ފުއްދޭނެ ވަރުގެ ވަޢުދު ވުމަށް ޒައިދު އިލްތިމާސްކޮށްފި

ފުއްދޭނެ ވަރުގެ ވަޢުދު ވުމަށް ޝެއިހް އަލީ ޒައިދު އިލްތިމާސްކޮށްފިއެވެ.
ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވޯޓު ހޯދުމުގެ ބޭނުމުގައި ކަނޑައެޅިގެން ނުފުއްދޭނެކަން ޔާގީންވާ ވަޢުދުތައްވެސް ވަމުންދާ ކަމަށެވެ. އެގޮތަށް ކަންތައް ކުރާނަމަ ފަހުން ރައްޔިތުން އެބޭފުޅެއްދެކެ ނަފްރަތު ކުރާނެ ކަމަށާއި ވަޢުދަކީ އެއާމެދު ސުވާލުވެވޭނެ ކަމެއް ކަމަށް ޒައިދު ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބު ބޭއްވެވުމަށް ނިންމަވާފައިވަނީ ސެޕްޓެމްބަރު 9 ވަނަ ދުވަހުއެވެ. އަދި އިންތިހާބުގެ 2 ވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ ބޭއްވުމަށް ނިންމާފައިވަނީ ސެޕްޓެމްބަރު 30 ގައެވެ.
އިންތިހާބުގައި ވާދަކުރައްވާ ހުރިހާ ކެނޑިޑޭޓުން ވެސް މިހާރު ދަނީ ކެމްޕެއިން ކުރައްވަމުންނެވެ.