ޚަބަރު ސިޔާސީ

ޤާސިމާއި ބައްދަލު ކުރަން މުއިއްޒުގެ ރަނިންމޭޓް ސެމްބެ ސަން އައިލޭންޑަށް

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ގޮސްފައިވާ އިދިކޮޅު، ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް ހިމެނޭހެން އެ ކޯލިޝަންގެ ވަފުދެއް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމާ ބައްދަލުކުރައްވަން ސަން އައިލެންޑަށް ވަޑައިގެންފިއެވެ.

Ads by MWSC

ޤާސިމުގެ ސްޕެޝަލް އެޑްވައިޒަރު އަހުމަދު ނިހާން ހުސައިން މަނިކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މުއިއްޒުގެ ރަނިންމޭޓް އާއި ޕީޕީއެމް/ޕީއެންސީގެ ބޭފުޅުން ހިމެނޭ ހެން އިދިކޮޅުގެ ހާއްސަ ވަފުދެއް ޤާސިމް އާއިއެކު މިއަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެކުގައި މަސައްކަތް ކުރެއްވުމަށް ދައުވަތު ދެއްވަން ވަޑައިގެންފައިވާ ކަމަށެވެ.

އެ ވަފުދުގެ ތެރޭގައި މުއިއްޒުގެ ރަނިންމޭޓް އާއި ޕީޕީއެމް ޕީޖީ ލީޑަރު، އަހުމަދު ސަލީމް، ޕީޕީއެމްގެ ނައިބު ރައީސް، އަހުމަދު ޝިޔާމް، ޕީއެންސީގެ ނައިބު ރައިސް، މުހައްމަދު ސައީދު އަދި ޕީޕީއެމް ޕީޖީ މެމްބަރު، އަހުމަދު ތޯރިގް ހިމެނޭއިރު ޤާސިމްއާއެކު ބާއްވާ ޚާއްސަ ބައްދަލުވުން އޮންނާނީ މިރޭ ސަން އައިލޭންޑް ވިލާ ޕާކްގައި ކަމަށް ވެސް ނިހާން ވިދާޅުވިއެވެ.

ޕީޕީއެން/ޕީއެންސީން ގާސިމް އިބްރާހިމް އާއި އެކީ ކޯލިޝަން ހެދުމުގެ މަޝްވަރާ ފަށާފައިވާއިރު، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ވަނީ ޕީޕީއެމް/ޕީއެންސީ އާއި އެކީ ކޯލިޝަން އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.

Ads by Ooredoo
  1. އަހުމަދު

    ޓުރާންސްޕޯޓް މިނިސްޓްރީ ގުރުބާން ނުކޮށް ހަދާ ކޯލިޝަނެއް ހެދޭތޯ ބަލާތި.

  2. މޫމިން

    އެއްހަރަކުން ދެ ފަހަރަކު މޫމިނެއްގެ ގަޔަށް ކައްޓެއް ނުޖެހޭނެ ކަމަށް އެ އޮންނަ ބަސްފުޅު ކިތައްމެ ފަހަރަކު ޤާސިމް ވަނީ ތަކުރާރު ކުރައްވާފައި .

  3. ރައިސް

    ގޭންގްް ސްޓާރުގެ ބޮޑުމީހާ ފޮނުވާފަ ބިރުދައްކައިގެންވެސް ތިކަންވޭތޯދޯ ތިބަލަނީ.