ޚަބަރު ސިޔާސީ

އަޅުގަނޑާއެކު މަސައްކަތްކުރުމަށް ޕީޕީއެމުން އެއްބަސްވާތާ ހަފްތާއެއްގެ ތެރޭގައި ރައީސް ޔާމީން ގެއަށް ގެނެސްދޭނަން: ރައީސް ނަޝީދު

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ދަ ޑިމޮކްރެޓްސްއާއެކު މަސައްކަތްކުރުމަށް ޕީޕީއެމުން އެއްބަސްވެ ސޮއިކުރާތާ ހަފްތާއެއްގެ ތެރޭގައި ރައީސް ޔާމީން ގެއަށް ގެނެސްދެއްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް ނަޝީދު މިހެން ވިދާޅުވީ، ދަ ޑިމޮކްރެޓްސްއިން ހުވަދުއަތޮޅުގައި ކުރިއަށް ގެންދާ އެ ޕާޓީގެ ކެމްޕޭން ދަތުރުގައި ގދ. ގައްދޫއަށް ވަޑައިގެން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން، ރައީސް ޔަމީން ޖަލުން ނެރުމަށް ޕީޕީއެމްގެ ލިޑާޝިޕްއިން އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާ ކަމަށް ފާހަގަކުރައްވަމުން ރައިސް ނަޝީދު ވިދާޅުވީ، ޕީޕީއެމް ލީޑާޝިޕުގައި ރައީސް ޔާމީން ޖަލުގައި ބެހެއްޓުމަށް ބޭނުންވާ މީހުންވެސް ތިބިކަމަށެވެ.

އަދީ ކުރީ ސަރުކާރުގައި އެމަނިކުފާނު ޖަލުގައި ހުންނެވި އިރު ކަންތައްވީ ގޮތަށް އަލިއަޅުވާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު ޖަލުގައި ނެތީ އެމްޑީޕީ މެމްބަރުންގެ މިންނެތް މަސައްކަތުންކަމަށެވެ. އެގޮތުން ބައިނަލްއަޤްވާމީ ދުނިޔޭގައި ކުރި މަސައްކަތާއި އަދި މާލޭ މަގުމަތީގައި ރައީސް ނަޝީދު މިނިވަން ކުރުމަށް ކުރެވުނު މަސައްކަތްތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު ޖަލުގައި ނެތީ؛ ކުޑަ ދުވަސްކޮޅަކު އިނދެފައި ފުރައިގެން ދިޔައީ އެމްޑީޕީ މެންބަރުންނަށް އެކަން ކުރަންވެސް އެނގޭތީވެ. އަދި މިއަދު އަޅުގަނޑާއި އެކުގައި މިތިބި އެމްޑީޕީގެ އެތަށް ބޭފުޅުންނެއް؛ ތިބޭފުޅުންގެ މެންބަރު ޒާހިރު އަދި ފިރުޝާން، މި ބޭފުޅުންގެ ގިނަގުނަ ބައިވަރު މަސައްކަތްތަކުގެ ސަބަބުން " ރައީސް ނަޝީދު ވިދާޅުވިއެވެ.

"ރައީސް ޔާމީނަށް އެލުޔެއް ނުލިބުނު. އަޅުގަނޑު ޕީޕީއެމް މެންބަރުންނަށް ޔަޤީންކޮށް އަރުވަން. ތިބޭފުޅުން އަޅުގަނޑުމެންނާއި އެކުގައި އަޅުގަނޑާއި އެކު މަސައްކަތް ކުރުމަށް އެއްބަސްވެ ސޮއިއަޅާތާ ހަފްތާއެއް ތެރޭ، އިރާދަ ކުރެއްވިއްޔާ މާލޭ މަގުމަތީގައި، އަޅުގަނޑު އަބަދު އުޅެގެންވެސް ރައީސް ޔަމީން ގެއަށް ގެނެސްދޭނަން "ރައީސް ނަޝީދު ވިދާޅުވިއެވެ.

