ޚަބަރު

ވެރިކަމަށް އަންނަ ގޮތަށް ރައީސް ޞާލިޙްގެ ޕާސްޕޯޓް ހިފަހައްޓާ, މުޅި ދައުރު ބާއްވާނީ ޖަލުގައި: އަދުރޭ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޕާސްޕޯޓް ހިފަހައްޓަވާނެ ކަމަށާއި އެމަނިކުފާނުގެ ބާއްވަވާނީ ޖަލުގައި ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެއެވެ.

Ads by MWSC

ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭނަށް ހޯރަފުއްޓަށް މިއަދު ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބަދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި އަދުރޭ ވިދާޅުވީ, މި ރާއްޖޭގައި ވެރިކަން ކުރި އެންމެ އަނިޔާވެރިއަކީ ރައީސް ޞާލިޙް ކަމަށެވެ. އަދި އޭނާ ވެރިކަމުން ބާލަން ގިނަ މަސައްކަތްތަކެއް އެންމެން އެކުގައި ކުރަން ޖެހޭ ކަަމަށް ވިދާޅުވިއެވެ.

"ތި ހުރިހާ ބޭފުޅުން ކަޅުއޮއްފުއްމިއެއްގައި ނިކުމެ ވަޑައިގަންނަވަންވީ, އިބްރާހީމް މުޙައްމަދު ޞާލިޙް ހިފާ ހައްޔަރު ކުރަން. ވެެރިކަން ނިމިގެން ފުރައިގެން ދިޔަ ދީގެން ނުވާނެ. އޭނަ ޤައުމަށް ޣައްދާރުވެފައި ހުރީމަ, ޙައްޤު އަދަބު ދޭން ޖެހޭ. ޚިޔާނާތްތެރިއަކަށްވީ އަދަބު ދޭން އެބަ ޖެހޭ. އަނިޔާވެރިއަކަށްވީ އަދަބު ދޭން އެބަ ޖެހޭ." އަދުރޭ ވިދާޅުވީ, މިއަދު ޕީޕީއެމްގެ ލަޝްކަރު ނިކުމެ އެއޮތީ އަނިޔާވެރިން ހިފާ ހައްޔަރު ކުރަން ކަމަށެވެ.

"ފިލައިގެން ރައްކަލެއް ނުވެވޭނެ, އަޅުގަނޑުމެން އަންނަ ގޮތަށް އައިސް ޕާސްޕޯޓް ހިފަހައްޓާނަން. ސުވާލެއް ނޯންނާނެ"

"އަޅުގަނޑުމެންގެ ދައުރު ނިމެންދެން ރައީސް ޞާލިޙް ހުންނަވަން ޖެހޭނީ ޤާނޫނީ އިމުގެ ތެރެއިން ޖަލުގައި" އަދުރޭ އިތުރަށް ވިދާޅުވިއެވެ.

ޑރ. މުއިއްޒުގެ ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދަވާއިރު އެމަނިކުފާނު އަންނަނީ ހއ. އަދި ހދ. ގެ ރަށްތަކަށް ދަތުރުކުރައްވަމުންނެވެ.

Ads by HDC
  1. ކިޔުންތެރިޔާ

    ވަގު ޔާމީން ޖަލުގަ އޮނަން އެ ޖެހެނީ ދިވެހި ދައުލަތުން ބޮޑު ވައްކަމެއް ކޮއްގެން. ޔާމީން ބެހި ކަޅު ދަބަހުގަ ހިފި އެކަކު އަދުރޭ އަކީވެސް. ޔާމީން 11 އަހަރުގެ ކުރިން މިނިވަން ވެޖެއްޔާ އިބޫ ވެސް ޖަލުގަ ނޯނާނެ.

  2. ކޮޔުންތެރިޔާ

    މީހުނަށް އަނިޔާވެރި ވާން އަންނަ ބަޔަކަށް ވޯޓު ދޭނެ މީހަކު މިގައުމަކު ނެތް. ރ. ޔާމީންގެ ވެރިކަންހާ އަނިޔާވެރި ވެރި ކަމެއް އަހަރެން ނުދެކެން. ޔާމީން ދޫކޮށްލާ ދުވަހު ޖަލުތަކުގަ ތިބޭ އެންމެން މިނިވަން ކުރަން ޖެހޭނެ.

  3. ނާސިރު

    ތިކިޔަނީ ގާނޫނު މުގުރާ ވާގަކަ. ޕީޕީއެމް ކުދިން ވިސްނާ މިއަދުރޭގެ ސަބަބުން ޔާމީން ޖަލުގަ އޮންނަންޖެހިނީ. މޮޅުއެެއްޗެއް ކިޔާބަލަ އަދިރޭ.

  4. شين سين

    لاحول ولا قوة الا باالله العلي العظيم

  5. ޢަންނި

    އަދުރޭ ފަކީރަށް ނުފެނުނު އަނިޔާވެރި ވެރިއެއް
    ޔާމީން ކިތައް ސިޔާސީ ބޭފުޅުން ޖަލަށްލީތޯ
    މީނައަށް ވެރިކަން ލިބޭނެތަ މިކިހާބޮޑާ މީހެއް

  6. އަދުރޭ

    މީނަގެ ހުވަފެން انشاء الله ދިމަލެއް ނުވާނެ ވޯޓަށް އިންތިޒާރު ކޮށްބަލަ ފާހަނގަ ދުވެފަ 3 ކައްދާންވެސް ތަގްދީރު