ޚަބަރު ސިޔާސީ

ރައީސް ނަޝީދު ރައީސް ޞާލިޙަށް: ލަދެއް ބިރެއްނެތި ދައުލަތުގެ ފައިސާއިން މީހުންނަށް ރިޝްވަތު ދެއްވިޔަސް ވާނެ މޮޅެއް ނޯންނާނެ

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ދައުލަތުގެ ފައިސާ ބޭނުންކުރައްވައިގެން މަޖިލީހުގެ މެމްބަރުންނާއި އެހެން މީހުންނަށްވެސް ރިޝްވަތު ދެއްވަމުން ގެންދަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޞާލިޙް އެފަދައިން ލަދެއް ނެތި، ބިރެއް ނެތި ދައުލަތުގެ ފައިސާ ބޭނުންކުރައްވައިގެން މަޖިލިސް މެމްބަރުންނާއި އެހެންވެސް މީހުންނަށް ރިޝްވަރު ދެއްވަމުންގެންދަވާ ކަމަށާއި އެކަމުން ރައީސް ޞާލިޙަށް ވާނެ މޮޅެއް ނޯންނާނެކަމަށެވެ.

އަދި މީހުންނަށް ރިޝްވަތު ދެއްވާނަމަ ރައީސް ޞާލިޙް ފަޟީހަތްވެގެންދާނެކަމަށްވެސް ރައީސް ނަޝީދުވަނީ ވިދާޅުވެފައެވެ.

Ads by Ooredoo
  1. ހަބޭސް ބޭބެ

    މީހުން ބުނެއުޅޭ އެމީހަކު ބޭނި ރޮނޑަކުން ހަންދަމަން ޖެހޭނީ އެމީހަކާއޭ. މިއޮތީ އެދުވަސް އައިސްފަ އަދިވެސް ބުނެއުޅޭ، އެމީހަކު ފޭހި އިޅޮށި އެއް ހެރޭނީ އެމީހެއްގެ ލޮލަށޭ. މިއޮތީ އެ ބަސްތައް ދިމާވެފަ. ދެން ހިތި ފިލުވަންވެސް ނަށީދު ޖެހޭނީ. މިހާރު އެއްޗެކޭ ހިތަށް އަރާނެ ކަންނޭގެ. އެކަމު އެމްޑީޕީ މި ދިވެހިރާއްޖެ ހަލާކުކޮށް ނިންމައިފި. މުޅި ގައުމުގެ ފޭރާން ވީދާ ކުދިކޮށް، ދަރަނިވެރި ކުރުވައިފި. ހުދު މަނިކުފާނުވެސް ތި ގަބޫލުފުޅު ކުރައްވަނީ އެކަންތައްތައް. ދެން ރައޔިތުން ކިބައިން މާފައް އެދުން އެންމެ ރަގަޅުވާނީ. ކުށްކުރެވޭނީ އިންސާނުންނަށް އެކަން ވިސްނި ރަގަޅުވުމަކީ އާޚިރަތް ދުވަހަށް އޮތް އެންމެ ހެޔޮ ގޮތް. އަޅަމެން އެންމެނަށް ހެޔޮ ވިސްނުން ދެއްވާށި. އާމީން

  2. އަބްދޫ

    ލަދެއްހަޔާތެއްނެތި ޑީއާރުޕީން 2 މެމްބަރުން އެމްޑީޕީ އަށް ވައްދަން ޖެއްސިމަޅި ޖެހީ ލަދުހަޔާތް ހުރެގެންތަ؟