ރައީސް ޔާމީނު ޖަލުގައި ހުންނަވާތާ 1103 ދުވަސް، ލަނގޮޑިއަށް ކެތްނުވަނީ އެހެންވެ: ޝިޔާމް
ޕޮރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ލީޑަރު ރައީސް ޔާމީން ޖަލުގައި ހުންނަވާތާ 1103 ދުވަސްވެފައިވާކަމަށާއި އެންމެ ހިތްދަތިވަނީ "ހަރާން ހުކުމެއްގެ" ސަބަބުން އެމަނިކުފާނު ޖަލުގެ ތޭރިތަކުގެ ތެރޭގެ ތެރޭގައި ހުންނަވަން ޖެހޭތީ ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.
ކުރިއަށް އިތް ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ގއ. ކަނޑުހުޅުދޫއަށް ވަޑައިގެން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ ޔާމީން ޖަލުގައި ހުންނެވުމަކީ ލަނގޮނޑި އަށް ކެތްވާވަރުގެ ކަމެއް ނޫން ކަމަށާއި އެ މަނިކުފާނަށް އިއްވީ އިންސާފުން ބޭރުންކޮށްފައިވާ ހަރާން ހުކުމެއް ކަމަށެވެ.
އަދި އެ ހަރާން ހުކުމް ރައީސް ޔާމީނަށް އިއްވި ފަނޑިޔާރުންނަށް ސަރުކާރުން މަޤާމުގެ ކުރިއެރުން ދީފައިވާކަމަށްވެސް ޝިޔާމް ފާހަގަކުރެއްވިއެވެ.
"އެނގިވަޑައިގަންނަވާނެ މިވެރިކަން އައީއްސުރެ އަޅުގަނޑުމެން ހިތްދަތި ދުވަސްތައް މި ގުނަމުން މިިދަނީ .. މީގައި އަޅުގަނޑުމެން ލަގޮނޑިއަށް ކެތްނުވަނީ އަޅުގަނޑުމެންގެ ރައިސް ޖަލުގެ ތޭރިތަކުގެ ތެރޭގައި ހުންނަވަން ޖެހޭތީ. އެއްހާސް ތިން ދުވަސް މިއަދަށް މިގުނަނީ އެމަނިކުފާނު ޖަލުގައި ހުންނަވާތާ" ޝީޔާމް ވިދާޅުވިއެވެ.
ވ. އާރަށު މައްސަލައިގައި ހިންގި ރިޝްވަތާއި މަނީލޯންޑްރިންގެ ކުށް ސާބިތުވެގެން ރައީސް ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އެ ހުކުމުގެ ސަބަބުން އެމަނިކުފާނަށްވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިފަ އެވެ. އެހެންނަމަވެސް އިދިކޮޅު ކޯލިޝަނުން މިހާރު ބުނަނީ ކުރިއަށް އޮތް އިންތިޚާބުގައި އެއްބުރުން ކާމިޔާބުކޮށް، ޔާމީން ޖަލުން މިނިވަންކުރާނެ ކަމަށެވެ.
"ސީދާ ހަރާމް ހުކުމެއް އެމަނިކުފާނު މައްޗަށް ކުރެއްވީ. އަޅުގަނޑުމެން ހަރާމް ހުކުމެކޭ މި ދަންނަވަނީ 2019 ވަނަ އަހަރު ވެސް އެމަނިކުފާނުގެ މައްޗަށް ދަށުކޯޓުން ހުކުމް އިއްވިި ފަނޑިޔާރު މިހާރު އިންނެވީ ސްޕްރީމް ކޯޓުގައި. މިހާރު އެ މަނިކުފާނު ތަންފީޒު ކުރައްވަމުުން އެގެންދަވާ ހުކުމް އިއްވި ފަނޑިޔާރު މިވަގުތު އިންނެވީ ހައިކޯޓުގައި." ޝިޔާމް ވިދާޅުވި އެވެ.
ރައީސް ޔާމީން ޖަލުގައި އޮންނެވީ ޕީޕީއެމް/ޕީއެންސީން އެމަނިކުފާނަށް ރިޔާސީ ޓިކެޓު އެރުވުމުން، އިންތިޚާބުން އެމަނިކުފާނު ބޭރުކޮށްލެވުމުގެ ގޮތުންކަމަށްވެސް ޝިޔާމްވަނީ ވިދާޅުވެފައެވެ.
ވައްކަން ކޮށްގެން ލާރިގަނޑު ބަނޑުއަޅާލިތާ އަދި މާގިނަ ދުަވަސްވެއްޖެ. އެ ފައިސާ އަދިވެސް ހުރީ ވަގުގެ އަންބޮނޑީގަ.