ޚަބަރު ސިޔާސީ

ލަސްތަކެއްނުވެ، އޭވިއޭޝަން ދާއިރާގެ މުވައްޒަފުންގެ މުސާރަވެސް ބޮޑުކުރާނަން: ރައީސް ޞާލިޙް

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ލަސް ތަކެއްނުވެ، އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ މުސާރަވެސް ބޮޑުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

Ads by MWSC

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭނުގައި މިރޭ ބޭއްވި "ސޯސަން ޖަގަހަ" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ ޕައިލެޓުންނާއި އިންޖިނިއަރުން ހިމެނޭ ގޮތަށް އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަން ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށެވެ.

"ލަސްތަކެއް ނުވެ، އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ ޕައިލެޓުންނާއި އިންޖިނިއަރުންނާއި އެއާ ކްރޫންނާ މިހެން ގޮސް ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ބޭފުޅުންނަށް މުސާރައިގެ ކުރިއެރުން ލިބޭނެ ކަމުގެ ޔަގީންކަން ތިޔަބޭފުޅުންނަށް އަރުވަން،" ރައީސް ޞާލިޙް ވިދާޅުވިއެވެ.

މީގެ އިތުރުން، ރައްޔިތުންނަށް ދޭ އަސާސީ ހިދުމަތްތަކާއި ދައުލަތުގެ އެކިއެކި މަގާމުތަކުގައި ތިބި މީހުންނަށްދޭ މުސާރައިގެ ކުރިއެރުން ދިނުމުގައި މަސައްކަތް ކުރަމުން ގެންދަނީ ހަމަހަމަކަމާއެކީގައި ކަން ފާހަގަކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވީ އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ ޕައިލެޓުންނާއި އިންޖިނިއަރުންނާއި ކްރޫން ފަދަ މުވައްޒަފުންނަކީ މުހިންމު ބައެއް ކަމަށެވެ.

މިރޭގެ ޖަލްސާގައިވެސް ރައީސް ޞާލިޙު ތަކުރާރުކޮށް ރައްޔިތުންގެ އަރިހުން އެދިވަޑައިގެންނެވީ ކުރިއަށް އޮތް އިންތިޚާބާއިމެދު ރައްޔިތުން އަދިވެސް ވިސްނެވުމަށާއި ސެޕްޓެމްބަރު 30 ވާ ދުވަހު ނިންމޭ ނިންމުމެއްގެ ސަބަބުން ދިވެހިން މިއިން ދުވަހަކު ވެސް ނުދެކޭ ފަދަ ނާމާން، ބިރުވެރިކަމެއްގެ ތެރެއަށް ގޮސްދާނެ ކަމަށެވެ.

އިދިކޮޅުން އެބޭފުޅުންގެ ސިޔާސަތުތައް ހާމަކުރަމުން ދާއިރު، ފެނިގެން ދަނީ އެ ނާމާން މަންޒަރުކަމަށާއި އެހެންކަމުން ވިސްނުންތެރިކަމާ އެކީގައި ނުކުމެވަޑައިގެން އެމަނިކުފާނަށް ވޯޓު ދެއްވުމަކީ ވަރަށް މުހިންމުކަމެއް ކަމުގައި ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.

Ads by Allied Insurance
  1. ހިފާށޭ

    ޕީޕީއެމް އިން މިކުރާ މިނިވަން ކަން އަނބުރާ ހޯދުމުގެ ޖިހާދުގައި އެމްޑީޕީ މެމްބަރުން ވެސް ފައިސާ އާއި އަދި ވަޒީފާގެ މަސްތުގައި ނުޖެހި ވިސްނުންތެރިކަން އިސްކޮށްގެން އައިސް ގުޅޭށޭ މިނިވަންކަމުގެ ޖިހާދު ކުރާ ކަޅުއޮށް ފުންމީގެ ފަޅުވެރިންނާއި އަދި ކަޅު އޮށްފުންމީގެ ފަޅުވެރިއަކަށް ވާން ލިބޭ ފުރުސަތު ދޫކޮށްނުލާށޭ ހެޔޮނުވާނެއޭ މަމެން ހުރިހާ ދިވެހިން މިިނިވަން ކަމުގެ އުފާ ޖުމްހޫރީ މައިދާނުގައި ފާހަގަ ކުރާނީ އެކުގައޭ ހުރިހާ ސިފައިންނާއި ފުލުހުން ވިސްނާށޭ އަދި ބައިވެރިވާށޭ މަމެން ޕިންކީން ނާއި އެކު ގައުމުގެ މިިނިވަން ކަން ހޯދަން ކުރާ ޖިހާދުގައި ބައިވެރިވާށޭ އިންޑިއާ ވަގު އެމްބަސޭ އަތް ދަށުން މިވަތަންގެ މިނިވަން ކަން އަތުލާން މަމެން ޕިންކީން އަތުގައި ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ

