ކޯލިޝަނަށް އަންނަންވީ ޝަރުތަކާ ނުލާ, "ކޭކުން ލިބޭވަރު" އަހާކަށް ނުޖެހޭ: އަދުރޭ
މިމަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޕީޕީއެމް-ޕީއެންސީއާއެކު ކޯލިޝަން ހަދަން އަންނަން ވާނީ ޝަރުތަކާ ނުލާ ކަަމަށް އެ ޕާޓީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ, ޕީއެންސީގެ ކެނޑީޑޭޓް ޑރ. މުއިއްޒަށް ތާއީދު ހޯދުމަށް އދ. މަހިބަދޫގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
އަދުރޭ ވިދާޅުވީ, އެ ޕާޓީއަކީ ޤައުމީ ލަޝްކަރު ކަމަށާއި, "ޤައުމީ ލަޝްކަރާ ބައިވެރިވާން ޝަރުތެއް އޮވެގެން ނުވާނެ" ކަމަށެވެ. އަދި ސިޔާސީ ލީޑަރުން ވަކި ޝަރުތަކާ ނުލާ އެ ޕާޓީއާ ގުޅުމަށް މުއިއްޒު ވަނީ ދައުވަތު ދެއްވާފައެވެ.
"މިވަގުތު އަޅުގަނޑުމެންގެ ފަޅިއަށް އަރަންވީ އެއްވެސް އަމިއްލަ އެދުމެއް އޮވެގެން ނޫން. އަޅުގަނޑުމެން ކާނަލް ނާޒިމާއި އެ ޕާޓީގެ ރައީސަށް އައްސަރިބަހާއި ސާބަސް ދަންނަވަން. މި ޤައުމީ މަސައްކަތުގައި ބައިވެރިވާކަށް ޝަރުތެއް އޮވެގެން ނުވާނެ. މިއީ އެންމެންގެ މަސައްކަތެއް." އެމްއެންޕީން ވަކި ޝަރުތަކާ ނުލާ އެ ޕާޓީއާ ގުޅުނު ކަމަށް ވިދާޅުވެ, އެ ޕާޓީއަށް އަދުރޭ ވަނީ ޝުކުރު ދަންނަވާފައެވެ.
އަދުރޭ ވިދާޅުވީ, އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ކޯލިޝަން ހަދަން އަންނަން ވާނީ އަމިއްލަ ފައިދާއަށް ބަލައިގެން ނޫން ކަމަށެވެ.
"މި މަސައްކަތަށް އަންނާނީ ކޭކު ބަހައިގެން ލިބޭ ބައި ހޯދައިގެނެއް ނޫން. މި މަސައްކަތަށް އަންނަންވާނީ ޤައުމީ ޖޯޝުގައި" އަދުރޭ ވިދާޅުވިއެވެ. "ތިމަންނައަށް ލިބޭނީ ކިހާވަރެއްތޯ, ތިމަންނަގެ ޕާޓީއަށް ލިބޭނީ ކިހާވަރެއްތޯ. ތިމަންނަމެންނަށް އޮތީ ކޮން ވަޒީރުކަމެއްތޯ އަހާކަށް ނުޖެހޭ"
އަދުރޭގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ, މިއަދު ރައްޔިތުން މިވަނީ މި ސަރުކާރަށް ނޫނެކޭ ބުނެފައި ކަމަށާއި, ދެވަނަ ބުރެއްގައި އިންތިޚާބު ކާމިޔާބު ކުރާނީ 60 އިންސައްތަ ހޯދައިގެން ކަމަށެވެ.
"ބޮޑުތަނުން ރައްޔިތުން ނޫނެކޭ ބުނީމާ ދެން ނިކުމެ ކުރަން ފެށި ކަމަކީ, އަޅުގަނޑުމެންގެ ކެނޑިޑޭޓްގެ އަބުރު ކަތިލުން." ދެވަނަ ބުރެއްގައި އެންޓި ކެންޕެއިން ސަރުކާރުން ފަށާފައިވާ ކަމަށާއި, ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.
"އަބުރު ކަތިލަން އުޅުނަސް, ރައްޔިތުން އެކަން ޤަބޫލެއް ނުކުރާނެ, ރައްޔިތުންނަށް ތިޖަހާ ސަކަރާތް އިނގޭ"
ބަރާބަރު. ރިޔަސީ އިންތިޚާބުގެ ފުރަތަމަ ބުރުގަ ގާސިމާ، އާންނިމރންވެސް ގައުމަށް އިއަދަ ނުކުރެވޭ ވަރު ގެއްލުން ދެމުންދާ ސަރުކޭރެކޭ މިއޮތީ. ކޮރަޕްޝަނާ ފަސާދާގައި ހައްދޔފަހަނަޅާފައޭ މިވަނީ. މިސަރު ދާގޮތް ގޯސްވރގެން ހީވަނީ އެހެންފަދަ ކަމެއްހެން.
މިހާރު އިދިކޮޅާ ބައިވާޖެހުނު ވަގުތު ސޭޓުވެސް ޑިމޮކުހެން ވެސް މިބަލަލީ ތިމަންނާ މެންނަށް ފައިދާ އޮތްގޮތެއް ހޯދޭތޯ. އަޅެ އެކިޔާ ޤައުމާއި ތައްޔިތުންނަށް ހެޔިއެދޭ ބައެއްނަމަ ކޭކުން ފޮތިކޮޅެއް ލިބޭތޯ އުޅޭކަށް ނުޖެހޭ. އެފަދަ އެއްވެސް ޝަރުތަކާ ނުލާ މިކަން ކުރަންވީތާ. އެބޭފުޅުންގެ ފިސްނުމުގަހުރި ޤައުމަށް ފައިދާހުރި،އިސްލާހުކުރަންހުރި ކަންކަމަށް ޑިމާން ކުރުމަކީ ކުރަންޖެހޭނެ ކަމަކީ.
ހާދަ ބޮޑާކަމަކޭ ދޯ މިކަލޭގެއަށް އަރާފަ މިހިރީ! ކިހާވަރަކުން ދާނެބާ!
ތިމާމެން އަލިފަކައްވެގެންތިބެ ފޮނިކަޑާނެކަމެއްނެތް
ލޮބުވެތިރައްޔިތުންނޭގޮވާފައި މީހުނައްޖެއްސިހާލު
މީހުންގައިންއަދިވެސްދިލަނަގާ ހަދާނެއްނުނެތޭ ކަލޭ
ލަދުގައްނަންޖެހޭ ރައްޔިތުންކުރިމަތީއަގަހުޅުވަން
ހެއްދެވީ ފަރާތްހަދުމަކޮއްބަލަ ރައްޔިތުންގެ ކިހާބައިވަރުތަކެތިފައިސާފަސްއަހަރުނިމުނުއިރުކަލޭވސްމަހުޖަނެއްއެކަމަކު ޅިއަނާކަލޭފެށީޓިނުގަޑަކުން އެވެސްސަކަރާތްކޮއްހޯދިއެއްޗެކޯ ވިސްނާ މީހާލަތު