ޚަބަރު ސިޔާސީ

ދައުލަތުގެ ލޯ ލާރިއެއްގައިވެސް އަޅުގަނޑު ޖެހިފައި ހުރި ތަނެއް ނުފެންނާނެ: ރައީސް ޞާލިޙް

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ދައުލަތުގެ ލޯ ލާރިއެއްގައިވެސް ނުޖެހޭނެ ކަމުގެ ޔަޤީންކަން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް އަރުވައިފިއެވެ.

Ads by STELCO

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް މިރޭ ބޭއްވި "މާފަންނު ކަންމަތީ" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ މި ސަރުކާރުން މަޝްރޫއުތައްވެސް މި ހިންގަނީ ފައިސާ ފޮތީގެ ދެފުށް އޮންނަކަން އެނގިވަޑައިގެން ކަމަށާއި އެއް ފުއް ފެންނަ ބަޔަކަށް އިޤްތިޞާދެއް ނުދެމެހެއްޓޭނެކަމަށެވެ.

އަދި ރައީސް ޞާލިޙުގެ އަރިހުގައި ތިއްބެވި ބޭފުޅުންނަކީ ހަރުދަނާ އިޤްތިޞާދެއް ދެމެހެއްޓުމުގެ ޤާބިލްކަން ހުންނެވި ބޭފުޅުންކަން ފާހަގަކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތުތައް ކަނޑައަޅަނީ އެ ބޭބޭފުޅުންގެ އިރުޝާދާއި ލަފަޔާއެކުކަމަށެވެ. އަދި ދައުލަތުގެ އެންމެ ލޯ ލާރިއެއްގައިވެސް އެމަނިކުފާނު ޖެހިވަޑައިނުގަންނަވާނެކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

"ތިޔަ ބޭފުޅުންނަށް މިރޭވެސް އަޅުގަނޑު ޔަޤީންކޮށް މި އަރުވަނީ، ދައުލަތުގެ ލޯ ލާރިއެއްގައިވެސް އަޅުގަނޑު ނުޖެހޭނެ ވާހަކަ. މިއަދުވެސް ބައްލަވަންވީ، އަޅުގަނޑު ވެރިކަމުން ފޭބީމަވެސް ބައްލަވަންވީ، އަޅުގަނޑު ޔަގީންކަމާއެކު މިދަންނަވަނީ އަޅުގަނޑާ ދޭތެރޭ ތުހުމަތުކުރާނެ ކަމެއްވެސް ނުހުންނާނެކަން" ރައީސް ޞާލިޙް ވިދާޅުވިއެވެ.

އަދި އެފަދަ ކަމެއް ހުރިތޯ ބައްލަވަން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުއްވުމަށާއި، އެކަހަލަ އެއްވެސް ކަމެއް ނޯންނާނެކަމަށްވެސް ރައީސް ޞާލިޙް ޔަޤީންކަން ދެއްވާފައިވެއެވެ.

މީގެ އިތުރުން ރާއްޖޭގެ ތަރައްޤީއަށް ކުރަންޖެހޭ ކަންތައްތައް ކުރުމުގައި ދޭދޭ ޤައުމުތަކުން ރާއްޖޭގެ ސަރުކާރަށް ލޯނު ފޯރުކޮށްދީ އެހީތެރިވުމުން އެކަމާމެދު އިދިކޮޅުން ދައްކާ ވާހަކަތަކަށްވެސް ރައީސް ޞާލިޙް ވަނީ ރައްދުދެއްވާފައެވެ. އެގޮތުން، ކުރީގެ ސަރުކާރުތަކަށް އެފަދަ ގޮތްގޮތުން އެހީތެރިކަން ލިބިވަޑައިނުގެންނެވީ ކީއްވެގެން ކަމާމެދު އެބޭފުޅުން ވިސްނާލެއްވިތޯ ރައީސް ޞާލިޙް ވަނީ ސުވާލުކުރައްވާފައެވެ.

ރައީސް ޞާލިޙް ވިދާޅުވީ ކުރީގެ ސަރުކާރުތަކަށް އެފަދަ އެހީތެރިކަން ލިބިފައި ނެތީ އެ ސަރުކާރުތަކުން ދޭދޭ ގައުމުތަކާއިއެކު ގުޅުން ދެމެހެއްޓުމުގެ ބަދަލުގައި އެގުޅުންތައް ކަނޑާލައި ހީނަރުކުރުމުންކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ރައްޔިތުން ނުކުންނަވާއިރު އެކަންކަމަށް ރަނގަޅަށް ވިސްނެވުމަށްފަހު ނުކުންނެވުމަށް ރައީސް ޞާލިޙްވަނީ އިލްތިމާސްކުރައްވާފައެވެ.

  1. ލޯލާރި

    މާސިންގާވަގުންނަގާނީީ ލޯލާރިއެއްނޫންް މިލިޔަނުންް ޑޮލަރުު އިބުރޭޭ ކަލޭﷲގަންދީހުވާކޮއްފަަ ބުނެބަލަަ ދައުލަތުގެެ ފައިސާއިންް އެންމެެ ރުފިޔާއެއްގެެ މިންވަތުގަަ ޖެހިފަހުއްޓަސްް މާދަމާއިންފެށިގެންް އިބުރޭއަކީީ ނުކުޅެދޭމީހެއްގެެ ގޮތުގަަ ލައްވާށޭޭ