ޚިޔާލު ރިޕޯޓް

ނިންމުން 23: ހިސާބު ޖަހާނީ ކިހިނެއް؟

  • އެއް ބުރުން އިންތިހާބު ނިމިދާނެކަމަށް ދަންނަވަން ދަތި
  • ދެވަނަ ބުރަކަށް ދާނެކަމަށް ބެލެވޭ
  • އެންމެ ބޮޑު ދެ ޕާޓީގެ ތާއީދު އޮތް ދެ ކެނޑިޑޭޓުންނަށް ފުރުސަތު ބޮޑު
އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އަށް ކެނޑިޑޭޓުން

އަންނަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު ބާއްވަން ތައްޔާރުވަމުންދާ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން މިވަނީ ކަނޑައެޅިފަ އެވެ. ޖުމްލަ އަށް ކެނޑިޑޭޓަކުން މިފަހަރުގެ އިންތިހާބުގައި ވާދަކުރާއިރު ފަސް ސިޔާސީ ޕާޓީއަކުން ކެނޑިޑޭޓުން ނެރެ އެވެ. އެގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އަށް ކެނޑިޑޭޓުންނަކީ؛

Ads by STELCO
  • އިބްރާހިމް މުހައްމަދު ޞާލިހު، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)
  • ޑރ. މުހައްމަދު މުއިއްޒު، ޕްރޮގްރެސިވް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)
  • މުހައްމަދު ނާޒިމް، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)
  • ގާސިމް އިބްރާހިމް، ޖުމްހޫރީ ޕާޓީ (ޖޭޕީ)
  • އިލްޔާސް ލަބީބު، ދަ ޑިމޮކްރެޓްސް
  • އުމަރު ނަސީރު، އަމިއްލަ
  • ފާރިސް މައުމޫނު، އަމިއްލަ
  • ހަސަން ޒަމީލް، އަމިއްލަ

 

މިފަހަރުގެ އިންތިހާބުގައި ޖުމްލަ 282،395 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވެ އެވެ. އަލަށް 18 އަހަރު ފުރިގެން ވޯޓުލެވޭ އާބާދީ އަކީ 27،006 އެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ ޖުމްލަ 604 ވޯޓު ފޮށި ރާއްޖެއާއި ރާއްޖެއިން ބޭރު ގައުމުތަކުގައި ބަހައްޓާނެކަން އިއުލާން ކޮށްފަ އެވެ.

ރިޔާސީ އިންތިހާބަށް ކުޑަތަން ވެފައިވާއިރު މިއީ ފޯރިގަދަ އިންތިހާބަކަށް ވާނެކަން ކަށަވަރެވެ. ނިމިދިޔަ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ހިލާފަށް މިއަހަރު ދެ ކެނޑިޑޭޓުންނަށްވުރެއް ގިނަ ކެނޑިޑޭޓުން ވާދަކުރާތީ ވޯޓުތައް ބައިބަޔަށް ބެހި ދެވަނަ ބުރަކަށް ދާން ޖެހޭނެކަމަށް އޮތީ ބެލެވިފަ އެވެ.

ރާއްޖޭގެ ސިޔާސީ މަޝްރަހަށް ބަލައިލާއިރު އެންމެ ގިނަ ވޯޓު ލިބޭނެ އެއް ކެނޑިޑޭޓެއް ސީދާ ދަންނަވަން ދައްޗެވެ. އެންމެ ބޮޑު ސިޔާސީ ޕާޓީގެ ޓިކެޓުގައި ކެނޑިޑޭޓަކު ނިކުތް ނަމަވެސް އެޕާޓީ އޮތީ ބައިބައިވެފަ އެވެ. އެހެންނަމަވެސް ސިޔާސީ ހާލަތު އޮތް ގޮތުން ހިސާބެއް ޖަހަންވެސް ދައްޗެއް ނޫނެވެ.

