ރައީސް ޞާލިޙާއި އިންތިޚާބީ ރައީސް މުޢިއްޒުގެ ބައްދަލުވުމެއް ކުރިއަށްދަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުއާއި އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ބައްދަލުވުމެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދާކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ބައްދަލުވުން ފަށާފައިވަނީ މިއަދު 3:00 ޖެހިއިރުއެވެ. ބެލެވޭ ގޮތުގައި އެ ބައްދަލުވުމުގައި މަޝްވަރާ ކުރައްވާނީ ސަރުކާރު ބަދަލުވުމުގެ މަރުހަލާއާ ކުރިއަށްގެންދާނެ ގޮތަކާ ގުޅޭ ގޮތުންނެވެ.
މި ބައްދަލުވުމާއި ގުޅޭ ތަފްސީލެއް ސަރުކާރުން ވެސް ޕީޕީއެމުން ވެސް ހާމަކޮށްފައެއް ނުވެއެވެ.
މި ބައްދަލުވުން ކުރިޔަށްދާއިރު ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިިން ގެ ކުށް ސާބިތުވެ ޖަލު ހުކުމްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ގޭ ބަންދަށް ބަދަލުކުރަން ވަނީ ހަމަޖެހިަފއެވެ.
ދިވެހި ލޮބުވެތި ރައްޔިތުން މިއަދު އިސްކުރަންވީ މަދީނާގެ މުހާޖިރުން ނާއި އަންސާރުން ދެއްކެވި ރީތި ނަމޫނާ ދެއްކުން، އެކުވެރި މުސްލިމް މުވާތިނުބަޔަކަށް ވުމަށް ނަސޭހަތް ތެރިވަން، އިސްލާމް ދީނާއި ވަތަން ދެކެ ލޯބިވާ ވަޔަކަށް ވާންވީ !