ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް އިއާދަކުރެވޭތޯ މަސައްކަތް ކުރުމަކީ މުސްލިމުންނަށް އޮތް ވާޖިބެއް: ހުތުބާ
ފަަލަސްތީނުގެ ރައްޔިތުންގެ ގެއްލިފައިވާ ހައްގުތައް އަނބުރާ އިއާދަކުރެވޭތޯ ގަދަ އަޅާ މަސައްކަތް ކުރުމަކީ މުސްލިމް ޤައުމުތަކުގެ ސަރުކާރުތަކާއި ރައްޔިތުންގެ މައްޗަށް އޮތް ވާޖިބެއް ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުތުބާގައި ބުނެފައިވަނީ އިސްލާމީ އުންމަތުގެ އަދާވާތްތެރިން ވަނީ ފަލަސްތީނު ރައްޔިތުންގެ މިނިވަންކަން ނިގުޅައިގަނެފައި ކަމަށެވެ. އިންސާނީ ކަރާމާތް ނަގާލާ ދުނިޔެއިން އެކަހެރިކޮށް ހާލުގައި ޖައްސާފައިވާ ކަމަށެވެ.
އަދި އެ މީހުން މަސައްކަތް ކުރަމުން ދަނީ ފަލަސްތީނުގައި ދިރިއުޅެމުންދާ މުސްލިމުންގެ ނަސްލު ނައްޔާލުމަށް ކަމަށާއި މީގެ ދެ ތިން ދުވަސް ކުރިން ފަލަސްތީނުގެ އަލްމަޤްމަދާނީ ހޮސްޕިޓަލަށް ދިން ރަހުމެއް ނެތް އަނިޔާވެރި ލާއިންސާނީ އަމަލާ އެކަމުގެ ހެއްކަކަށް ފުދޭ ކަމަށް ވަނީ ބުނެފައެވެ.
ފަލަސްތީނުގެ ރައްޔިތުންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވަ މުސްލިމުންނަށް އިޚްލާސްތެރިކަމާއި މަޑުމައިތިރިކަމާއެކު ދުޢާ ދެންނެވުމަށް ޚުތުބާގައިވަނީ ގޮވާލާފައެވެ.
ދީނީ ވާޖިބު އަދާކުރަން ރާއްޖޭގެ ޤާނޫން ތަނެއްނުދޭ
ދިވެހިންނަށް މީހާރުން މިހާރަށް ފަލަސްތީނަ ށްޓަކައި ކޮށްދެވިދާނެ ކަންކަން :
1/ ޔަހޫދީ އިސްރާއީލް ކުންފުނިތަކުން އުފައްދާ ބަނގުރަލާއި އޫރުމަހުގެ ބާވައްތަށް ދިވެހިރާއްޖެޔަށް އެތެރެކޮށް ވިއްކުން ވަގުތުން ހުއްޓާލުން.
2/ އިސްރާއީލަށް އެހީވާ ޤައުމުތަކުން އުފައްދާ ބަނގުރާ އޫރުމަސް ދިވެހިރާއްޖެއަށް އެތެރެކޮށް ވިއްކުން ވަގުތުން ހުއްޓަލުން.
3/ އިސްރާއީލަށް އެހީތެރިވާ ޤައުމުތަކުގެ ސަފީރުން ވަގުތުން ވަގުތަށް ފޮނުވާލުން .
4/ ފަސްނަމާދުގައި ޤުނޫތު ނާޒިލާ ކިޔަން ހަމަޖެއްސުން .
5/ އެއާޕޯޓްގެ ޑިއުޓީފުރީން ބަގުރާ ވިއްކުން ހުއްޓާލުން.
ނޯޓް: ޔަހޫދީން ފުރާނަ މުއްތި ކުރަނީ ބަނގުރަލާއި އޫރުމަހުން، މިއެއްޗެހި ނުލިބުމަށްވުރެން އެމީހުން ހިއްދަތިވެ ބަލިކަށިވާނެ ކަމެއް ދުނިޔެނަތީގައި ނުވާނެ. ދުނިޔޭގައި ވިއްކާ ބަނގުރަލާއި އޫރުމަހުގެ ފައިސާގެ ބޮޑުބަޔެއް ލިބެނީ އިސްރާއީލް ދައުލަތަށް.