ޚަބަރު ސިޔާސީ

ޒުވާން ދެމަފިރިންނާ، އެކަނިވެރި މައިންނަށް ފްލެޓު ދޭން މުއިއްޒު ނިންމަވައިފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

އަންނަ ނޮވެމްބަރު މަހު ފެށޭ ރިޔާސީ އާ ދައުރުގައި ވެރިކަން ކުރަން ލިބިއްޖެނަމަ ޒުވާން އާއިލާތަކާއި އެކަނިވެރި މައިންނަށް ހާއްސަ ސްކީމެއްގެ ދަށުން ފްލެޓު ދޭން ޕީއެންސީގެ ކެނޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

Ads by STELCO

ދިވެހީންގެ ރާއްޖެ ނަމުގައި ޕީއެންސީން ނެރެފައިވާ މެނިފެސްޓޯގައި ބުނެފައިވާ ގޮތުން އަލަށް ފެށޭ ސޯޝަލް ހައުސިންގް ސްކީމްތަކުގައި ޒުވާން އާއިލާތަކަށް ހާއްސަ ކުރެވިގެން، ދެ ކޮޓަރީގެ 3،000 އެޕާޓްމެންޓު ދޭނެ އެވެ. އަދި ހަމަ މި ސްކީމުގައި އެކަނިވެރި މައިންނާއި ބަފައިންނަށް ދޭއް އަދި ތިން ކޮޓަރީގެ 1،000 އެޕާޓްމެންޓު ދޭނެ އެވެ.

މިއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައިވެސް ހިޔާ މަޝްރޫއުގެ ތެރެއިން އެކުލަވައިލި ސިޔާސަތެކެވެ. އެހެންނަމަވެސް ފްލެޓުތައް ނިންމާފައިވަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ވަނީ އަލަތު ކައިވެންޏަށް ހާއްސަކުރި އެއްވެސް ފްލެޓެއް ނުދޭން ނިންމައިފަ އެވެ.

ޑރ. މުއިއްޒުގެ މެނިފެސްޓޯގައި ވަނީ މާބަނޑު މީހުންނާއި ކުޑަކުދިންނަށް ހާއްސަ ހޮސްޕިޓަލެއް ގާއިމްކުރަން ހިމަނައިފަ އެވެ. އަދި ތުއްތު ކުދިން ބަލަހައްޓަމުންދާ ވަޒީފާ އަދާކުރާ އަންހެން މުވައްޒަފުންނަށް ދެވޭ ހިދުމަތެއްގެ ގޮތުގައި، އަމިއްލަ ފަރާތްތަކުން ހިންގަމުންދާ ކުޑަކުދިން ބަލަހައްޓާ ޑޭ-ކެއާ ސެންޓަރުތަކަށް، ހިދުމަތް ރަނގަޅު ކުރުމާއި ފުޅާކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ސަބްސިޑީއެއް ކަނޑައަޅަންވެސް ވަނީ ހިމަނައިފަ އެވެ.

މީގެ އިތުރުން އުމުރުން ދުވަސްވަމުންދާ ފަރާތްތަކަށް ހާއްސަ ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުތަކެއް ގާއިމްކުރަންވެސް ޕީއެންސީގެ މެނިފެސްޓޯގައި ހިމަނާފައިވެ އެވެ. އަދި ހިދުމަތްތައް ފޯރުކޮށްދިނުމުގައި އަންހެނުންނަށް ހާއްސަ އިސްކަމެއް ދޭނެ ސިޔާސަތެއްވެސް ވަނީ މެނިފެސްޓޯގައި ހިމަނައިފަ އެވެ.

Ads by HDC
  1. އަންހެނުންނަކީ ނިކަމެތި ބަޔަކީތަ؟

  2. ލައިލަކް

    ވަރަށް ނިކަމެތި ނުވިސްނޭ ބައެއް އެއީ.

  3. އެކަނި ވެރި މައިން ފުލެޓް ލިބުނޯމަ މީހަކާއިންނާނީ …. އެޢީތޯ ހައްލަކީ