ޚަބަރު ސިޔާސީ

އިންތިހާބު މިއޮތީ ނިމިފަ، މިރޭ ވޯޓު ގުނިޔަސް މޮޅުވާނެ: ރައީސް ޞާލިހު

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އެމްޑީޕީން ބޭއްވި ޖަލްސާއެއްގެ ތެރެއިން | ފޮޓޯ: އެމްޑީޕީ

ރިޔާސީ އިންތިހާބު މިހާރު މިއޮތީ ނިމިފައި ކަމަށާއި މިރޭ ވޯޓު ގުނިޔަސް މޮޅުވާނެ ކަމުގައި ކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

އަލިމަސް ކާނިވާގައި މިރޭ ކުރިއަށްދާ "އުފާވެރި މާލެ" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ މިރޭ ވޯޓު ގުނިޔަސް މޮޅުވާނެ ކަމަށެވެ. އަދި މާދަމާ ވޯޓު ގުނައިފިއްޔާ އެއަށްވުރެއް ބޮޑުތަނުން މޮޅުވާނެކަމަށް ވިދާޅުވި އެވެ. މިގޮތަށް ގުނަމުންދާ ކޮންމެ ދުވަހަކާއިއެކު ރައީސް ޞާލިހަށް ތާއީދު އިތުރުވަމުންދާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ދެ އަތޮޅެއް ފިޔަވައި ރާއްޖޭގެ ހުރިހާ އަތޮޅަކަށް ދަތުރު ކުރެއްވިޖެ ކަމަށާއި ކޮންމެ ރަށަކަށް އެރިޔަސް ފެންނަނީ އަނބުރާ ފަހަތަށް ދާން ބޭނުން ނުވާކަމުގެ މަންޒަރުކަމަށް ރައީސް ވިދާޅުވި އެވެ. އެހެންކަމުން އަންނަ ރިޔާސީ ދައުރަށް އަލިވިލޭނީ އުފާވެރި އަމާން ރާއްޖެއަކަށް ކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ.

ދެން ރައީސް ކިޔުއްވަން ފެއްޓެވީ ރާއްޖޭގެ އަތޮޅުތައް އޮތް ގޮތެވެ. އެގޮތުން ހއ، ހއ، ށ، ނ، ރ، ބ، ޅ، އޮތީ އެއްބުރުންކަމަށް ވިދާޅުވި އެވެ. ކ، ވ، މ، ފ، ދ، ތ، ލ ވެސް އޮތީ އެއްބުރުން ކަމަށް ވިދާޅުވި އެވެ. ގއ، ގދ، ގެ އިތުރުން ފުވައްމުލައް ސިޓީވެސް އޮތީ އެއްބުރުން ރައީސް ޞާލިހު ހޮވަން ކަމަށް ވިދާޅުވި އެވެ. ރައީސްގެ ލިސްޓުގައި އއ، އދ، ގެ އިތުރުން އައްޑޫ ސިޓީ ނުހިމަނުއްވަ އެވެ.

ރައީސް ޞާލިހުގެ ވާހަކަފުޅު ދެން ގެންދެވީ އެމްޑީޕީގައި ހުންނަވައިގެން އެމަނިކުފާނާއި ކައިރީގައި އުޅުއްވި ގިނަ ބޭފުޅުން ކުރެއްވި ސިޔާސީ މަސައްކަތުގެ ތެރެއަށެވެ. އެގޮތުން 2008 ވަނަ އަހަރު އެމްޑީޕީގެ ވެރިކަމެއް ގެނައުމަށް ކުރި މަސައްކަތާއި ފަސް އަހަރުގެ ދައުރު ނުނިމެނީސް ވެރިކަން ނިމިގެން ދިޔަ ގޮތަށް އަލިއަޅުއްވައިލެއްވި އެވެ.

އެހެން ޕާޓީއަކުން ވެރިކަމަށް އައިސް އެމްޑީޕީ މަގުމަތީގައި އޮންނައިރު ގައުމުގެ ހާލަތު އޮންނަނީ ނުރައްކާތެރިކޮށް ކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ. އެހެންކަމުން މިކަމާއިމެދު ވިސްނައި މި އުފާވެރިކަމާއި ހިތްހަމަޖެހުން އޮންނަން ބޭނުންވާނަމަ އެމަނިކުފާނަށް ވޯޓު ދެއްވަން އެދިވަޑައިގެންނެވި އެވެ.

  1. ހާއުފާ

    ދެންއިތުރަށް ނަގަންތިޔައުޅެނީ ކޮންވޯޓެއް

  2. ލަކުޑި ކަޅޭ

    ކަޅުކޮތަޅޭމެންލައިގެން ސޯލިހުނުހޮވޭނެ

  3. ދޮށީބޭ

    އިބުރާހިމާ ވަރަށް މީހުންގިނަ،ބައިބޯކޮށް ފެންނަނީ! ނުފިތޭތި ފިތިއްޖެއްޔާ،މާމުއިި ނުކުމެދާނެ…އަޅެ،މާމުއިކުޅަނދުރުހަތައެއްތަކަލާތިޔައީ.؟