މި ސަރުކާރުގައި ގޯތި ލިބުނު އެއްވެސް ރައްޔިތެއްގެ އަތުން އަތުނުލާނެކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިހާރު ކުރިޔަށްދާ “އާސްކް މުޢިއްޒު” ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މުޢިއްޒު ވިދާޅުވީ ގޯތި ލިބުނު ފަރާތްތަކުގެ އަތުން ގޯތި ނުނަގާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދޭ ކަމަށެވެ. އަދި އޭގެ ބަދަލުގައި ކަންތައްތަށް ކޮށްދޭނީ އެއަށްވުރެ ރަނގަޅަށް ކަމަށް މުޢިއްޒު ވިދާޅުވިއެވެ.
“ފުރިހަމަ ޔަގީންކަން މިދެނީ އަޅުގަނޑު އެއްވެސް ގޯއްޗެއް އަތެއް ނުލާނަން. އޭގެ ބަދަލުގައި އެއަށް ވުރެ ރަނގަޅަށް ކަންތައްތައްކޮށްދޭނީ” މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން އެތަނުގައި ގެދޮރު ބިނާ ކުރުމަށްޓަކައި ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށާއި އެގޮތުން ސަރުކާރުން އެ މީހަކު ބޭނުން ވާ ގޮތަކަށް ލުއި ލޯނުތައް ހަމަޖައްސައިދޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އަދި ރައްޔިތުން ވަކި ގޮތެއް ހޯދަން، ނުވަތަ ގޮތް ހުސްވެގެން ފައިސާ ހަމަނުޖެހިގެން އުޅެން ނުޖެހޭނެކަމަށާއި ލޯނުތަކުގެ އެހީގައި ރައްޔިތުންނަށް އެތަނުގައި ގެދޮރު ބިނާ ކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.
ނޫން މަނިކުފާނުގެ އަނބިކަބަލުންގެ ގޯތި ނަންގަވަން ވާނެ. ނަގަންޖެހޭ ގޮތަށް ގޯތި ދެވިފަހުރީ.
މުއިއްޒޫ ކަލޭ މޮޔަވީތަ. ކަލޭގެ އަމިއްލަ މުދާގަޑެއްތަ އެއީ އތެއްނުލާނަމޭ ތިބުނަނީ. ކަލެއަކަށް އަތުލަން އުޅުނަސް އެބާރެއްނޯންނާނެ. ކޮސްނުގޮވާ.
މުއިޒަކައްނުބުނެވޭ ގޯތިނުލިބިތިބި މާލޭރައްވެހިންނައް ގޯތިދޭނަމެކޭ ކަމަކުނުދޭ