ޚަބަރު ސިޔާސީ

ރައީސް ޞާލިޙުގެ ވެރިކަމެއްގައި ރާއްޖޭގެ އެންމެ ވެލިފުކެެއްވެސް އެހެން ޤައުމެއްގެ ބާރުގެ ދަށަށް ނުދާނެ: ޝާހިދު

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ވެރިކަމެއްގައި މި ދިވެހިރާއްޖޭގެ ބިމުން އެންމެ ވެލިފުކެއްވެސް އެހެން ޤައުމެއްގެ ބާރުގެ ދަށަށް ނުދާނެކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް މާލޭގައި މިވަގުތު ކުރިއަށް ގެންދާ "ސޯސަން ޖަގަހަ" ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަހީދު ވަނީ ރައީސް ޞާލިޙުގެ ވެރިކަމުގައި ރާއްޖޭގެ މިނިވަންކަން ގެއްލުވާލައިފި ކަމަށް ބުނެޑ އިދިކޮޅުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވާފައެވެ.

އެގޮތުން، އެމްޑީޕީއާއި ދެކޮޅަށް ވެރިކަމަށް އަންނަން މަސައްކަތްކުރާ ޕީޕީއެމް/ޕީއެންސީއަކީ އެއްވެސް ބަޔެއް ނޫންކަމަށް ސިފަކުރައްވަމުން ޝާހިދު ވިދާޅުވީ އެބޭފުޅުންނަށް ހަމައެކަނި ކުރެވޭ ކަމަކީ ރައްޔިތުންގެ މެދުގައި ފިތުނަ އުފެއްދުން ކަމަށެވެ.

"އެބޭފުޅުންގެ އިސްތަށިިފުޅުގައި، ޕީޕީއެމް/ޕީއެންސީ ބޭފުޅުންގެ އިސްތަށިފުޅުގައި ހަމައެކަނި ހުރި އެއްޗަކީ ފިތުނައިގެ ދޮލަނގު، ފިތުނަ ދޮލަނގަށް ލައިގެން އެ ވިއްކޭތޯ ނުކުމެ ހިނގަމުން އެއުޅެނީ، ހިތާމައަކީ ރާއްޖޭގެ ބައެއް ރައްޔިތުންނަށް އެ ފިތުނައިގައި ބައިވެރިވެވޭނެ ގޮތަށް އެބޭފުޅުން އެ ފިތުނަ ވިއްކަވަމުން ގެންދަވާކަން" ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން "ފިތުނަ ދޮލަނގު" ގައި ހުރި އެކި އެކި "އައިޓަމްތަކަށް "ބަލާއިރު އެންމެ އިސް ސަފުގައި އޮތީ އިންޑިއާކަމަށާއި އިންޑިއާއިން މި ސަރުކާރަށް ދެ ހެލިކޮޕްޓަރެއް ގެނައިކަމަށް ވިދާޅުވެ އެކަމާއިވެސް ގުޅިގެންވެސް މި ސަރުކާރަށް އިދިކޮޅުން ފާޑުވިދާޅުވެފައިވާކަން ފާހަގަކުރައްވަމުން އޭގެ ހަޤީޤަތް މިރޭ ސާފުކޮށްދެއްވާނެކަމަށް ޝާހިދު ވިދާޅުވިއެވެ.

"ދިވެހިރާއްޖެއަށް ފުރަތަމަ ހެލިކޮޕްޓަރެއް ގެނައީ 2011 ވަނަ އަހަރު އިންޑިއާއިން، އެ ހެލިކޮޕްޓަރު ގެނައީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ރައީސް ނަޝީދު ހުންނެވިއިރު، ދެވަނަ ހެލިކޮޕްޓަރެއް ދިވެހިރާއްޖެ ގެނައީ  2016 ވަނަ އަހަރު. ކޮން ބޭފުޅެއްތޯ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނެވީ؟ ރައީސް ޔާމީން، މި ދެ ހެލިކޮޕްޓަރު މިތަނުގައި އަޅައިގެން ތިއްބާ މި ދެ ހެލިކޮޕްޓަރުން ދިވެހިރާއްޖޭގެ އެތައް ރައްޔިތުންނަކަށް ޚިދުމަތް ދެމުން ދަނިކޮށް 2018 ވަނަ އަހަރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ދިވެހިރާއްޖޭގެ ވެރިކަަމަށް ވަޑައިގަތީ، އެހެންވީމާ މި ދެ ހެލިކޮޕްޓަރު ގެނައުމާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރަކާއި އެއްވެސް ގުޅުމެއް ނެތް" ޝާހިދު ވިދާޅުވިއެވެ.

