ޚަބަރު

އެމްޑީޕީން މުއިއްޒު ނޫން ވާހަކައެއް ދައްކާ އަޑު ނީވޭ, އެ ޕާޓީން ކެމްޕެއިން ކޮށްދެނީ މުއިއްޒުއަށް: އަދުރޭ

ރައުފާ ރަޝީދު ، ދެން އޮންލައިން

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ނޫން ވާހަކައެއް ދައްކާ އަޑު ނީވޭ ކަމަށާއި އެ ޕާޓީން ކެމްޕެއިން ކޮށްދެނީ ވެސް މުއިއްޒުއަށް ކަމަށް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

Ads by MWSC

މުއިއްޒުގެ ކެމްޕެއިނަށް ސ. ހުޅުމީދޫގައި މިއަދު ހަވީރު ބޭއްވި ޖަލްސާގައި، އަދުރޭ ވިދާޅުވީ މިއަދު ފެންނަމުންދަނީ އެމްޑީޕީން އެ ބޭފުޅުންގެ ކެމްޕެއިނަށް ވުރެ ބޮޑަށް ޑރ. މުއިއްޒަށް ކެމްޕެއިން ކޮށްދެއްވާ ތަން ކަމަށެވެ.

"ޖަލްސާއެއް ބޭއްވިޔަސް އެހެން ކަމެއް ކުރިޔަސް، ޑރ. މުއިއްޒު. އެހެންވީމަ ކާކަށްތޯ މި ކެމްޕޭން ކޮށްދެވެނީ" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ މިފަދައިން ވިދާޅުވިއިރު ރައީސް ޞާލިޙްގެ ކެމްޕެއިން ޓީމުގެ އެކި ބޭފުޅުން ގެންދަވަނީ މުއިއްޒަށް ފާޑުކިޔުންތައް އަމާޒުކުރައްވަމުންނެވެ. އެގޮތުން ރައީސްގެ ތަރުޖަމާނު މާރިޔާ ވިދާޅުވީ ކެމްޕޭނު ޖަލްސާތަކުގައި މި ސަރުކާރުން ހިންގަމުންގެންދާ މަޝްރޫއުތައް ކޮށްދެއްވާނެ ކަމަށްވެސް މުއިއްޒު ވައުދުވެވަޑައިގަންނަވަމުން ގެންދަވާ ކަމަށެވެ.

މީގެ އިތުރުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ރިޔާސީ ރޭހަށް މުއިއްޒު ނިކުމެ ހުރީ ވަކި ބޭފުޅަކު ޖަލުން ސަލާމަތް ކުރައްވާށާއި ވަކި ބޭފުޅެއްގެ ސިޔާސަތެއްގެ ދަށުން މަސައްކަތް ކުރެއްވުމަށް ކަމަށެވެ.

Ads by Ooredoo
  1. އަދުރު

    ކަލޭމެން ޞާލިޙު ނޫން މީހެއްގެ ވާހަކަ އެބަ ދައްކާތަ؟

  2. އެއްކަލަ މީހާ

    ސާލިހެއްނޫން ކައްޒާބު