ޚަބަރު ސިޔާސީ

ޤާސިމް ޑރ. މުޢިއްޒަށް މަރުހަބާ ވިދާޅުވެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް އިންތިޚާބީ ރައީސް ޑރ. މުއިއްޒަށް މަރުޚަބާ ވިދާޅުވެއްޖެއެވެ.

Ads by STELCO

ޤާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑރ. މުޢިއްޒާއި އިންތިޚާބީ ނާއިބު ރައީސް ހުސައިން މުޙަައްމަދު ލަޠީފަށް‬⁩ ހެޔޮ އެދުމާއި، ތަޙްނިޔާއާއި މުބާރަކްބާދީ ދަންނަވާ ކަމަށެވެ.

އަދި ‏ދިވެހި ރައްޔިތުންގެ ނިންމުމާއި އެއްގޮތަށް ދެބޭފުޅުން އިންތިޚާބު ކުރެވުނު މަޤާމުގެ ޒިންމާއަށް އަމާނާތްތެރިވެ، ތެދުވެރިކަމާ ވަފާތެރިކަމާ އެކު، ޤާނޫނީ ހުކޫމަތު ދަމަހައްޓާ، ދިމިޤްރާތީ ހަމަތަށް ނަގަހައްޓާ، ޤައުމުގެ މިނިވަންކަމާ، އިސްތިޤްލާލް ނަގަހައްޓާ، ދިވެހި ރައްޔިތުންގެ ހަައްޤުތައް ރައްކާތެރި ކޮށް، އެންމެހާ ދިވެހިރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި، ދިވެހި ޤައުމާއިގެން ކުރިއަށް ވަޑައިގަންނަވާނޭ ކަމަށް ޔަޤީން ކުރާ ކަަމަށް ޤާސިމް ވިދާޅުވިއެވެ.

އިއްޔެގެ އިންތިހާބުގައި 53 ޕަސެންޓު ހޯދައިގެން މުއިއްޒު ކާމިޔާބު ކުރެއްވިއިރު، ސެޕްޓެމްބަރު 9، ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް މުއިއްޒު ވަނީ ބޮޑު ތަފާތަކުން ކުރި ހޯއްދަވައިފައެވެ. އެފަހަރު އެމަނިކުފާނަށް 46 ޕަސެންޓް ވޯޓު ލިބިވަޑައިގަތެވެ.

Ads by Ooredoo
  1. ބަލާތި

    ސަރުކާރަށް ހީވަނީ ޖަމްއިއްޔާ ތަކާއި ބައްދަލުކުރީމާ ރައްޔިތުންނާއި ބައްދަލުވީކަމަށް އެގޮތަށް އެކަން ނުވާނެއޭ މިނިސްޓަރު ކަން ލިބުމުން އެމެން ގާތް ކުރަނީ މަސީ ފަދަ ކޮރަޕްޓް ޖަމްއިއްޔާ ތައް މިސާލަކަށް މަސީގެ ރައީސް އެލިސަން ޖަނާ ބުނުމުން މުޅި މާލެ ކެކިއަރާނެ އޭނާ ދެކެ ރުޅިން އެކަމަކު މާލޭގައި އުޅޭ ރަނގަޚު ސިވިލް އިންޖިނިއަރުން ނާއި ވަޒީރު ބައްދަލުކޮށްބަލަ އާންމުން ބަލައިގަންނާނެ އެމީހުން ދައްކާ ވާހަކަ މަސީ ޖެހޭނީ ސައިޑަށް ޖައްސަން މިފަހަރު އެއީ ވަގުންގެ ޖަމްއިއްޔާ އެކޭ އެލިސަން ޖަނާ އަމިން އަބްލޯ މީ ބޮޑެތި ވަގުންނެ މިމެން ބަލައިގަންނަ ބަޔަކު މާލެ އަކު ނެތޭ އެމެން ނޫން ސަރުކާރަށް މުހިއްމު ވާން ޖެހޭނީ މުހިއްމު ވާން ޖެހޭނީ ހައުސިންގް މިނިސްޓްރީ ގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ އިންޖިނިއަރުންނާއި އާރކިޓެކްޓަރުން އަދި ކިއުއެސް މެން އެމެން އެއީ ތެދުވެރި މީހުންނަށް ވާނީ އެމެން ނާއި އަހަރަކު މައްސަލަ އެއް ނެތޭ ދެފަހަރު ބައްދަލު ކުރިއަސް ދެން އެމެން މެދުވެރިކޮށް އާންމުންނާއި ހަމައަށް ވާސިލް ވާން ޖެހޭނީ މުއިއްޒު ހަދާން ކުރާތި އެލިސަން ޖަނާ ފަދަ ބޮޑެތި ވަގުން މިފަހަރު ގާތް ނުކުރާތި ޔާންޓޭ އަށް އޮޅުވާލައިގެން އެވަގުންތައް ސަރުކާރާއި ގާތް ވުމުން ސަރުކާރު ވެއްޓުނީ އެރުނޑި ކާޅަށް ޑިޒައިން ކުރަން އިނގޭނެ ޕާރކެއް ނުހުންނާނެއޭ އޭނާ ގާތު ބުނޭ ދެފައި ދަނޑިއަށް ސީލާށޭ…