އެމްޑީޕީ ފުނޑާލީ ހަމަ ސީދާ ފައްޔާޒް: ސިރާޖް
ސަރުކާރުގެ ކޯލިޝަންގެ މައި ޕާޓީ, އެމްޑީޕީ ފުނޑާލީ އެ ޕާޓީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއީލް ކަމަށް, ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.
މޫސާ ސިރާޖު ވަނީ ރިޔާސީ ކެންޕެއިންގެ ތެރެއިން އެމްޑީޕީން ވަކިވެ, އިދިކޮޅު ޕީއެންސީއާ ގުޅިފައެވެ. ނަމަވެސް އެ ޕާޓީއާ ގުޅިފައިވަނީ ކީއްވެގެން ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
ރިޔާސީ އިންތިޚާބު މިއަދު ބާއްވާފައިވާއިރު, އެއްބުރުން އެއްވެސް ކެނޑިޑޭޓެއް އިންތިޚާބުވެފައެއް ނުވެއެވެ. ދެވަނަ ބުރަކަށް ގޮސްފައިވަނީ އިދިކޮޅު މައި ކެނޑިޑޭޓް ޑރ. މުއިއްޒާއި, ރައީސް ޞާލިޙެވެ.
"އެމްޑީޕީ ފުޑާލީ ސީދާ ފަޔާ. އެމްޑީޕީ ރޫޅާލީވެސް ސީދާ ފަޔާ. ރުންކުރުކަމާ ވާނުވާ ނޭންގުމާ ބޮޑާ ހޭކުމުގެ އިންތިހާ." އިންތިޚާބުގެ ނަތީޖާއާ ގުޅުވައިގެން ސިރާޖު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
ދެން ކޮންމެހެން އިތުރު ފިތުނަ އުފައްދާނެ ކަމެއް ނެތް. އަންނި އެއީ މިގައުމުގެ ފިތުނަ.
މީނަ މުއިޒު އަށް ތާއީދު ކުރީ ކޯންޗެއް ދީގެންބާ؟
މިލިޔަނުން ފައިސާ ނެގިކިދިން ކޮބާމިހާ
ދައުލަތުގެ ކުންފުނީގެ ބިންތަކެއް ކަރުދާހުން ބަންޑާރަ ގޯއްޗަށް ހެދިކަމަށް ފިނޭންސު މިނިސްޓުރީ އަށް ސިޓީ ފޮނުވާފަ ބަންޑާރަ ގޯތީގެ ނަމްބޯޑް އަޅުވާފަ ވޯޓް ހޯދަން ރައްޔިތުންނަށް ކަރުދާސް ދިނުމަކީ ބައިތުލް މާލު ނަހަމަ ގޮތުގައި ބޭނުން ކުރުން، ޔާމީނެކޭ ވަކި ތަފާތެއް އެބަހުރިތޯ ؟ ޔާނީނުވެސް ބައިތުލް މާލު ނަހަމަ ގޮތުގައި ބޭނުންކުރީ އަދީބް މެދުވެރިކޮށް !
ޔާޤީން ވާކަމަކީ ޕާޓީ ފަނިވެއްޖެކަން، ރޫޅިއްޖެކަން. ތި ބުނާހެން ޕީ.ޕީ.އެމް އަށްވުރެ ބޮޑަށް އެމް.ޑީ.ޕީ ގައި ބޮޑާކަމާއި ކިބުރުވެރިކަން އިންތިހާއަށް އެބައޮތް. މިސާލަކަށް ރަންނިންމޭޓް، ޕްލޭނިން މިނިސްޓަރ، ފޮރިން މިނިސްޓަރ، އިކޮނަމިކް މިނިސްޓަރ ގެ އިތުރުން ހިޔަޅު އިމްރާން. ދައްކަވަން ހުރިތަނެއް ދައްކަވާނެ. 2 ވަނަ ބުރުގަ %30 ލިބޭނެ ކަމަކަށް ޤބޫލެއް ނުކުރެވޭ. ބެހިހާ ފައިިސާއިން ވީތަ ކަމެއް. ބެހިހާ ޑުރަޤުން ވީތަކަމެއް. މިނިވަން ކުރި ކުއްވެރިންގެ ފަރާތުން ވީތަކަމެއް. ހައްޤު ނޫން އެތައް ޕްރޮމޯޝަނެއް އެމް.އެން.ޑީ.އެފް، ޕޮލިސް، ޢޭވިއޭޝަން ކޮމާންޑް … ދިނީމަ އެމީހުންގެ ބައްދުޢާ ވެސް ބޮޑު އެއްޗެއް ކުޅޭނެދޯ. ކޮބާ ފެނަކަ،.ސްޓެލްކޯ އަށް ވޯޓު ހޯދަން ވެއްދި ބައިގަނޑު. ވީތަ ކަމެއް. ސަރުކާރުން އަމިއްލަ ކަނާއަތުން ވާއަތައްވެސް ލާއެއްޗެއް ލަނީ ކަރަޕްޝަން އާއިއެކު. ޤައުމުގެ ބޮޑު އާބާދީއެއް ވޯޓު ނުލަނީވެސް މިފަދަ ގޮތްގޮތަށް ސަރުކާރުން އެމީހުންނާއި ދޭތެރޭ ކަންކަން ކުރާތީކަން އެހެރީ ހިސާބުތަކުން ފެންނަން.
ވަރަށް ބޮޑު ތެދެއް. އޭނާގެ ބޮޑާކަމާ، މަމޮޅޭ ހެދިގެން އުޅުމުގެ ނަތީޖާ.