އަންނަ މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާ ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމްގެ މެނިފެސްޓޯ މިރޭ ލޯންޗުކުރުމަށް ނިންމައިފިއެވެ.
Ads by STELCO
މެނިފެސްޓޯ ލޯންޗު ކުރުން އޮންނާނީ މިރޭ 9:30 ގައި ކުނޫޒުގައި ބާއްވާ ހާއްސަ ޖަލްސާއެއްގައެވެ.
މެނިފެސްޓޯގައި ހިމެނޭ ބައެއް ކަންކަން ގާސިމް މީގެކުރިން ވަނީ އިއުލާންކުރައްވާފައެވެ. އޭނާއަށް ވެރިކަން ލިބިވަޑައިގެންފިނަމަ، ރާއްޖެއިން ބޭރުން ފަރުވާ ހޯދަން ބޭނުންވާ ބަލި މީހާއާއި އޭނާގެ އެހީތެރިޔާގެ ހުރިހައި ޚަރަދެއްވެސް އާސަންދަ އިން ކުރާ ގޮތަށް ހަމަޖައްސައިދޭނެ ކަމަށެވެ.
އަދި 100 މިލިއަނަރުން އުފެއްދުމާއި ރިޔާސީ ދައުރު ނިމުމުގެ ކުރިން މުޅި ރާއްޖޭގައި 30،000 ހައުސިން ޔުނިޓު އަޅުއްވާނެ ކަމަށް ވެސް ގާސިމް ވަނީ ވިދާޅުވެފައެެވެ.