ދިވެހިންނަށް އޮތް ޗޮއިސްއަކީ ހަމައެކަނި އެމްޑީޕީ، އެހެން ބަޔަކަށް ވޯޓު ދެއްވައިނަމަ އެއީ އިސްރާފެއް: ރައީސް ޞާލިޙް
ދިވެހިންނަށް އޮތް ޗޮއިސްއަކީ ހަމައެކަނި އެމްޑީޕީ، އެހެން ބަޔަކަށް ވޯޓު ދެއްވައިނަމަ އެއީ އިސްރާފަކަށް ވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން ރ. މާކުރަތަށް ވަޑައިގެން ބެއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ ވޭތުވެދިޔަ 5 އަހަރާއި ނިމިގެން މިދާ 5 އަހަރުގެ ތަފާތާއިމެދު ރައްޔިތުން ފުންކޮށް ވިސްނަވަން ޖެހޭކަމަށެވެ.
އަދި ވޯޓަކީ ޤާނޫނު އަސާސީން ކޮންމެ ރައްޔިތަކާ ހަވާލުކޮށްފައިވާ ވަރަށް ބޮޑު އަމާނާތެއްކަމަށާއި އެ އަމާނާތް ފުރިހަމަ ގޮތުގައި އަދާކުރުމަށް ފާހަގަކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވީ މި ފަހަރުގެ އިންތިޚާބަށް ކުރިމަތިލައްވާފައި ތިއްބެވި ކެންޑިޑޭޓުންނާއިމެދު ވިސްނަނަވަން ޖެހޭކަމަށެވެ. އެގޮތުން، ރާއްޖޭގައި ސިޔާސީ ޕާޓީތައް އޮތީ ދެބަޔަކަށް ބެހިފައިކަމަށާއި އެއް ބައި އެމްޑީޕީއަށް އޮތް އިރު ދެން އެންމެ ބޮޑު ބަޔެއް އޮތީ ޕީޕީއެމަށްކަމަށެވެ.
އެހެން ބަލާއިރު ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުޙައްމަދު މުއިއްޒުއަށް ވޯޓު ދެއްވައިފިއްޔާ ވާނެ ގޮތަކާމެދު ވިސްނެވުމަށް އެދިވަޑައިގަންނަވަމުން ރައީސް ޞާލިޙް ވިދާޅުވީ ޕީޕީއެމްގެ ސަރުކާރުގައި ރާއްޖެ ދުށް ބިރުވެރި ނާމާން އުދަނގޫ ދުވަސްވަރު ހަނދާންކުރެއްވުމަށާއި އެކަމާމެދު ތަކުރާރުކޮށް ވިސްނެވުމަށެވެ.
"ޑރ. މުއިއްޒު، ޕީއެންސީގެ ކެންޑިޑޭޓަށް ވޯޓު ދީފިއްޔާ، މި ވޯޓު ދީގެން އެ ކާމިޔާބު ވެއްޖެކަމަށް ވަންޏާ އަނެއްކާވެސް އެނބުރި އަޅުގަނޑުމެންނަށް މި ދެވެނީ އެ ބިރުވެރި ނާމާންކަމުގެ ތެރެއަށް. އެހެންވީމާ އެއީއަކީ އަޅުގަނޑުމެންނަށް އޮތް ޗޮއިސްއެއް ނޫން. އެއްވެސް ރައްޔިތަކަށް މި ގައުމަށްވެސް އޮތް ޗޮއިސްއެއްނޫން. އެ އަނިޔާވެރިކަމަށް ދިޔުން" ރައީސް ޞާލިޙް ވިދާޅުވިއެވެ.
ޕީޕީއެމާއި އެމްޑީޕީ ފިޔަވައި ދެން ތިއްބެވި ކެންޑިޑޭޓުންގެ ތެރޭގައި އެމްޑީޕީއާއި ކައިރިއަށްވެސް ވަޑައިގެންނެވޭނެ ބޭފުޅެއް ނެތްކަމަށާއި ރަށްރަށަށް އެރީމައި ތާއީދު އޮތް ވަރާއި ނެތް މިންވަރު ފެނިވަޑައިގަންނަވާކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.
"ދެން އޮތީ ދެން ތިއްބެވި ބޭފުޅުން. އޭގެ ތެރެއަކު ނެތް އަޅުގަނޑުމެންނާއި ކައިރިއަށްވެސް އާދެވޭނެ ބޭފުޅެއް. ރަށްރަށަށް އެރީމާއި އަލުގަނޑޫމެންނަށް އެބަފެނޭ މަންޒަރު. ތާއީދު އޮތް ވަރާއި ތާއީދު ނެތްވަރު. ދެން ތިއްބެވި ކޮންމެ ބޭފުޅަކަށް ތިއިން އެއްވެސް ބޭފުޅަކު ވޯޓު ދެއްވައިފިނަމަ އެއީ ކުރެއްވޭ އިސްރާފެއް. އެއަކުން ނިކުންނާނެ ނަތީޖާއެއް ނެތް. އެހެންވީމާ ތިޔަ ބޭފުޅުންގެ ވޯޓު ނަމަ ނަމަ އިސްރާފު ނުކުރައްވައްޗޭ. މި އިންތިޚާބުގައި މިނޫން އެހެން ގޮތެއް ނެތް. އެމްޑީޕީއަށް ވޯޓު ދިނުން ނޫން އެހެން އެއްވެސް ގޮތެއް ނެތް" ރައީސް ޞާލިޙް ވިދާޅުވިއެވެ.
އެހެންކަމުން މި ޤައުމުގެ މުސްތަޤުބަލަށްޓަކައި ޤާނޫނު އަސާސީން ލިބިދޭ ހައްޤު އަމާނާތްތެރިކަމާއެކު ރަނގަޅު ގޮތުގައި އަދާކުރެއްވުމަށާއި އެމްޑީޕީގެ މެނިފެސްޓޯއާއި އެހެން ބޭފުޅުންގެ މެނިފެސްޓޯތަކުގެ ތަފާތު ބެއްލެވުމަށާއި ވިސްނެވުމަށްފަހު އެމްޑީޕީއަށް ވޯޓު ދެއްވުމަށް ރައީސް ޞާލިޙް ވަނީ އެދިވަޑައިގެންފައެވެ.
މިފަހަރު އިސްރާފުކޮށްލައިގެން ކަލޭ ނަގާހޫރާލާނަން އިންޝާﷲ ޙަޤީޤީ އިސްރާފުކުރަނީ ކޮންބައެއްކަން ދައްކާލާނަން..ސޭކުންކައިރީގަދައްކާ ކަހަލަވާހަކަ ނުދެއްކުމަށް އިލްތިމާސް ކުރަން..ޔާމީންދައްކާކަހަލަ އޮއްޓަރު ހުރިވާހަކަދައްކާލަބަލަ.އޭރުން މީހުން އަޑުއަހާހިތްވާނީ.އޯކޭ