އަދި ކުރީގެ ސަރުކާރުތަކުން އެކަން ކުރި އިރުވެސް ކޮށްފައިވަނީ ބައިނަލްއަޤްވާމީ އުސޫލުތަކާއި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުމެއް ނުވާނެ ގޮތުގެ މަތިންކަމަށާއި މި ސަރުކާރުގައިވެސް އެ ދެ ހެލިކޮޕްޓަރު ރާއްޖޭގެ ސަރަހައްދުގައި ބޭނުންކުރަނީ އިންސާނީ ޚިދުމަތް ދިނުމުގައި ކަމަށެވެ.

ހަމައެއާއެކު އައްޑޫ ސިޓީގައި ޤާއިމްކުރަމުންދިޔަ ފުލުހުންނަށް ތަމްރީނުދޭ މަރުކަޒާއި ގުޅިގެންވެސް ޕީޕީއެމް/ޕީއެންސީން ފެތުރި "ބުހުތާނު ދޮގު" ތަކުގެ ހަޤީޤަތްކަމަށް ވިދާޅުވެ ޝާހިދުވަނީ އެކަމާއި ގުޅިގެންވެސް ވާހަކަފުޅު ދައްކަވާފައެވެ.

"ތި ޕީޕީއެމް/ޕީއެންސީގެ ފިތުނައިގެ ދޮލަނގުގައި އޭރު ލިޔެގެން ވިއްކަމުން ހިނގި ވާހަކައަކީ އައްޑު އަތޮޅުގައި އެ އަޅަނީ އިންޑީއާގެ މިލިޓަރީ މަރުކަޒެކޭ، ހިތްޕުޅަށް ގެންނަވާ އެވާހަކަ ދައްކަމުން ގެންދިޔައިރު އިންޑިއާއިން އެތަނުގައި އެ ބިނާއެއް ހަދަން ފަށާފައި އޮތީ ރައީސް ކަމުގައި މުހައްމަދު ހަސަން މަނިކު ހުންނަވަނިކޮށް، އޭރުގެ ހޯމް މިނިސްޓަރަކީ ޑރ. ޖަމީލު، އަޅުގަނޑުމެންނަކާ ބެހޭ ކަމެއް ނޫން" ޝާހިދު ވިދާޅުވިއެވެ.

"އެތަން އެހެން ހިންގަވަނިކޮށް ޕީޕީއެމް އިން ބުނީ އެއީ އިންޑިއާ މީހުން ތިބޭނެ މަރުކަޒެކޭ، އެއީ އިންޑީއާ ސިފައިން މީހުން ހަދާ ތަނެކޭ، ރާއްޖެ ހިފަން ރާވާ ރޭވުމެކޭ.." ޝާހިދު ވިދާޅުވިއެވެ.

އަދި އިދިކޮޅުން އެފަދަ ވާހަކަތައް ފަތުރަނީ ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފައްދަންކަމަށާއި މިއަދު އެ ބިނާ އެހުރީ ދިވެހި ފުލުހުންގެ ތަމްރީނުތަކަށް ޚާއްސަކުރެވިފައިކަން ރައްޔިތުންނަށް އެނގޭނެކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

"އެތާކު ނެތް އިންޑިއާ ސިފައިންނެއް، އެތަނަކީ އިންޑިއާގެ ސިފައިންގެ މަރުކަޒެއް ނޫން، މި ހެދި ހުރިހާ ބުހުތާނު ދޮގު މިއޮތީ ދިވެހި ރައްޔިތުންގެ ކުރިމަތީގައި ސާފުވެ އެނގެން" ޝާހިދު ވިދާޅުވިއެވެ.

އެހެންކަމުން އެކަންކަމަށް ރައްޔިތުން ސަމާލުވުމަށާއި "ބުހުތާނު ދޮގު ތަކުގައި" ޖެހިވަޑައިނުގަތުމަށް އިލްތިމާސްކުރައްވަމުން ޝާހިދު ވިދާޅުވީ މި ޤައުމުގެ މިނިވަންކަން ނަގާލަން ރާވައި ރާއްޖޭގެ ބިންތަކާއި، ފަޅުތަކާއި ރަށްތައް ބޭރު މީހުންނަށް މިލްކުކުރެވޭނެގޮތަށް ވިއްކާލަން ޤާނޫނު ބަދަލުކުރީވެސް ޕީޕީއެމް/ޕީއެންސީންކަމަށާއި އެކަންކަން ރައީސް ޞާލިޙުގެ ވެރިކަމުގެ ފުރަތަމަ ދުވަސްތަކުގައި ޙައްލުކޮށްދެއްވާފައި ވާކަމަށެވެ.

