ޚަބަރު

ކިސަނޑުގަޑެއްގައި އޮތަސް ޖަވާހިރެއް ވާނީ ޖަވާހިރަކަށް: ނަހުލާ

ރައުފާ ރަޝީދު ، ދެން އޮންލައިން

ކިސަނޑުގަތެއްގައި އޮތަސް ޖަވާހިރެއް ވާނީ ޖަވާހިރަކަށް ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވަރަށް ބޮޑަށް ތައުރީފުކުރައްވައިފިއެވެ.

Ads by Hajj Corporation

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ރޭ ޖޭޕީގެ ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ނަހުލާ ވިދާޅުވީ ނަފްސަކީ ވަރަށް އަގުބޮޑު އެއްޗެއް ކަމަށާއި ވޯޓަކާ ހަމައަށް ދާއިރު މި އިންތިހާބުގައި ލާ ކޮންމެ ވޯތަކީ ވާޖިބު ވޯޓެއް ކަމަށް ދެކޭ ކަމަށް ނަހުލާ ވިދާޅުވިއެވެ.

އަދި ސޯޝަލް މީޑިއާގައި ގާސިމްގެ ނަން ހުތުރުކުރަން ތަފާތު އެކި ވާހަކަތައް ދައްކާ ކަމަށާއި އެފަދަ ވާހަކަތައް ސިޔާސީ ބައެއް ފަރާތްތަކުން ދައްކަނީ ގާސިމަކީ ކޮން ކަހަލަ ބޭފުޅެއްކަން ޒުވާނުންނަށް ހަގީގަތުގައި އެނގިދާނެތީ ކަމަށެވެ. ނަހުލާ ވިދާޅުވީ އަގުވައްތާލަން އުޅުނަސް ގާސިމް އަކީ ޖަވާހިރެއް ކަމަށެވެ.

" އަގުވައްޓާލަން އުޅުނަސް އަޅުގަނޑު ހަމަ ދަންނަވަން އޮތީ ކިސަނޑުގަތެއްގައި އޮތަސް ޖަވާހިރެއް ވާނީ ޖަވާހިރަކަށޭ" ނަހުލާ ވިދާޅުވިއެވެ.

ނަހުލާ ވިދާޅުވީ ސޯޝަލް މީޑިއާގައި ޤާސިމްއޭ ކިޔައިގެން ޖަހާނެ ސަކާރަތެއް ޖަހަންވީ ކަމަށާއި ޖޭޕީގެ ޑެޕިއުޓީ ލީޑަރުގެ ހައިސިއްޔަތުން ނިކުމެ ހުންނެވީ ގާސިމް ވެރިކަމަށް ގެންނަން އަތުކުރި އޮޅާލައިގެން ކަމަށެވެ.

އަދި ގާސިމް އަކީ ދަރިންނާއި އަނބިންނަށް ދޭން ޖެހޭ ވަގުތު މަދުކޮށް, ވޭތުވެދިޔަ 40 އަހަރު ހޭދަކުރީ މި ގައުމުގެ ލޮބުވެރި ތައްޔިތުންނަށް ހިދުމަތް ކުރުމުގައި ކަމަށް ވެސް ނަހުލާ ވިދާޅުވިއެވެ.

Ads by Ooredoo
  1. ާަައަލިފުޅުބެ

    ޤާސިމް އެއީ ޤައުމީ ޚިދުމަތުގައި ހަމަޖަވާހިރެއް ފަދަ ބޭފުޅެއް.

  2. ޖަވާހިރު

    ބަލަ އެންމެ އިސްކުރަންޖެހޭނީ އަމިއްލަ އައިލާ ނޫންތޯ؟ އެއަށްފަހު އެހެން ކަމެއް. އާއިލާ ދޭ ވަގުތު މަދުކޮށް ޤައުމަށް ވަގުތު ދިނުމަކީ އެންމެ ރަނގަޅު ގޮތްތޯ؟

  3. ޜައުނާ

    ގާމު ވަގުތު ދެވުނީމަ ދޯ 3 ބަންޑައް ދަރިން ހޯދީ

  4. ޙާޖަރަާ

    ޖަވާހިރެއް ވީމަތަ ނަހުލާ ހިލޭ ފިރިހެނުން ގޮވައިގެން އޮންނަނީ. ޑީެެ. ޢެން. ޢޭ ހެދީމަ އެނގެނީ އަމިއްލަ ދަރިން އެއީ ކޮން ގާސިމެއްގެ ދަރިންކަން. ޓި އުލެނީ މުދަލާ ފައިސާގެ ދަހިވެތިކަމުގެ ތިޔަ ގާސިމަށް ވެރިކަން ނުލިބޭނެ. ޢެއީ ކަލަ ގޮވާ މީހެއް.

  5. އެކޮއި

    މިނިސް ޓަ ނަހުލާ އެވިދާޅުވީ ހަމަރަގަޅަށް
    ކިސަޑުގަޑެއްގެ ތެރެއިން ނެގިއެއްޗެ ނަގާފަ ދޮވެލީމާ
    އެއެތި ވީ އަގުބޮޑު ޖަވާހިރަކައް