ޚަބަރު ސިޔާސީ

ރައީސް ޔާމީނާއި ރައީސް ނަޝީދުގެ ދުވަސްތައް ނިމިއްޖެ: އަލީ ޒައިދު

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަދި ޕްރިގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ "އެރާ" ނިމިއްޖެކަމަށް ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޒައިދު ކުރެއްވި ޓްވީޓެއްގައި، މާލެ ސިޓީ ކައުންސިލުގެ މޭޔަރު ޑރ މުޙައްމަދު މުއިއްޒު ޕީޕީއެމް "ފަތަޙަކުރެއްވި" ގޮތަށް މަރުހަބާ ދަންނަވަމުން ވިދާޅުވީ، އެބޭފުޅާ ދެކޭގޮތުގައި ރައީސް ޔާމީނާއި ރައީސް ނަޝީދުގެ ސިޔާސީ ދުވަސްތައް ނިމުނީކަމަށާއި، ދެން އެންމެ ރަނގަޅުވާނީ އެ ދެބޭފުޅުން ރިޓަޔަރކުރެއްވުން ކަމަށެވެ.

މީގެއިތުރުން، ޕީޕީއެމްއަށް ބޮޑެތި ބަދަލުތަކެއް ޑރ. މުއިއްޒު ގެންނަވާނެކަމަށް ޒައިދުވަނީ ލަފާކުރައްވާފައެވެ.

އަންނަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ކެނޑިޑޭޓް، ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމުގެ ކެނޑިޑެސީ އިލެކްޝަނުން ބަލައި ނުގަތީ ރަނގަޅަށް ކަމަށް، ސްޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވާއިރު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުއިއްޒުގެ ކެންޑިޑޭސީ ފޯމުވަނީ އީސީއަށް މިއަދު ހުށަހަޅާފައެވެ.

ދަ ޑިމޮކްރެޓްސްއިން އިލްޔާސް ލަބީބު އިންތިހާބުގައި ވާދަކުރައްވާއިރު، އެބޭފުޅާގެ ކެންޑިޑެސީ ފޯމުވެސް ވަނީ އިއްޔެގެ ވަގުތެއްގައި އީސީއަށް ހުށަހަޅާފައެވެ.

  1. ކަލޭގެ ދުވަސް ވެސް ވަރައް އަވަހައް ނިމޭނެ ..

  2. ތަކުރު

    ބޮޑު މުނާފިގުގެ ދުވަސްވެސް ނިމޭނެ.