އެހެންކަމުން އެކަންކަން ރައްޔިތުން ހަނދުމަފުޅުކުރެއްވުމަށާއި ރާއްޖޭގެ މިނިވަންކަން ލިބެން އޮތީ ރައީސް ޞާލިޙާއިއެކުގައި ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ. އަދި 30 ސެޕްޓެމްބަރުގައި ރައީސް ޞާލިޙަށް ވޯޓު ދެއްވުމަށް ޝާހިދުވަނީ ގޮވާލައްވައިފައެވެ.

Ads by Allied Insurance
  1. ނޮޓްއެލޯން

    ރައްޔިތުންނޭ ފެންނާނެ ނޫންތޭ މަމެން މިދިޔަ ހުކުރުވިލޭރޭ ކޮމެންޓް ގައި ބުނި ކަން މިދަނީ ހިނގަމުންނޭ ގާސިމް އާއި އަދި އިބޫ ސަން އައިލެންޑް ގައި ދެ ދުވަސް ވަން ދެން ކުރި މަޝްވަރާގައި އޮތީ ވަކި ޕާރޓީ އަކަށް ތާއީދު ނުކުރަން ގާސިމް ނިންމާ ގާސިމް ވަކިން ޖޭޕީގެ ބޮޑުން ގާތު ބުނެގެން ރައީސް އިބޫ އަށް ތާއީދު ކުރުމޭ އުމަރު ނަސީރު ވެސް އެއީ މިގޭންގްގެ ލީޑަރެކޭ ދަންނާށޭ ރައްޔިތުންނޭ މިނުބައި ރޭވުން ސަމްތިންގް ވިޝްޕަރ އިން މައި އިއަރ އެން ސޭ މީ ގައްދާރުންނޭ ޖޭޕީ އަކީ އެއީ ގައުމަށް ގައްދާރުވެފައިވާ ޕާރޓީ އެކޭ ގާސިމް އެއީ ގައްދާރެކޭ އަމީން އިބްރާހިމް އެއީ ވެސް ގައްދާރެކޭ އުމަރު ނަސީރު ވެސް އެއީ ގައްދާރެކޭ ގައުމުގެ މިނިވަންކަން ނިގުޅައިގަންނާން ބޮޑު ގައްދާރު އިބޫ އަށް އެފުރުސަތު ނުދޭށޭ ޕީޕީއެމް ވެރިކަމުގައި ގައުމު މިނިވަން ކުރާނަމޭ ފުރަތަމަ ދުވަހު ގައުމުގެ މިނިވަން ކަން ދަރިންނޭ ދޫކޮށްނުލާ އެމްޑީޕީ އަދި ޖޭޕީ އަދި އުމަރު ނަސީރު ދޫކޮށް އައިސް ޕީޕީއެމް އާއި ގުޅިގެން ގައުމު މިިނިވަން ކުރާން އަންބާ ކިޔާ މިނިވަންކަމުގެ ޖިހާދަށް ނިކުންނާށޭ އަންނަ ހޮނިހިރު ދުވަހު ދޫކޮށްނުލާށޭ ގައުމު އެކަނި ކަނޑުވާން ދޫކޮށްނުލާށޭ އިންޑިއާ ވަގުން އަތަށް ދޫކޮށްނުލާށޭ ދަރިންނޭ ސަމްތިންގް ވިޝްޕަރ އިން މައި އިއަރ އެން ސޭ ޔޫއާރ ނޮޓް އެލޯން ވީއާރ ހިއަރ ވިދް ޔޫ ދޯ ޔޫއާރ ފާރ އަޕާރޓް ޔޫއާރ އޯލްވޭޒް އިން އަވަރ ހާރޓް ޔޫއާރ ނޮޓް އެލޯން ނޮޓް އެލޯން ނޮޓް އެލޯން ނޮޓް އެލޯން ނޮޓް އެލޯން ނޮޓް އެލޯން…

