ޚަބަރު ރައްޔިތުންގެ މަޖިލިސް

މަޖިލީސް އިންތިޚާބަށް ޚާއްސަކޮށް 300 އަށް ވުރެ ގިނަ ވަޒީފާއަށް އިޢުލާނުކޮށްފި

ޢާއިޝަތު އިނާޝް ، ދެން އޮންލައިން

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ މަސައްކަތްތަކަށް ޚާއްސަކޮށް 300 އަށް ވުރެ ގިނަ ވަޒީފާއަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިޢުލާނުކޮށްފިއެވެ.

Ads by MWSC

އީސީ އިން ކޮށްފައިވާ އިޢުލާނުގައި ވަނީ އޮފިސަރުންނާއި، ސެކިއުރިޓީންނާއި، ލޮޖިސްޓިކްސް އޮފިސަރުންނާއި އަދި މެނޭޖަރުން ފަދަ މަޤާމުތަކަށް މީހުން ބޭނުންވާކަމަށް ބުނެފައެވެ.

މި މަޤާމުތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ގަޑިއަކަށް ކަނޑައަޅާފައިވަނީ އަންނަ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިދިޔަ ބުދަ ދުވަހު އެކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތަށް އިޢުލާނުކުރައްވާފައެވެ. މިގެ ތެރޭގައި އަލަށް އިތުރުވާ 6 ގޮނޑި ހިމެނެއެވެ. އެއީ މާލެ ސިޓީއަށް އިތުރުވި 2 ގޮނޑިއާއި، ބ އަތޮޅަށް އިތުރުވި ގޮނޑިއަކާއި، މާލެ އަތޮޅަށް އިތުރުވި ގޮނޑިއަކާއި، ގއ އަތޮޅަށް އިތުރުވި ގޮނޑިއެއް އަދި އައްޑޫ ސިޓީއަށް އިތުރުވި ގޮނޑިއެކެވެ.

މިފަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ބައެއް ދާއިރާތަކުގެ ނަންތަކަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެއީ ހުޅުމާލެ ދާއިރާގެ ނަން، ހުޅުމާލެ ދެކުނު ދާއިރާއަށް، ކ. ގުރައިދޫ ދާއިރާގެ ނަން މާފުށި ދާއިރާއަށް، ތ. ގުރައިދޫ ދާއިރާގެ ނަން ގުރައިދޫ ދާއިރާއަށް އަދި ފޭދޫ ދާއިރާގެ ނަން ފޭދޫ ދެކުނު ދާއިރާގެ ނަމަށް ބަދަލުކޮށްފައިވެ އެވެ.

އީސީން އިތުރު ކުރި 6 ގޮނޑިއާއެކު މިހާރު މަޖިލީހުގައި ތިއްބަވާ 87 މެންބަރުން 93 މެންބަރުންނަށް އިތުރުވާނެއެވެ.

މަޖިލީހުގެ އިންތިޚާބު ބާއްވާ ތާރީޚެއް އަދި އެކޮމިޝަނުން އިޢުލާނުކޮށްފައެއް ނުވެއެވެ.

  1. އަޖާއިބު

    ކޮބާ ގެޒެޓް ލިނކް