ޚަބަރު ސިޔާސީ

ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް އާދީއްތަ ދުވަހު

ރައުފާ ރަޝީދު ، ދެން އޮންލައިން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖުލު ހުކުމްގެ އިސްތިއުނާފް އަޑުއެހުމެއް އަންނަ އާދީއްތަ ދުވަހު ހައި ކޯޓުގައި ބޭއްވުމަށް ނިންމައިފިއެވެ.

Ads by STELCO

ޔާމިންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ޝިޔާޒް މިރޭ ވިދާޅުވީ އެ މައްސަލައިގެ އިސްތިއުނާފް އަޑުއެހުމެއް އަންނަ އާދިއްތަ ދުވަހުގެ މެންދުރު 13:45 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މަނީ ލޯންޑަރިންގއާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ، ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އަދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ވަނީ 5 މިލިއަން ޑޮލަރުން ޖޫރިމަނާވެސް ކޮށްފައެވެ.

ނަމަވެސް ރައީސް ޔާމީނުގެ ފަރާތްޕުޅުން ހުށަހެޅި، ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ މައްސަލަ ބަލައި ހައިކޯޓުން ވަނީ، ޖޫރިމަނާއާގުޅޭ ބައިގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށާއި، ޖަލު އަދަބު ތަންފީޒުކުރުން ފަސް ކުރެވެން ނެތް ކަމަށް ނިންމާފައެވެ.

ރިޔާސީ އިންތިހާބު އިދިކޮޅުގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރެއްވުމާއެކު ރައީސް ޔާމީން މިހާރު ވަނީ ވަގުތީ ގޮތުން ގެއަށް ބަދަލުކޮށްފައެވެ.

Ads by HDC
  1. ނަރުގިސް

    މުއިޒު ގެ ހުވަޔާއި އެކު ޔާމީނު ގެ ޝަރީޢަޔް ! ޙުކުމް ވެސް