  2. މޭކްއިޓް

    މިވަތަންގެ އެންމެ ކަތުންނޭ ލީބިއާ އަދި ފަލަސްތީނު އަދި ސީރިއާ އޮތް ހާލަތަށް މިގައުމު ނުގެންދާން އެދޭ އެންމެ ކަތުން މަމެންގެ ރާއްޖޭގެ މިނިވަން ކަން މަމެންނަށް އަލުން ހޯދަން ކުރާ ޖިހާދުގައި ބައިވެރިވާން ހިފާށޭ މަމެން ޕިންކީން އަތުގައި އިހްސާސް ކުރެވެއޭ މިވަތަންގެ މިނިވަން ކަމުގެ ދަންމަރު އަލިވާން އުޅޭ ކަމަށް ދަރިންނޭ ލޯބިވާށޭ ވަތަންގެ މިނިވަންކަން ދެކެ މޭކް އަ ލިޓިލް ސްޕޭސް މޭކް އަ ބެޓަރ ޕްލޭސް ފޯރ ޔޫ އެން ފޯރ މީ އެން ދަ ނޭޝަން ހީލް ދަ ނޭޝަން އެކުގައޭ މަމެން އުފާ ފާޅު ކުރާނީ ވަތަން އިންޑިއާ އަތް ދަށުން މިނިވަން ކުރުމަށް ފަހު މޭކް އިޓް އަ ބެޓަރ ޕްލޭސް ފޯރ ޔޫ އެން ފޯރ މީ އެން ދި އެންޓަޔަރ ހިއުމެން ރޭސް…

  3. ބަލާތި

    ގާސިމް ހީނުކުރާތި ގާސިމް ސަން އައިލެންޑް ގައި ކުރި ޖަލްސާގެ ޔައުމިއްޔާ މަމެންނަށް ނޭގޭ ކަމަށް ގާސިމް ކުރި ސަައްލާގެ ހުރިހާ ބައިތައް އެބަހުއްޓޭ މަމެން އަތުގަައި ގާސިމް މަހަށް ދާން ޖެހޭނީ އުމަރު ނަސީރާއި ގާސިމް އަޑިން ގުޅިގެން ވަކި ކޮޅަކަށް ތާއީދު ނުކުރާނޭ ކަމަށް ބުނެ އަޑިން ތިޔާ ރާވާ ރޭވުމުގެ ކަންކަން މަމެންނަށް އިނގެއޭ ރަނގަޅަށް ގާސިމް އާއި އުމަރު ޖެހޭނީ މަހަށް ދާން ޕީޕީއެމް ވެސް ނުފުނޑޭނެ އަދި ޑިމޮކްރެޓޭ މެން ވެސް ނުފުނޑޭނެ ފުނޑޭނީ ތަމެންނޭ

  4. ހިފާށޭ

    ޕީޕީއެމް އިން މިކުރާ މިނިވަން ކަން އަނބުރާ ހޯދުމުގެ ޖިހާދުގައި އެމްޑީޕީ މެމްބަރުން ވެސް ފައިސާ އާއި އަދި ވަޒީފާގެ މަސްތުގައި ނުޖެހި ވިސްނުންތެރިކަން އިސްކޮށްގެން އައިސް ގުޅޭށޭ މިނިވަންކަމުގެ ޖިހާދު ކުރާ ކަޅުއޮށް ފުންމީގެ ފަޅުވެރިންނާއި އަދި ކަޅު އޮށްފުންމީގެ ފަޅުވެރިއަކަށް ވާން ލިބޭ ފުރުސަތު ދޫކޮށްނުލާށޭ ހެޔޮނުވާނެއޭ މަމެން ހުރިހާ ދިވެހިން މިިނިވަން ކަމުގެ އުފާ ޖުމްހޫރީ މައިދާނުގައި ފާހަގަ ކުރާނީ އެކުގައޭ ހުރިހާ ސިފައިންނާއި ފުލުހުން ވިސްނާށޭ އަދި ބައިވެރިވާށޭ މަމެން ޕިންކީން ނާއި އެކު ގައުމުގެ މިިނިވަން ކަން ހޯދަން ކުރާ ޖިހާދުގައި ބައިވެރިވާށޭ އިންޑިއާ ވަގު އެމްބަސޭ އަތް ދަށުން މިވަތަންގެ މިނިވަން ކަން އަތުލާން މަމެން ޕިންކީން އަތުގައި ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ

