ޚަބަރު ސިޔާސީ

އަދުރޭ ރައީސް ޞާލިޙަށް: އަޅުގަނޑާއެކު ޕޯޑިއަމަކަށް ވަޑައިގަންނަވާ, ވައްކަން ކޮށްފައި ހުރި ވަރު ކިޔައިދޭނަން

ރައުފާ ރަޝީދު ، ދެން އޮންލައިން

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ޤައުމަށް ހިޔާނާތްތެރިވެފައިވާ ވަރު ކިޔައިދެއްވާނެ ކަމަށް ވިދާޅުވެ އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

Ads by STELCO

ރިޔާސީ އިންތިހާބުގެ ކެންޕެއިނަށް ގއ. ވިލިނގިއްޔަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އަދުރޭ ވިދާޅުވީ ރައީސް ޞާލިޙްގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ އަށާއި އެ ޕާޓީއަށް ގޮތްހުސްވެފައިވާ ކަމަށެވެ. އަދި އެބޭފުޅުން މިހާރު ކުރަމުންދާ ކަމަކީ ޑރ. މުޢިއްޒުގެ އަބުރަށް އަރައިގަތުން ކަމަށެވެ.

އަދުރޭ ވިދާޅުވީ އެގޮތަށް އަމަލު ކުރާނަމަ އެބޭފުޅުންގެ އަބުރަށް ވެސް ޕީއެންސީން އަރައިގަނެވިދާނެ ކަމަށާއި ނަމަވެސް އެގޮތަށް ކަންތައްތައް ކުރަން ބޭނުން ނުވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދި އެމަނިކުފާނާއެކީ ރައީސް ޞާލިޙް ޕޯޑިއަމްއަކަށް ވަޑައިގެންފި ނަމަ ވައްކަން ކޮށްފައި ހުރި ވަރާއި ގައުމަށް ހިޔާނާތްތެރިވެފައިވާ ވަރު ކިޔައިދޭނެ ކަމަށާއި ދައުލަތުގެ ހަޒާނާ ދޮވެލިވަރު ވެސް ކިޔައިދޭނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

"ވަޑައިގަންނަވާ މި ތަނުގައި ޕޯޑިއަމެއް ބަހައްޓައިގެން އަޅުގަނޑުމެންނާ އެކީގައި ވާހަކަ ދައްކާލަން. ކުދިކޮށް ކޮށާލާނަން ވާހަކައިން. ވައްކަން ކޮށްފައި ހުރި ވަރު ކިޔައިދޭނަން. ގައުމަށް ހިޔާނާތްތެރިވެފައިވާ ވަރު ކިޔައިދޭނަން. ދައުލަތުގެ ހަޒާނާ ދޮވެލިވަރު ކިޔައިދޭނަން" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ރައީސް ޞާލިޙު ތަރައްގީ ގެނެސްފައިވާ ކަމަށާއި އެއީ ވައްކަން ކުރުމުގެ ތަރައްގީ ކަމަށާއި އެއީ ރާއްޖޭގެ ތާރީހުގައި ދުށް އެންމެ ބޮޑު ވަގު ކަމަށް އަދުރޭ ވިދާޅުވިއެވެ.

  1. ޙަފްސާ

    ޢަދުރޭ ކިތަށް ފްލެޓް ގަތީ. މި ބައިގަނޑު ކިހިނެއް ހޯދާހާ މިލިއަންތަކެއް.

  2. ހަސަންބެ

    އަދުރޭ ކަލޭ ތިހިރި ހަމަރީއްޗައް މޮޔަވެފަ ކަލޭތީ ރާވައިގެން ބޮޑުދޮގުހަދާ ގޮލައެއް ކަލޭކަހަލަ ގޮތެއް ނެއްމީހުން އުޅެން އޮތް ޕާޓީތީ ކަލޭ ތިމީހުންނައް ދޮގުހަދަން ދަސްކޮ ދީބަލަ

  3. ކިޔުންތެރިޔާ

    އަމިލލަޔަށް ވައްކަން ކޮއްގެން ހުރި މީހެއް އަދުރޭ އަކީ. ގުދޯ ގުދޯ ނުގޮވާ ތިބާގެ ކިތަށް ގުދު އޮތްތޯ ބަލާބަލަ! އަދުރޭ ލަދު ގަނަން ޖެހޭނެ އެހެން މީހުނަށް ވަގަށް ގޮވަން. ހީހީ ހަލާކު.