ޚަބަރު

އިލްހާމް ވެސް ރައީސް ޞާލިޙަށް ތާއީދު ކުރައްވައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއި އިލްހާމް އަޙުމަދު ވެސް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ތާއީދު ކުރައްވަން ނިންމަވައިފިއެވެ.

Ads by STELCO

އެމްޑީޕީއަށް ތާއީދު ކުރައްވަން ނިންމެވިކަން ހާމަކުރައްވައި، އިލްހާމް ވިދާޅުވީ ޤައުމު މިއަދު މިއޮތް ހާލަތަށް ބަލައި، އަނިޔާވެރިކަމާއި ބަދަލުހިފުމުގެ ރޫހު މާޒީން ފެނިފައިވާއިރު، ބަދަލު ހިފުމުގެ ގޮތުން ކަންކަން ކުރާނެ ކަމަށް މިހާރުވެސް ބުނަމުންދާތީ، އެފަދަ ބަޔަކު ވެރިކަމަށް އައިސްފިނަމަ ނުކުންނާނެ ނަތީޖާއާމެދު ވިސްނައި، ސިޔާސީ ބޭފުޅުންނާއި އަދި އެހެނިހެން ފަރާތްތަކާ މަޝްވަރާކުރުމަށްފަހު، ރައީސްކަމުގެ މަޤާމަށް މިވަގުތު އިންތިޚާބު ކުރަން އެންމެ އެކަށޭނެ އަދި ޤާބިލު ބޭފުޅަކީ މިހާރުގެވެސް ރައީސް، ރައީސް ޞާލިޙު ކަމަށް ފެންނާތީ، އެމަނިކުފާނަށް ތާއީދުކުރަން ނިންމާފައިވާ ކަމަށެވެ.

ރައީސް ޞާލިޙު ވަނީ ފާއިތުވެމިދާ ރިޔާސީ ދައުރުގައި، ޤައުމު ހަލަބޮލި ނުކޮށް، ސުލްހަވެރިކަމާއިއެކު ވެރިކަން ކުރެއްވޭނެކަން ސާބިތުކޮށްދެއްވާފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަދި ވާދަވެރި ސިޔާސީ ހަރަކާތްތައް ހިންގަން ފުރުޞަތު ދެއްވައިގެން ވެސް ވެރިކަން ކުރެއްވިދާނެކަން ދައްކަވާފައި ކަމަށް އިލްހާމް ވިދާޅުވިއެވެ.

އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރަން ޖޭޕީ އިން ނިންމި ނަމަވެސް އެ ޕާޓީގެ އާންމު މެމްބަރުންނަށް ބޭނުން ކެންޑިޑޭޓަކަށް ތާއީދުކުރުމުގެ ހައްގު އޮންނާނެ ކަމަށް، ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވަނީ ވިދާޅުވެފައެވެ.

އިލްހާމްގެ އިތުރުން، ޖޭޕީގެ އެޑްވައިޒަރުގެ މަޤާމުގައި ހުންނެވި ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަހީދު ވަނީ ޖޭޕީން ވަކިވެވަޑައިގެންފައެވެ.

Ads by Ooredoo
  1. ސްޓާރ

    މިހާރު މިފެނިގެންދަނީ ޖޭޕީގެ ލީޑަރ ދިވެހިޤަޥްމާއި ދިވެހި ރައްޔިތުންގެ ޙައްޤުގައޭ ކިޔައިގެން ދެއްކިވާހަކަތަކުގެއަސްލު ޙަޤީޤަތް މުޅިލީޑަރޝިޕްގެ ތާއީދުއެދަނީ އެއްކަލަ ޤާނޫނާއިޚިލާފަށްހުރިހާކަމެއްކުރާކަމަށްބުނާ ކުށްވެރިޔާއަށްކިހާވަރަކަށްޤަޥްމުދެކިލޯބިވޭދޯ.

  2. ޢަޒްރާ

    އެ ލާދީނިއްޔަތަށް އާނއެކޭ ބުނާނީ ހަމަ ލާދީނީން ދެން މުސްލިމުންނޭ ދަމުނަމާދޭ ނުކިޔާ ގައުމަށް ހެޔޮއެދޭ ބަޔަކު ތިހެންނެއް ނުދާނެ

  3. ޙަރާމްކޯރު

    މީ ސީދާ ގާސިމް އާއި އެކު އިބޫ ސަން އައިލެންޑްގަެި ހަދާފައިވާޑީލެކޭ ސަން އައިލެންޑްގެ ބަޓްލަރުން އެދަނީ މަމެންނަށް އެމެން ކުރި ސައްލާ ތަކުގެ މައުލޫމާތު ދެމުންނޭ މީގެ ބޭނުމަކީ ޕީޕީއެމް އާއި ޑިމޮކްރެޓުން ފުނޑާލުމޭ މީގެ ހުރިހާ ނުބައެއް ހަދަނީ ގާސިމް އިބްރާހިމް އޭ ދެން އުމަރު ނަސީރޭ މީ ވަރަށް ނުބައި ދެޅާއޭ މިކަން އަދި ތިލަވާނެ އަންނަ ހަފްތާގައި މިއަށް ވުރެން ބޮޑަށް ޖޭޕީގައި ތިބި ހުރިހާ ބޮޑުން އައިސް ގުޅޭނެ އެމްޑީޕީ އާއި ރައީސް ވަހީދަށް އެކަން އެގިގެން ވަހީދު ޖޭޕީން ވަކިވާނެއޭ ޖިހާދު ވެސް ވަކިވާނެއޭ އިރްތިޝާމް ވެސް ވަކިވާނެއޭ އިގްބާލް ޖޭޕީގެ އެސްޖީ ކަމުގެ މަގާމުން އިސްރިއުފާ ދިނީ މިހެންވެއޭ އުމަރު ނަސީރު އެއީ ސީދާ ބަތާހަރާމީ ހަރާމްކޯރެއް ކަން އިނގޭނެ ނޫންތޭ އިންޑިއާ ސިފައިން ބާލާނެ ކަމަށް ޕީޕީއެމް އިން ބުނަމުން ސަނި ކޮށް އެމެންނަށް ހުރަސް އެޅުމުގެ ގޮތުން އަޑިން ގާސިމާއި އެކު ޑީލް ހަދައިގެން ނަގޫކެނޑިި އެމްޑީޕީއަށް ކެމްޕެއިން ކޮށްދެނީ ހަރާމީ ޕިއްލާ