ޚަބަރު ސިޔާސީ

ރޮޒައިނާގެ ރައްދު އީވާއަށް: ޤައުމުގެ ސަލާމަތަށްވުރެވެސް ބޮޑަށް މުހިންމީ ބަދަލު ހިފުންތަ؟

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް، ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ރަޖިސްޓްރީވުމަށް ހުށައެޅި ފޯމްތަކުގެ އަދަދު ކުއްލިއަކަށް އިތުރުވެފައިވާތީ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ ވެސް ކަންބޮޑުވުން ފާޅުކުރުމުން މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު، ރޮޒައިނާ އާދަމް އެކަމަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

Ads by STELCO

އިންތިޚާބުގެ ފުރަތަމަ ބުރުގައި ރަޖިސްޓްރީވުމަށް ޝައުގުވެރިކަން ނެތް އެތައް ބަޔަކު ތިބިއިރު، ދެވަނަ ބުރުގައި ރީ-ރަޖިސްޓްރީވާ އަދަދުތައް ކުއްލިއަކަށް އިތުރުވުމަކީ ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމެއް ކަމަށް އީވާ ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދުދެއްވަމުން ރޮޒައިނާ ވަނީ އެއީ ހަމަ އެހާވެސް ހައިރާންކުރުވަނިވި ކަމެއްތޯ އީވާ ކުރެން އައްސަވާފައެވެ.

އަދި އިންތިޚާބުގެ ފުރަތަމަ ބުރުގައި ރީރަޖިސްޓްރީ ކުރި މީހުންގެ އަދަދު އެހާ މަދުވީ ނުވަތަ މީހުން ރީރަޖިސްޓްރީ ކުރުން އެހާ މުހިންމުކަމެއްގެ ގޮތުގައި ނުދެކުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ފުރަތަމަ ބުރުގައި ހޮވޭނެކަމުގެ ޔަޤީންކަން އޮތުމުންކަމަށެވެ.

ނަމަވެސް މިހާރު ހާލަތު މިއޮތް ގޮތުން އަނިޔާވެރިންގެ ބާރުގެ ދަށަށް މި ޤައުމު ވެއްޓިދާނެކަމުގެ ބިރަށްޓަކައި ރައްޔިތުން ރީރަޖިސްޓްރީ ކުރަން ފެށީކަމަށާއި، ޤައުމު އެ ހާލަތަށް ވެއްޓިދާނެތީ އީވާއަށް އުދަނގޫފުޅު ނުވާތީ ހައިރާންފުޅުވާކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ހަމައެއާއެކު ޤައުމަށްވުރެ ބޮޑަށް ބަދަލު ހިފުމުގެ ރޫޙު އީވާއަށް އެހާވެސް މުހިންމުވަނީތޯ ރޮޒައިނާވަނީ ސުވާލުކުރައްވާފައެވެ.

 1. ބަލާތި

  އެއްގޮތަކަށް ވެސް އޮންލައިން ކޮށް ހުށައެޅި ފޯރމްސް ތައް އީސީން ޕްރޮސެސް ކޮށްގެން ނުވާނެއޭ މިހާ ޝަކުވާ ބޮޑުވެފައި ވަނިކޮށް އެއިރުން އިންތިޚާބުގެ ސައްހަ ކަން ގެއްލިދާނެއޭ ތިޔާގެ ތެރޭން ގިނަ ފޯރމްސް ތަކަކީ އެއީ އެމްޑީޕީން ހުށައަޅާފައިވާ ފޯރމްސް ތަކަށްވާތީ ދޯ އެމްޑީޕީން ތިކަމާއި ގުޅިގެން ބަޔާން ތައް ނެރެމުންދާނީ އެނޫން ނަމަ އެމެން ވެސް އެހެން ޕާރޓީ ތަކުން އެކުރާ ޝައްކުކޮށް އެކަން ބަލަން އެދޭނެއޭ ޔަގީނާއި ގާތަށް އިނގެނީ ތިޔާއީ ސީދާ އެމްޑީޕީން ކޮށްގެން އުޅޭ ކަމެކޭ ފޭކް ފޯރމްސް ތަކެއް އީސީ އަށް ހުށައަޅައިގެން އުޅެނީ ސީދާ ރައީސް އޮފީހުންނޭ ތިޔާ ހެކްކޮށް ދިނީ ޕޮލިސް ކަމިޝަނަރޭ ޕޮލިހުންގެ ހެކިންގް ފެސިލިޓީސް ތައް ބޭނުންކޮށްގެން އެއީއޭ ތިޔާ ކަން ހިނގާނެ ގޮތަކީ ރަނގަޅަށް ބަލާތި ރަނގަޅަށް ބަލާތި ރަނގަޅަށް ބަލާތި ރަނގަޅަށް ބަލާތި ރަނގަޅަށް ބަލާތި ރަނގަޅަށް ބަލާތި ރަނގަޅަށް ބަލާތި ރަނގަޅަށް ބަލާތި ރަނގަޅަށް ބަލާތި ރަނގަޅަށް ބަލާތި ރަނގަޅަށް ބަލާތި ރަނގަޅަށް ބަލާތި ރަނގަޅަށް ބަލާތި ރަނގަޅަށް ބަލާތި ރަނގަޅަށް ބަލާތި ރަނގަޅަށް ބަލާތި ރަނގަޅަށް ބަލާތި ރަނގަޅަށް ބަލާތި ރަނގަޅަށް ބަލާތި ރަނގަޅަށް ބަލާތި

  • ތިޔަ ރޮޒޭނާ ޔަކީ ލާރިޔާހެދި މޮޔަވެފަ ހުރި އަންގެނެއް ވަެްކަން އިންތިހާޔަށް މުޅިގައުމު ދަރުވާލާއިފި އަންހެނާގެ ބަނޑުގަ ވާދަރިފުޅު އުފަންނުވަނިސް ބޮލުގަ އެއަޅުވާލީ ދަރަނި މިވަރު ސަރުކާރެއް ހަމަ ނެއް

 2. ޭއީވާ

  ޢަހަރުން ހީކުރީ އަހަރުންވެސް ގޮވައިގެން ކަމަށް ދާނީ. ތިޔަހާހިތްހަރު ވާކަށް ނުވާނެ

 3. ާއައިޝާފް

  ޜޮޒޭ މިހާރު ގޮތްދޫކުރައްވައި އަޚްލާޤީމިންގަޑަށްފެތުނީތޯ؟ ނުވަތަ މީގެ ކުރިން ދަ ޑިމޮކްރެޓްސް މެމްބަރުންނާއި ރޮޒޭމުޚާތަބްކުރައްވަމުންދިޔަގޮތްހަނދާންނެތުނީތޯ؟