  2. ހިނގާއިންނަންދޯ

    އެމްޑީޕީގެ ލޯބި ލޯބި މެމްބަރުންނޭ އަދި އެމްޑީޕީގައި މަމެން ކުރިން ރަށްޓެހިވި އަންހެން ކުދިން ވެސް ތިބުމާއި އެކު މަމެން ތަމެން ގާތު ރޮއި އާދޭސް ކޮށްފައި ބުނަމޭ ރުޅިވުން އެއީ މާޒީއޭ އަދި އޭގެ މައްޗަށް ހަސަދަ ވެރިކަން އިތުރު ކޮށްގެން ގައުމުގެ މިނިވަން ކަން އަވަށްޓެރި ބޮޑުގޮހޮޑާ ފޭރިގަންނާން ފުރުސަތު ނުދީ މަމެން ޕިންކީން ގާތަށް އަންނާށޭ މަމެންނަށް މާފުކުރާށޭ ތަމެންނާއި ރުޅިވުމުން މަމެން ވަރަށް ލޯބިވެއޭ ތަމެން ދެކެ މިއަދު ހިނގާށޭ އަލުން ރަށްޓެހިވެގެން އިންނަމާ ތަމެން އެދުނު ގޮތަށް މަމެން މިތިބީ ތަމެންނާއި އިންނާށޭ ހިނގާށޭ އިންނަމާ ދެން ހިނގާއިންނަމާ ހިނގާއިންނަމާ ހިނގާއިންނަމާ ހިނގާއިންނަމާ ހިނގާއިންނަމާ ހިނގާއިންނަމާ ހިނގާއިންނަމާ ހިނގާއިންނަމާ ހިނގާއިންނަމާ ހިނގާއިންނަމާ ހިނގާއިންނަމާ ހިނގާއިންނަމާ ހިނގާއިންނަމާ ހިނގާއިންނަމާ ހިނގާއިންނަމާ ހިނގާއިންނަމާ ހިނގާއިންނަމާ ހިނގާއިންނަމާ ހިނގާއިންނަމާ ހިނގާއިންނަމާ ހިނގާއިންނަމާ ހިނގާއިންނަމާ ހިނގާއިންނަމާ ހިނގާއިންނަމާ ހިނގާއިންނަމާ ހިނގާއިންނަމާ

  3. ޗޭންޖްއިޓް

    އޮކްޓޯބަރު އެއް ވަނަ ދުވަހު އަލިވިލޭނީ މިނިވަން ރާއްޖެއަކަށް ވާނެ ކަމަށް މުއިއްޒު ބުނުން އެއީ ދިވެހި ވަތަންގެ މިނިވަން ކަން ދެކެ ލޯބިވާ ކޮންމެ ދިވެހި ދަރިއަކު ވެސް މަމެން ޕިންކީން ނާއި އެކު މިނިވަން ކަން އަލުން އަނބުރާ ހޯދަން ކަޅުއޮށް ފުންމިއަށް އަރާނެއޭ މިނިވަން ކަން އަލުން ހޯދަން ހުރިހާ ކުދިން ވެސް އަރާށޭ މަމެން ޕިންކީންގެ ކަޅުއޮށް ފުންމިއަށް ޗޭންޖް އިޓް އީވެން ވެލް އިނަފް ޗޭންޖް އިޓް ދިސް އިޒް އޮންލީ ގެޓިންގް ނޯން ޓު އަސް….

  4. ސައްތި ކުޑޭ

    ކޮންއިރަކުތޯ އައިލެންޑް އޭވިއޭސަންގެ ކޮވިޑް ފްރޮންޓް ލައިންގަ މަސައްކަތްކުރި ކުދިންނަށް ކޮވިޑް އެލަވަންސް ދޭނީ ؟