ރައްޔިތުން އިންތިޚާބުގެ ފުރަތަމަ ބުރުގައި ދިން ޖަވާބަކީ މި ސަރުކާރަށް ތާއީދެއް ނެތްކަން: ޝިޔާމް
ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ދިވެހި ރައްޔިތުން ދިން ޖަވާބަކީ މި ސަރުކާރަށް ތާއީދެއް ނެތްކަން ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނިޒާމީ ވޯޓަށް ކުރެވުނު ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ޝިޔާމް ވިދާޅުވީ މި ސަރުކާރަށް ރައްޔިތުން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައިވެސް ދިން ޖަވާބަކީ ސަރުކާރަށް ތާއީދެއް ނެތްކަން ކަމަށާއި މި ސަރުކާރު ބޮޑުތަނުން ފެއިލްވެފައިވާ ކަން ކަމަށެވެ.
އެހެންކަމުން އިންތިޚާބުގެ ދެވަނަ ބުރުގައި ރައްޔިތުންގެ ޚަޒާނާއިން ފައިސާ ބޭނުންކޮށްގެން ދެވަނަ ބުރަށްވެސް ކުރަމުންދާ ޚަރަދުތަކަކީ މިހާރުން މިހާރަށް ހުއްޓާލަން ޖެހޭ ޚަރަދުތަކެއް ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.
ހަމަ އެހެންމެ އިންތިޚާބުގެ ފުރަތަމަ ބުރުގައިވެސް ރައްޔިތުން މި ސަރުކާރަށް ނޫނެކޭ ބުނީވެސް ވައްކަމާއި އަނިޔާވެރިކަން އިންތިހާއަށް ދިއުމުންކަމަށް ޝިޔާމް ވިދާޅުވެފައި ވެއެވެ.
މިގޮތުން ޝިޔާމް ވަނީ ސަރުކާރުން ކުޑަރަށެއް ބޮޑުރަށެއް ނުބަލާ ކުރީ ވައްކަން ކަމަށް ތުހުމަތު ކުރައްވާ ވައްކަން ކުރީމާ ދޭންޖެހޭ ސެޓްފިކެޓް ރައްޔިތުން އެއޮތީ ދީފައި ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން އެ ސެޓްފިކަޓަކީ ރައީސް ޞާލިހްގެ ސަރުކާރު ގޭގައި މަޑުކޮށްލަންދިން ސެޓްފިކެޓެއް ކަމަށާއި އެއީ ރައްޔިތުންގެ ފައިސާ ބޭނުންކޮށްގެން ދެވަނަ ބުރަކަށް ދާންޖެހޭ ސެޓްފިކެޓެއް ނޫން ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.
އިބްރާހިމް މުހައްމަދު ޞާލިޙަށް ރައްޔިތުންގެ ތާއީދެއް ނެތް. ޞާލިހު ދޮހާކޮޅަކުން ވާނޫ ފޮޓޯ ފުރޭމަކަށް