ޚަބަރު ސިޔާސީ

ޤައުމު އިސްލާޙުކުރުމަށް މަޖިލީހުގެ މެޖޯރިޓީ ބޭނުންވޭ: އަދުރޭ

ޢާއިޝަތު އިނާޝް ، ދެން އޮންލައިން

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އިސްލާޙީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް، އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕީޕީއެމް/ޕީއެންސީ ކޯލިޝަންއަށް ބޭނުންވާކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ޓްރާންސިޝަނަލް ކޮމިޓީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by STELCO

ޢަބްދުރަޙީމް މިހެން ވިދާޅުވީ ރޭ ސަންގު ޓީވީގައި އޮތް ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. ޢަބްދުއްރަޙީމް ވިދާޅުވީ ރާއްޖޭގައި ހިންގަނީ ރިޔާޒީ ނިޒާމެއްކަމުން މަޖިލީހުގެ މެޖޯރިޓީ އެ ކޯލިޝަނަށް ވަރަށް މުހިންމުވާކަމަށެވެ. އަދި ޑރ. މުއިއްޒުގެ ވެރިކަމުގައި މަޖިލީހުގެ ތެރެއިން މިޤައުމަށް ގެންނަން ބޭނުންވާ އިސްލާޙުތައް ގެނައުމަށް، ޤާނޫނުތަކާއި ޤަވާއިދުތަކަށް ގެންނަންޖެހޭ އިސްލާޙުތައް އެބަހުރިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ޤައުމު ރަނގަޅުގޮތުގައި ހިންގުމަށާއި، ރައްޔިތުންނަށް ހެޔޮ ވެރިކަމެއްކުރުމަށް މި އިސްލާޙުތަކަކީ ވަރަށް މުހިންމު ކަމެއްކަމަށާއި، އެހެންކަމުން މަޖިލީހުގެ މެޖޯރިޓީ އެ ކޯލިޝަނަށް ލިބުމަކީ މި އިސްލާޙީ ބަދަލުތައް ގެނައުމަށް ލިބޭނެ އެންމެ ބޮޑު ބާރުކަމުގައި ޢަބްދުއްރަޙީމް ވަނީ ފާހަގަކުރައްވާފައެވެ.

"ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމާއި، ޤައުމުގެ މިނިވަންކަމާއި، ސިޔާދަތާއި، އިސްތިޤުލާލު ރައްކާތެރި ކުރުމަށާއި، އިޤްތިޞާދީ ކުރިއެރުންތައް ހޯދުމަށްޓަކައިވެސް ޤާނޫނުތަކަށް ބަދަލު ގެންނަން އެބަޖެހޭ. އަދުލު އިންސާފާ ޤާއިމުކުރުމުގެ ދާއިރާއަށް ބަލާލިއަސް އެބަހުރި ބޮޑެތި ކަންކަން. މިހުރިހާ ކަމަކަށް ބަލާއިރު ސަރުކާރު ހިންގާ ޕާޓީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިގެން އެންމެ ފުރިހަމައަށް ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދެވޭނީ" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

އަދުގެ ސަރުކާރަށްވެސް ސުޕާ މެޖޯރިޓީ ލިބުނުކަމަށާއި ނަމަވެސް މި ސަރުކާރުން އެކަމުގެ ނާޖާއިޒް ބޭނުންކުރިކަމަށް ފާހަގަކުރައްވައި ޢަބްދުއްރަޙީމް ވިދާޅުވީ ޖޭއެސްސީ އިސްލާޙުކުރާނެކަމަށް ވަޢުދުވެ އައި ސަރުކާރަކަށް އެތަން އިސްލާޙުކުރެވިފައިނުވާކަމަށެވެ.

އިންތިޚާބީ ރައީސް ޑރ. މުއިއްޒުވެސް ވަނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯއްދެވުމަށް ޕީޕީއެމް/ޕީއެންސީއާއި، އެކޯލިޝަންގައި ހިމެނޭ ޕާޓީތަކާއެކު މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ.

އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީސް އިންތިޚާބު އޮންނާނީ އަންނަ އަހަރުގެ އެޕްރީލް މަހުގައެވެ.

Ads by HDC
  1. ފެންނާނެއޭ

    އެއްގޮތަކަށް ވެސް ޕީޕީއެމް ޕީއެންސީ އަށް މަޖްލީހުގެ މެޖޯރިޓީ ދީގެން ނުވާނެއޭ އެއްވެސް ކަމެއް ރަނގަޅުނުވާނެއޭ މަޖްލީހުގެ މެޖޯރިޓީ ވެރިކަން ކުރާ ޕާރޓީ އަށް ދީގެން އެއިރުން ލާ ޖަނިޔަލާއި ކިރުހިއްޕިން ވެސް ޓެކްސް ނަގާނެއޭ މުއިއްޒު އެއީ ޔަގީން ކަމެކޭ ރައްޔިތުންނޭ އެއްގޮތަކަށް ވެސް ވެރިކަން ކުރާ ޕާރޓީ އަށް މަޖްލީހުގެ މެޖޯރިޓީ ދީގެން ނުވާނެއޭ އަދުރޭ މެން އެއުޅެނީ ރައްޔިތުން ފެލައިގެން ޓެކްސް ނެގުމާއި އަދި މަޖްލީހުގެ މެޖޯރިޓީ ހޯދައިގެން ގާނޫނު އަސާސީ އަށް ބަދަލު ގެނެސްގެން އުޅެނީ މުއިއްޒު އަށް އުމަުރަށް ވެރިކަމުގައި ހުރެވޭނެ ގޮތް ހަދަންއޭ ބަލަން ތިބެއްޗޭ އިންޑިއާ ސިފައިން ވެސް ނުފޮނުވާނެއޭ އެއް ކަމެއް ވެސް ނުކުރާނެއޭ ރައީސް އިބޫގެ ވެރިކަމަށް ވުރެން ގޯސްވާނެއޭ ބަލަން ތިބޭ ބަޔަކަށް މިކަން ފެންނާނެއޭ ފެންނާނެއޭ ފެންނާނެއޭ…