  5. އަރާށޭ

    ޕީޕީއެމް ގޯއްޗަށް ވަތަންގެ މިނިވަން ކަން އަލުން އަނބުރާ ހޯދަން ޖޭޕީގައި ތިބި މެމްބަރުންނާއި އަދި އުމަރު ނަސީރު ގާތު ތިބި އެންމެން އައިސް ގުޅޭށޭ ގުޅޭށޭ ގުޅޭށޭ މަމެން މިކުރާ މިިނިވަންކަމުގެ ޖިހާދުގައި ބައިވެރިވާށޭ ހެޔޮނުވާނެއޭ އަނދިރި އަނދިރިންގެ އޮޑީގައި ނުތިބޭށޭ އެއީ ހަނަފަސްކަމާއި ތަދުމަޑު ކަމުގެ 100 އަހަރުގެ ތެރެއަށް މިވަތަން ގެންދާން ވެގެންނޭ އަނދިރި އަނދިރިންގެ ގާފިލާ އިން އެއުޅެނީ ހެޔޮނުވާނެއޭ މަމެން މިނިވަން ކަން ހޯދާ ކަޅުއޮށްފުންމިއަށް އަރާށޭ އުމަރު ނަސީރާއި ޖޭޕީ އާއި އަދި ފާރިޝް އަށް ވޯޓް ދިން ހުރިހާ މީހުން ވެސް އަރާށޭ ކަޅު އޮށް ފުންމިއަށް އަނދިރި އަނދިރިންގެ ދަރި ކަމަށްވާ އިބޫ ދޫކޮށްލާށޭ އެއީ ހަރާމްކޯރު ބަތާހަރާމީ ގައްދާރެކޭ އަނދިރި އަނދިރިންގެ ދަރި ކަމަށްވާ އިބޫ ދޫކޮށްލާށޭ އެއީ ހަރާމްކޯރު ބަތާހަރާމީ ގައްދާރެކޭ އަނދިރި އަނދިރިންގެ ދަރި ކަމަށްވާ އިބޫ ދޫކޮށްލާށޭ އެއީ ހަރާމްކޯރު ބަތާހަރާމީ ގައްދާރެކޭ އަނދިރި އަނދިރިންގެ ދަރި ކަމަށްވާ އިބޫ ދޫކޮށްލާށޭ އެއީ ހަރާމްކޯރު ބަތާހަރާމީ ގައްދާރެކޭ އަނދިރި އަނދިރިންގެ ދަރި ކަމަށްވާ އިބޫ ދޫކޮށްލާށޭ އެއީ ހަރާމްކޯރު ބަތާހަރާމީ ގައްދާރެކޭ އަނދިރި އަނދިރިންގެ ދަރި ކަމަށްވާ އިބޫ ދޫކޮށްލާށޭ އެއީ ހަރާމްކޯރު ބަތާހަރާމީ ގައްދާރެކޭ އަނދިރި އަނދިރިންގެ ދަރި ކަމަށްވާ އިބޫ ދޫކޮށްލާށޭ އެއީ ހަރާމްކޯރު ބަތާހަރާމީ ގައްދާރެކޭ

  6. ޗޭންޖްއިޓް

    އޮކްޓޯބަރު އެއް ވަނަ ދުވަހު އަލިވިލޭނީ މިނިވަން ރާއްޖެއަކަށް ވާނެ ކަމަށް މުއިއްޒު ބުނުން އެއީ ދިވެހި ވަތަންގެ މިނިވަން ކަން ދެކެ ލޯބިވާ ކޮންމެ ދިވެހި ދަރިއަކު ވެސް މަމެން ޕިންކީން ނާއި އެކު މިނިވަން ކަން އަލުން އަނބުރާ ހޯދަން ކަޅުއޮށް ފުންމިއަށް އަރާނެއޭ މިނިވަން ކަން އަލުން ހޯދަން ހުރިހާ ކުދިން ވެސް އަރާށޭ މަމެން ޕިންކީންގެ ކަޅުއޮށް ފުންމިއަށް ޗޭންޖް އިޓް އީވެން ވެލް އިނަފް ޗޭންޖް އިޓް ދިސް އިޒް އޮންލީ ގެޓިންގް ނޯން ޓު އަސް….

  7. ޏ/އިކޫ

    ރާއްޖޭގެ 2 ބައިކުޅަ އެއްބަޔައްވުރެ ބޮޑުބައި ކަނޑުން ދުއްވާލާފައި ތިވާހަކަ ދެއްކީމަ ގަބޫލު ކުރާނެ ރައްޔިތަކު މިގައުމުގައި ނުހުންނާނެ. ޢެއްމެ ބޮޑު އެއް އައްދާދު ޝާހިދަކީ!