ޚަބަރު ރައްޔިތުންގެ މަޖިލިސް ސިޔާސީ

ފަރެސްމާތޮޑާ ދާއިރާގެ ބައި-އިލެކްޝަން ނޯންނާނެ: އީސީ

ޙައްވާ އިނާޝާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އަންނަ އަހަރުގެ އޭޕްރީލްމަހު ބާއްވާނަމަ ފަރެސްމާތޮޑާ ދާއިރާގެ ބައި-އިލެކްޝަން ބާއްވަން ނުޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.

Ads by MWSC

ފަރެސް ފަރެސްމާތޮޑާ ދާއިރާގެ ގޮނޑި ހުސްވަނީ، އެ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދަވާ މެންބަރު އަދި އިންތިޚާބީ ނާއިބު ރައީސް ހުސައިން މުޙައްމަދު ލަޠީފް، ނޮވެމްބަރު 17ގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަމުގެ ހުވާ ކުރެއްވުމުންނެވެ.

މިކަމަށް އިޝާރަތް ކުރައްވާ އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ޤާނޫނު އަސާސީގައި ބަޔާންކޮށްފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު، މެންބަރުކަމުން ވަކިވުމުގެ ސަބަބުން ހުސްވާ ގޮނޑިއަށް އެ ގޮނޑި ހުސްވާ ތާރީޚުން ފެށިގެން ފަސްދޮޅަސް ދުވަހުގެ ތެރޭގައި މެންބަރަކު އިންތިޚާބު ކުރަންވާނެ ކަމަށެވެ.

ނަމަވެސް މެންބަރު ކަމުގެ ގޮނޑި ހުސްވާ ތާރިޚުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ކުރިއަށްއޮތް ޢާންމު އިންތިޚާބާ ދެމެދު އޮތީ ހަމަސްދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްކަމުގައި ވާނަމަ ހުސްވާ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކޮށްގެން ނުވާނެ ކަމަށް ޤާނޫނު އަސާސީގައި ބަޔާންކުރާ ކަމަށް ހަބީބް ވަނީ ވިދާޅުވެފައެވެ.

އީސީން މަސައްކަތް ކުރަމުން އަންނަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އަންނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ބޭއްވުމަށެވެ. އެހެންކަމުން ނައިބު ރައީސް ހުވާ ކުރައްވާ މުއްދަތުން ފެށިގެން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާ ތާރީޚާ ދެމެދު އޮތީ ފަސް މަސް ދުވަހުގެ މުއްދަތެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!