ޚަބަރު

އިންޑިއާ ސިފައިންގެ މައްސަލައިގައި ރައީީސް ޞާލިހު: އެއީ ބުހުތާނު ދޮގެއް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން ނެތްކަމަށާއި، އެ ޤައުމުގެ ސިފައިން ތިބި ކަމަށް ބުނެ ފަތުރަނީ "ބުހުތާނު ދޮގު" ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

Ads by MWSC

އެމަނިކުފާނު މިހެން ވިދާޅުވީ ރޭ އެމްޑީޕީން "ސޯސަން ޖަގަހަ"ގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ޞާލިޙު ވިދާޅުވި ގޮތުގައި، ރާއްޖޭގައި އެއްވެސް ޤައުމެއްގެ ސިފައިންނެއް ނުތިބޭނެއެވެ.

"ދެން ދައްކަމުން އައި ވާހަކަ އަކީ މި ރާއްޖޭގައި ބޭރުގެ ސިފައިން ތިބޭ ވާހަކަ. މުޅިން، ބުހުތާނު ދޮގު ވާހަކައެއް. އަޅުގަނޑު ތި ހުރިހާ ބޭފުޅުންނަށް، މިރޭ ވެސް ޔަޤީންކޮށް މި އަރުވަނީ، ރާއްޖޭގެ އެއްވެސް ތަނެއްގައި، އެއްވެސް ތަނެއްގައި، މިލިޓަރީ ބޭނުމެއްގައި، އެއްވެސް ސިފައިންނެއް ނުތިބޭނެކަން ހަމަ ޔަޤީން." ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިޙު އިތުރަށް ވިދާޅުވީ، ބޭރުގެ ސިފައިން ތިބި ކަމަށް ބުނެ ސަރުކާރާއިމެދުގައި ޝައްކު އުފައްދަމުން އަންނަ ހުރިހައި ތަނެއް ދައްކަން ވެސް ތައްޔާރު ކަމަށާއި، އުތުރުތިލަފަޅު ވެސް ދައްކަން ތައްޔާރު ކަމަށެވެ.

އިންޑިއާ ސިފައިންނާއި ގުޅޭ ވާހަކަ ރައީސް ޞާލިޙު ދޮގުކުރެއްވިއިރު، އަސްކަރީ ބޭނުމެއްގައި ނޫން ގޮތަށް ކަމުގައި ވިޔަސް، ރާއްޖޭގައި ބިދޭސީ ސިފައިން ތިބެންޖެހޭ ސަބަބެއް ސަރުކާރުން ބުނެދޭން ޖެހޭނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. ވެރިކަމުގެ އެންމެ ފުރަތަމަ ދުވަހު ވެސް، އިންޑިއާގެ ސިފައިން ފައިބަން އެންގެވުމަކީ މުޢިއްޒުގެ ވަޢުދެކެވެ.

Ads by Allied Insurance
  1. ދެން ބުހުތާންތެދަކި ހަގީގަތަކީކޮބާތަ .ކޮންމެވެސް ހަގީގަތެއް އޮތީމަނު ކިޔާނީ ނުރައްކާވެދާނޭކިޔާފަ ސިއްރުކޮއްފާ ާ އެއްބަސްވުންތައްވެސް ވެއްޖެމު.އެވެސް ބުނާނެ ބުހުތާނޭ