ޚަބަރު

ރަށްތަކާއި ފަޅުތަށް ކުއްޔަށް ދީގެން ދައުލަށް ލިބެން ޖެހޭ ފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި: ރައީސް ޞާލިޙް

ރައުފާ ރަޝީދު ، ދެން އޮންލައިން

ރަށްތަކާއި ފަޅުތަށް ކުއްޔަށް ދީގެން ދައުލަތުގެ އާމްދަނީގެ ބަޖެޓުގެ ތެރެއަށް ވަންނަން ޖެހޭ ފައިސާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރެއްވި ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by STELCO

ރިޔާސީ ކެމްޕެއިންގެ ތެރެއިން ބ. ދަރަވަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައިސް ވިދާޅުވީ ދައުލަތަށް ލިބޭ ފައިސާ ހަރަދު ކުރަންޖެހޭނީ ރައްޔިތުންނަށް އެންމެ ފައިދާހުރިގޮތަށް ކަމަށެވެ.

ނަމަވެސް ލިބުނު ފައިސާ ހަރަދު ކުރީ ޕެޕަރ ސްޕްރޭ އަށާއި މުގުރަށް ކަމަށް ރައީސް ވިދާޅުވިއެވެ. ވެރިކަމަށް އަންނަ މީހަކަށް ވަރަށް ބޮޑެތި ބާރުތަކެއް ލިބޭނެކަމަށާއި، އެ ބާރުތައް ނަހަމަގޮތުގައި ބޭނުންކޮށްފިނަމަ ގައުމުގެ ސުލްހަމަސަލަސްކަން ގެއްލޭނެކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ މަޖިލީހާއި ޝަރުއީ ދާއިރާ ބަރާބަރަށް ހިންގަން ޖެހޭ ކަމަށާއި ގާނޫނީ ބާރު، ނާޖާއިޒު ގޮތުގައި ބޭނުން ކޮށްގެން ރައްޔިތުންނަށް ދޭން ބޭނުންވާ ހިދުމަތްތައް ނުދީ ހިފަހައްޓައިގެން ތިބެވިގެން ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

  1. އެއްކަލަ މީހާ

    ކަލޭ ރައްޔިތުންގެ ނޭވާހޮޅިން ވައްކަންކުރި. ރާއްޖޭގެ ކަނޑުތަކާ ފަޅުތައް ވިއްކާލި. އިންޑިއާ ސިފައިން މިގައުމަށް އަރުވާ ގައުމު އަޅުވެތި ކޮށްފި. އިންޑިއާމީހުންލައްވާ ދިވެހިންނަށް އަނިޔާކޮށްފީމު.

  2. ޙުސައިން

    އެކައުންޓަށް ޖަމާކުރި ވާހަކައެއް ނެތް. ސުރުޙީ އާ ލިޔެފަ އޮތް އެއްޗެއް ނޭނގުނު

  3. ހިމޭންކަން

    އިބޫއަށް ވަރަށް ތާއިދުކުޑަ . ތާއިދު ކުޑަވަނީ ބާރު ނަހަމަގޮތުގައި ބޭނުންކުރުމާއި، ފައިސާ ޗާޕްކޮށް ޑޮލަރު އަގު އުލުމާއި ، ބޭރުގެ ވިޔަފާރިވެރިން މިނިވަންކަމާއި އެކީ ގައުމުގައި ވިޔަފާރި ކޮށް ދިވަހިން ބިކަކުރުމާއި ، ގައުމުގެ މިނިވަންކަން ގެއްލޭގޮތަށް ކަންތައްތައް ކުރުން ކަމަށް ބެލެވެނީ .

  4. މަނިކުފާނަށް ވެންޓިލޭޓަރުން ނާއި ފުލެޓް ތަކުން އެއްޗެއް ނުލިބޭތޯ، ސަރުކާރު ގިނަ ބޯހިޔާވަހި ކަމުގެ ޕުރަޖެކްޓުތަކުން އެތިކޮޅެއް ނުލިބޭތޯ ؟

  5. އަބްދޫ

    ދަވްލަތަށް ލިބެންޖެހޭ ފައިސާ އެއް ޔާމީނުގެ އެކައުންޓަށް ޖަމާކޮށްފަ އެއް ނެތް. އެމްއެމްއާރުޕިސީ މިކިޔަނީ ދަވްލަތުގެ ކުންފުންޏަކަށް އެމްއެމްޕިއާރުސީ ގެ އެއްވެސް ޗެކެއް ޔާމީނުގެ އެކައުންޓަށް ޖަމާކޮށްފަނެއް. ފަޅާއި ގިރީގެ މުއާމަލާތް ހިންގި އެއްވެސް ފަރާތަކުން ދަވްލަތަށް އެމްއެމްޕިއާރުސީގެ ނަމުގާވެސް ނުވަތަ ދަވްލަތުގެ އެހެން އިދާރާއެއްގެ ނަމުގަ ދޫކޮށްފަ އޮތް އެއްވެސް ޗެކެއް ޔާމީނުގެ އެކައުންޓަށް ޖަމާކޮށްފަނެތް. ވީ އިރު އެމްއެމްޕީއާރުސީގެ ފައިސާ ޔާމީނު އެކައުންޓަށް ވަންކަންއެގުނީ ކިހިނެތް ؟ އެގިހުރެ ރިޕޯޓް ނުކޮށް ހުރީ ކީއްވެ ؟ މީހުން މިޑިޔާގަ ލިޔެ ކިޔާތީ އެބަފެނޭ ކަޅުދަބަހެއްގެ ވަހަކަ އަދި 37 މިލިއނެއްގެ ވާހަކަވެސް އެއަށް ޖަވާބު ނުދެއްވަނީ ކީއްވެ ؟

  6. ބަތުތީލަ

    ޔާމީނު ދައުލަތުގެ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކުރިޔަސް އެއީ ރިޔާސީ ކެންޑިޑޭޓް މުއިއްޒާ ބެހޭ ކަމެއްނޫން. ޔާމީނަކީ މުއިއްޒެއްނޫން. މަނިކުފާނު މިހާރު ތިހިރަ ހަފުސްވަނީ.