ޚަބަރު ސިޔާސީ

މައިނޯރިޓީކަން ގެއްލުނަސް ޑިމޮކްރެޓްސްގެ އެއްބާރުލުމާއެކު ސަރުކާރު ޖަވާބުދާރީ ކުރުމުގައި ދެމިހުންނާނަން: އާދަމް ޝަރީފް

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ ލަޤަބު ޕީޕީއެމަށް ގެއްލުނު ކަމުގައިވިޔަސް ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރަމުންދާ މަސައްކަތައް އެއްވެސް ބަދަލެއް ނުގެނެސް ޒިންމާ އަދާކުރުމުގައި ދެމިހުންނަވާނެކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު، މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

Ads by STELCO

އާދަމް ޝާރީފު މިހެން ވިދާޅުވީ މިއަދު އިދިކޮޅު މައި ޕާޓީ ޕީޕީއެމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ މަޤާމު ގެއްލި، އެ މަޤާމު ދަ ޑިމޮކްރެޓްސްއަށް ލިބިފައިވާކަން މަޖިލީހުގެ ޖަލްސާގައި އިއުލާނުކުރުމާއި ގުޅިގެންނެވެ.

އާދަމް ޝަރީފު ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްވެސް ބަދަލެއް ނުގެނެސް، ޒިންމާދާރުކަމާއެކު އެ ޒިންމާ އަދާކުރުމުގައި ދަ ޑިމޮކްރެޓްސްގެ ފުރިހަމަ އެއްބާރުލުން ލިބިވަޑައިގަންނަވާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށެވެ.

އަދި ދަ ޑިމޮކްރެޓްސްއިންވެސް ތިބީ "އިބޫ ނޫން ގޮތެއް" ހޯއްދަވަން ތައްޔާރަށްކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި ރައީސް ނަޝީދު ވަނީ މިހާރު މަޖިލީހުގައި ސިޔާސީ ޕާޓީތައް ތަމްސީލު ކުރާ ނިސްބަތް އިއުލާންކުރައްވާފައެވެ. އެގޮތުން، އެމްޑީޕީގައި 56 މެމްބަރުން، ޑިމޮކްރެޓްސްގައި 13 މެމްބަރުން، ޕީޕީއެމްގައި 5 މެމްބަރުން، ޕީއެންސީގައި 3 މެމްބަރުން، އެމްއެންޕީ ގައި 3 މެމްބަރުން، ޖުމްހޫރީ ޕާޓީގައި 2 މެމްބަރުން، އެމްޑީއޭގައި 2 މެމްބަރުން އަދި އަމިއްލަ ގޮތުން އިންތިޚާބުވެފައި ތިބި 3 މެމްބަރުން އެބަތިއްބެވެ.

Ads by HDC
  1. ތީނުބު

    ދެން ފެންނާނީ ނިޒާމުންވެސް ގެއްލޭތަން.