ލައިފްސްޓައިލް

ދުވާލަކު ކިތައް ކުކުޅު ބިސް ކެވިދާނެތަ؟

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ކުކުޅު ބިހަކީ އެކި ގޮތް ގޮތަށް ހަދައިގެން ކެވިދާނެ ފައިދާހުރި އެއްޗެކެވެ. ބިސްގަނޑު އަޅައިގެންނާއި،  ފެނު ކައްކައިގެން އަދި އެހެނިހެން ގޮތް ގޮތަށް ވެސް ކުކުޅު ބިސް ބޭނުން ކުރެވޭނެއެވެ. ތައްޔާރު ކުރަން މާ ބޮޑު މަސައްކަތެއް ކުރާކަށް ނުޖެހެއެވެ. އެހާމެ ފަސޭހަވެފައި އަވަހަށް ތައްޔާރު ކޮށްލެވޭނެއެވެ.

Ads by Hajj Corporation

ކުކުޅުބިހަކީ ގުދުރަތީ ގޮތުން އޭގައި ގިނަ އަދަދެއްގެ ޕްރޮޓީންސް އެކުލެވިގެންވާ އެއްޗެކެވެ. ޚާއްސަކޮށް ހެދި ބޮޑުވަމުން އަންނަ ކުޑަކުއްޖަކަށް ރަނގަޅު ސިއްޙަތެއްގައި ހުރުމަށްޓަކައި ބިހަކީ ވަރަށް އިސް ރޯލެއް އަދާ ކޮށްދޭ އެއްޗެކެވެ. ހަމައެފަދައިން ކުޅިވަރު ކުޅޭ މީހުނަށް ވެސް ކުކުޅު ބިހަކީ ވަރަށް މުހިންމު އެއްޗެކެވެ.

އެހެންނަމަވެސް ކޮންމެ ކަމެއްގެ ވެސް ނޭދެވޭ ސިފަތަކެއް ވާ ފަދައިން ބިހުގެ ސަބަބުން ވެސް ކުރާ ބައެއް ނޭދެވޭ އަސަރުތައް ހުރެއެވެ. އެގޮތުން އޭގައި ގިނަ އަދަދެއްގެ ސަރުބީ އެކުލެވެއެވެ. ސުވާލަކީ ގިނައަދަދެއްގެ ސަރުބީ އެކުލެވޭ ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތޯއެވެ؟

ފަހުގެ ދިރާސާތަކުން ހާމަވާ ގޮތުގައި ދުވާލެއްގެ މައްޗަށް ކޮންމެ އިންސާނަކު ވެސް 300 މިލިގުރާމަށް ވުރެ ގިނައިން ކޮލެސްޓުރޯލް ހަށިގަނޑަށް އެތެރެ ކުރުމަކީ ސިއްޙަތަށް ނުރައްކާ ވެދާނެ ކަމެކެވެ. މީގައި އެންމެ ހައިރާން ކުރުވާ ވާހަކައަކީ ފުރިހަމަ ކުކުޅު ބިހެއްގައި ޖުމްލަ 373 މިލިގުރާމު ކޮލެސްޓުރޯލް އެކުލެވޭ ކަމެވެ. އެހެންކަމުން ދުވާލަކު އެއް ބިސް ކެއުމުން ވެސް 300 މިލިގުރާމަށް ވުރެން ބޮޑަށް ކޮލެސްޓުރޯލް ހަށިގަނޑަށް އެތެރެ ވެއެވެ.

ދެންވިސްނަންވީ ކަމަކީ ހިތުގެ ބަލި ހުންނަ މީހުން ބިސް ކެއުމަކީ ރައްކާތެރި ކަމެއްތޯއެވެ؟ އަދި ސިއްޙަތު ރަނގަޅު މީހެއް ދުވާލަކު ކުކުޅު ބިހެއް ކެއުމަކީ ވެސް ރައްކާތެރި ކަމެއްތޯއެވެ؟ ދިރާސާތަކުން ދައްކާ ގޮތުގައި ސިއްޙަތު ރަނގަޅު މީހެއް ދުވާލަކު ކުކުޅު ބިހެއް ކެއުމަކީ ބިރު ގަންނަންވީ ކަމެއް ނޫނެވެ. އަދި ހިތުގެ ބަލި ހުންނަމީހުންނަށާއި، ހަކުރުބަލި ހުންނަ މީހުނަށްވެސް ދުވާލަކު އެއް ކުކުޅު ބިސް ކެއުމަކުން އެއްވެސް ނުރައްކަލެއް ނެތް ކަމަށްވެސް މި ދިރާސާއިން ދައްކައެވެ.

އެހެން ނަމަވެސް ދުވާލަކު 3 ނުވަތަ 2 ބިސް ކެއުމަކީ ސިއްޙަތަށް ނުރައްކާ ވެދާނެ ކަމެކެވެ. އެހެންކަމުން ޚާއްސަކޮށް ހިތުގެ ބަލި ނުވަތަ ހަކުރު ބަލި ހުންނަ މީހުން ދުވާލަކު އެއްބިހަށް ވުރެ ގިނައިން ނުކެއުމަށް އާދަކުރާށެވެ. ހަމައެކަނި ހިތުގެ ބަލި ނުވަތަ ހަކުރު ބަލި ހުންނަ މީހުނެއް ނޫނެވެ. ސިއްޙަތު ސަލާމަތުން ހުރި މީހެއް ކަމުގައި ވީ ނަމަވެސް ދުވާލެއްގެ މައްޗަށް ކެވޭ ކުކުޅު ބިހުގެ އަދަދު މަދު ކުރާށެވެ.

  1. ޢަހުމަދު

    މީ މާކުރީގަ މީހުން ގަބޫލް ކުރިގޮތެއް ، ފަހުގެ ދިރާސާ ތަށް ކިޔާލާ !

  2. ދިޔޯ

    ފަހުގެ ދިރާސާތައް ބުނާގޮތުން ކުކުޅިބިހުގް ހުންނަ ކްލެސްޓޮރޯލް ކަކީ ހަށިގަނޑުގަ ހުންނަ ގޯސް ސަރުބީ ވިރުވާލަދޭ އެއްޗެކެވެ.