ޤާސިމްގެ ސުވާލެއް: އިންޑިއާ ސިފައިން ރާއްޖޭގައި ތިބީ އިންތިޚާބުން ރައީސް ޞާލިޙް ބަލިވެއްޖެނަމަ ހަނގުރާމަ ކުރަން?
ރާއްޖޭގައި އިންޑިއާގެ ސިފައިން ޤާއިމްވެގެން ތިބީ, އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިޚާބް އެމްޑީޕީގެ ކެނޑިޑޭޓް, ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ކާމިޔާބު ނުކުރެވިއްޖެނަމަ ދިވެހިންނާ ހަނގުރާމަ ކުރައްވަންތޯ, ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހީމް ސުވާލު އުފައްދަވައިފިއެވެ.
ރިޔާސީ ބަހުސްގައި ކުރިމަތިކުރުވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވީ އަސްކަރީ ބޭނުމަކަށް ރާއްޖޭގައި އެއްވެސް ޤައުމެއްގެ ސިފައިން ނުތިބޭނެ ކަމަށެވެ.
އެ ވާހަަކަފުޅަށް ރައްދު ދެއްވަމުން ރޭ އައްޑޫގައި ބޭއްވި ޖަލްސާގައި ޤާސިމް ވިދާޅުވީ, އިންޑިއާގެ ސިފައިން ރާއްޖޭގައި އެބަތިބި ކަމަށާއި, އެމަންޒަރު އެމަނިކުފާނަށް ވެސް ފެނިވަޑައިގަންނަވާ ކަމަށެވެ. އިންޑިއާއިން ރައީސް ޞާލިޙް ވެރިކަމަށް ގެންނަވަން ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމަށް ވެސް ޤާސިމް ވިދާޅުވިއެވެ.
އަދި އިންޑިއާ ސިފައިން ރާއްޖޭގައި ތިބީ ތިބީ އަސްކަރީ ބޭނުމަކަށް ކަމަށް ނުވާތިބީ, ތިބީ ކޮން ބޭނުމެއްގައިތޯ ސުވާލު އުފެއްދެވިއެވެ.
"ވޯޓް ފޮށީގެ ނަތީޖާ އެހެން ގޮތަކަށް އަންނަންޏާ ދިވެހި ރައްޔިތުންނާއި ހަނގުރާމަ ކުރަން ތިބި ބައެއްތަ އެއީ. ދެން ކޮން ކަމެއް ކުރަންތޯ އެ މީހުން އެ ތިބީ" ޤާސިމް ވިދާޅުވިއެވެ.
ޤާސިމްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ, ރާއްޖެއަކީ މިނިވަން މުސްތަޤިއްލު ޤައުމެއް ކަމަށެވެ. އަދި ރާއްޖެ އޮތީ "މޯލްޑިވްސް އޯޝަން"ގައި ކަމަށް ޤާސިމް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ޚާރިޖީ ކަންކަމަށް އިންޑިއާއިން އަތްބާނަން ޖެހޭ އެއްވެސް ސަބަބެއް ފެނިވަޑައިނުގަންނަވާ ކަމަށާއި, ކަނޑު ހިމާޔަތް ކުރާނަމަ ވެސް ތިބެން ޖެހޭނީ އެ ބަޔަކު އެބައެއްގެ ގައުމުގައި ކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުން ބޭރު ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބިއިރު އެ މީހުންގެ އަތުގައި ހަތިޔާރު ނެތްކަން ޔަގީން ކުރައްވަނީ ކިހިނަކުންތޯ ވެސް ސުވާލު ކުރައްވާފައެވެ.
ޤާސިމް އިތުރަށް ވިދާޅުވީ, މައްސަލައަކީ އިންޑިއާގެ އަސްކަރިއްޔާ މިތަނުގައި ތިބުން ކަމަށާއި, އިންޑިއާގެ މީހުންނަށް ދިވެހިން އަބަދުވެސް މަރުޙަބާ ކިޔާނެ ކަމަށެވެ.
އޭގެ އިތުރން އިންޑިއާ އަކީ ވަރަށް ހެޔޮ ގައުމެއް ކަމަށާ އިންޑިއާ ރައްޔިތުންނާމެދު ދެކޮޅު ވެރިކަމެއް ނެތް ކަމަށާއި, ބޭސްފަރުވާއާ އެ ނޫން ކަންކަން ދިވެހީން އެ ގައުމަށްދާ ކަމަށާ ނަމަވެސް އެއީ އެ ގައުމުގެ ސިފައިން ރާއްޖޭގައި ތިބެން ޖެހޭ ސަބަބެއް ނޫން ކަމަށް ޤާސިމް ވިދާޅުވިއެވެ.
އެމޭރުމުން ވާހަކަފުޅު ދައްކަވަމުން ޤާސިމް އިތުރަށް ވިދާޅުވީ, ރާއްޖޭގައި ބޭރުގެ ސިފައިން ތިބުމަކީ ރައީސް ޞާލިޙް ޤާނޫނާ ޚިލާފަށް ކުރައްވާފައިވާ ކަމެއް ކަމަށާއި, އެފަދަ ވެރިއަކު ދެން ހޮވަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ޢެމް ޑީ ޕީ ބަލިވެއްޖެނަމަ ހަމަނުޖެހުން އުފައްދާނެކަން ޔަޤީން.
އެހެންވިޔަސް ބިރުންސޯލިހަން.ދޫދީގެން ހުންނައްވީކީނޫ ކުރީގަވެސް ހުޅުޖަހަހެދިއެއްނު ދެންއޮތްބާ ނުވިއްކަނީސް މީނާދުރުކުރެ ޭތޯޖެހޭއެ ަބަލައް ނޫނީ މާނުރައްކާމާބޮޑުވާނެ
އެމްޑީޕީ އެއްނޫން ބަލިވީމަ ހަމަނުޖެހުން އުފައްދާނީ ޕޕމ އާއި ދަޑިދަމާ ޕާޓީ ތިކަންކުރާނެ މިހާރުވެސް ބޭނުމަކީ އެއީ