އަށް ކެނޑިޑޭޓުންގެ ތެރެއިން އެއްވެސް ކެނޑިޑޭޓަކަށް އެއްބުރުން އިންތިހާބު ނެގޭވަރުގެ ތާއީދެއް އޮތްކަމަކަށް ނުބެލެވެ އެވެ. އެހެންނަމަވެސް ބޮޑު އިންސައްތައެއް މިފަހަރު ނަގާނީ ކޯލިޝަންގައި ނިކުންނަވާ ދެ ކެނޑިޑޭޓުންކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. އެއް ކެނޑިޑޭޓަކީ އެމްޑީޕީ، އަދާލަތު އަދި އެމްޑީއޭގެ ކޯލިޝަންގެ ތާއީދުގައި ނިކުންނަވާ ރައީސް އިބްރާހިމް މުހައްމަދު ޞާލިހެވެ. އަނެއް ކެނޑިޑޭޓަކީ ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަންގައި ނިކުންނަވާ ޑރ. މުހައްމަދު މުއިއްޒެވެ. ރާއްޖޭގެ އެންމެ މެމްބަރުން ގިނަ ދެ ޕާޓީގެ ތާއީދާއިއެކު ނިކުންނަ ދެ ކެނޑިޑޭޓުންނަށް އިންތިހާބުގެ ދެވަނަ ބުރު ގާތްގަނޑަކަށް ކަށަވަރެވެ. ފުރަތަމަ ބުރުގައި ރައީސް ޞާލިހު އަދި ޑރ. މުއިއްޒުއާ ދެބޭފުޅުން ވޯޓު ލާ މީހުންގެ 60 އިންސައްތަ ނަގާނެކަމަށް ބެލެވެ އެވެ.

އެހެންނަމަވެސް ހިސާބު ޖަހާއިރު ތާއީދު ބޮޑު އިތުރު ދެ ކެނޑިޑޭޓަކުވެސް އެބަ ތިބިކަން ފާހަގަކޮށްލަން ޖެހެ އެވެ. އެގޮތުން ރައީސް މުހައްމަދު ނަޝީދުގެ ތާއީދާއިއެކު އިންތިހާބަށް ނިކުންނަވާ ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބަކީވެސް ގިނަ އަދަދެއްގެ ވޯޓެވެ. އެހެންނަމަވެސް ދެވަނަ ބުރަކަށް ދާވަރުގެ ތާއީދެއް އިލްޔާސްއަށް އޮތްކަމަކަށް ނުބެލެވެ އެވެ. އަނެއްކޮޅުން ޖޭޕީގެ ކެނޑިޑޭޓު ގާސިމް އިބްރާހީމަކީވެސް ގިނަ އަދަދެއްގެ ވޯޓެވެ. ގާސިމްގެވެސް ދެވަނަ ބުރަކަށް ދާވަރުގެ ތާއީދެއް ރައްޔިތުންގެ މެދުގައި އޮތްކަމަކަށް ލަފައެއް ނުކުރެވެ އެވެ. މި ދެކެނޑިޑޭޓުން މަދުވެގެން 30 އިންސައްތައެއްހާ ވޯޓު ނަގާނެކަމަށް ބެލެވެ އެވެ.

ނާޒިމް، އުމަރު، ފާރިސް އަދި ޒަމީލް އަކީ ރައްޔިތުންގެ މެދުގައި މާ ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ބޭފުޅުންނެކޭ ދެންނެވޭކަށް ނެތެވެ. އަނެއްކޮޅު ބޮޑު ސިޔާސީ ޕާޓީއެއްގެ ތާއީދެއްވެސް މިކެނޑިޑޭޓުންނަކަށް ނެތެވެ. އެހެންކަމުން މިއީ ނިސްބަތުން 10 އިންސައްތައެއްހާ ވޯޓެވެ.

މިފަހަރުގެ އިންތިހާބަށް ބަލާއިރުވެސް ކޯލިޝަނެއްގެ ތެރެއިން ނޫން ގޮތަކަށް އެއްވެސް ކެނޑިޑޭޓަކަށް ރައީސްކަމަށް ނާދެވޭނެކަމަށް ވަރަށް ޔަގީންކަމާއިއެކު ދަންނަވަން އިނގެ އެވެ. މިހާރު ހަދާފައިވާ ކޯލިޝަންގެ އިތުރުން ދެވަނަ ބުރުގައި އިތުރު ކޯލިޝަން އެއްބަސްވުމަކަށް ދާނެ އެވެ. އެގޮތުން ދެވަނަ ބުރުގައި ރައީސް ޞާލިހު ވާދަކުރާނަމަ ނާޒިމް، ގާސިމް އަދި ފާރިސްވެސް އެންޑޯޒް ކުރާނެކަމަށް ބެލެވެ އެވެ. އަނެއްކޮޅުން ދެވަނަ ބުރުގައި ޑރ. މުއިއްޒު ވާދަކުރާނަމަ ޑިމޮކްރެޓްސްގެ ކެނޑިޑޭޓު އިލްޔާސްގެ ތާއީދު ލިބޭނެކަމަށް ބެލެވެ އެވެ. އުމަރާއި ޒަމީލްގެ ނިންމުން ދަންނަވަން ދައްޗެވެ.

  1. މަމިހެންބުނީވެސް

    އެއްބުރުން މުއިއްޒު