ޕީޕީއެމުން ރައީސް ނަޝީދާއެކު މަސައްކަތްކުރުމަށް އެމަނިކުފާނު ތަކުރާރުކޮށް އެދިވަޑައިގަންނަވާއިރު، ޕީޕީއެމުންވެސް ގިނަ މެންބަރުން ޑިމޮކްރެޓްސްއަށް ވޯޓު ދޭނެ ކަމުގެ ޔަޤީންކަން އޮތް ކަމަށްވެސް ރައީސް ނަޝީދުވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވިނަމަވެސް، ޕީޕީއެމުން އަންނަނީ އެ ޕާޓީގެ ރައީސް، ރައީސް ޔާމީނު މިނިވަން ކުރުމަށް ކޮންމެ ރެއަކުން ހެން އަޑު އުފުލުމަށް މުޒާހަރާއާއި އިހުތިޖާޖު ކުރަމުންނެވެ. އަދި ރައީސް ޞާލިޙު ކެމްޕެއިނަށް ވަޑައިގަންނަވާ ސަރަހައްދުތަކަށް އެއްވެ، މުޒާހަރާ ވެސް ކުރެއެވެ.

Ads by Allied Insurance
  1. އަޒްރާ

    ދޮންކަލޯ ކަލޯ ބައިވެރިވެގެން ރ ޔާމީން ޖަލައްލީ ސިޔާސި ގޮތުން ބަދަލު ހިފުމުގެ ރޫޙުގަ ޕީޕީ އެމުން ކުރިމަތި ނުލިމަ ތިއުޅެނީ ނަޝީދު ކައިރިއަށް ޕޕ ދާނެ ކަމަށް

  2. އަހު

    ކީއްވެގެންތޯ؟މި ހުރިހާދުވަހު ރ ޔާމީން ޖަލުގަ އޮތްއިރު ތިގޮވާ ގޮވެލިފަތި ނުގޮވީ ތިގޮވުމުގަ އެއްވެސް އޚްލާސްތެރިކަމެއްނެތް އަހަރެމެން ގަބޫލެއް ނުކުރަން ތިކިޔާ ފަރިއްސަކީ ތިޔަމީހާގެ އަސްލު ހިތުގެ އެދުން ކަމަށް ތިޔައީ ސިޔާސީ މަންފާއެއް ހޯދުމަށްޓަކާ ގޮވާ ގޮވުމެއް އިންޝާﷲ މުޢިއްޒު އެއްބުރުން އިންތިޚާބް ކާމިޔާބް ކުރައްވާނެ މުނާފިގުންގެ އަތްދަށުން ގައުމާއި ރައްޔިތުން ސަލާމަތް ކުރައްވާށި އާމީން

  3. އަބްދޫ

    ޔާމީނު ގެއަށް ގެންނަން ކިޔާފަ ނަސީދު ފަހަތަށް އަރައިގެންނުވާނެ. މިހާރު ނަސީދު ކަންބޮޑުވަނީ ޕީޕީއެމް ވެރިކަށް އަތުވެދާނެތީ. އެއީ ޕިޕީއެމް ވެރިކަމަށް އައިސްފިނަމަ އަބްދުﷲ ގާޒީގެ ފަސްކޮށްފަވީ މައްސަލަ ތަންފީޒުކުރން ފެށިދާނެތީ ނަސީދު ޖެހިލުންވޭ. ވީމާ ނަސީދު ގެ ފަހަތަށް އަރާކަށް ނުޖެހޭނެ. ންސީދަށް އެގޭ ދަނޑި ޕާޓީ އަށް ވެރިކަން ލިބެންނެތްކަން.

  4. ހީހީހީ

    ދެތިން ހަފްތާ ތެރޭގައި ރޫހާނީ ސޮރުގެ ސިޔާސީ ކުޅި އަބަދާއި އަބަދަށް ހުއްޓި ގެޔަށް ކަނޑާލާނެޔޭ!