިފައިނުވާކަން ހުށަހަޅާފައިވާ ކުށުގެ ރިކޯޑަށް ބެލުމުން އެނގެން އޮތުމުން ކަމަށެވެ.

Ads by Sosun Fihaara

ހުކުމެއް ތަންފީޒް ކުރަމުންދާތީ, ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ ޝަރުތު ރައީސް ޔާމީންގެ ކިބައިގައި ފުރިހަމަ ނުވާ ކަމަށް އިލެކްޝަން ކޮމިޝަންއިން ނިންމާފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!