Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ރައްޔިތުންގެ މަޖިލިސް

އިންތިޚާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓަށް 65 ޝަކުވާ

އިންތިޚާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓަށް 65 ޝަކުވާ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، އިންތިޚާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާ ގޮތުގެ ރިޕޯޓަށް 65 ޝަކުވާ ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

މިކަން ހާމަކޮށް އީސީން މިއަދު ބުނީ ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ އިންތިޚާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާގޮތުގެ ވަގުތީ ރިޕޯޓަށް 65 ޝަކުވާ/ ޚިޔާލު ލިބިފައިވާ ކަމަށެވެ.

ހުށަހެޅިފައިވާ ޝަކުވާ/ ޚިޔާލުތަކަށް 2023 ނޮވެމްބަރު 5 ގެ ކުރިން އީސީން ގޮތެއް ކަނޑައަޅާނެ ކަމަށް އެ ކޮމިޝަނުން ބުނެފައި ވެއެވެ.

Advertisement
Ooredoo — Square (box)

ހަމަ އެހެންމެ ޝަކުވާ/ޚިޔާލު ހުށަހެޅި ފަރާތްތަކަށް އީސީން ނިންމާ ނިންމުން ސަބަބާއެކު އަންގާނެ ކަމަށްވެސް އެކޮމިޝަނުން ބުނެފައި ވެއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، އިންތިޚާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާ ގޮތުގެ ރިޕޯޓަށް 65 ޝަކުވާ ހުށަހަޅާފައިވާ ކަމަށް އީސީން ބުނެފައި ވާއިރު މިހާރު ހިނގަމުން އަންނަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި 87 ދާއިރާ ހިމެނޭ އިރު ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރަށް މިހާރު ވަނީ 6 ދާއިރާއެއް އިތުރު ކޮށްފައެވެ.

މިގޮތުން ބ. އަތޮޅަށް އެއް ގޮނޑި، ކ. އަތޮޅަށް އެއް ގޮނޑި، މާލެއަށް ދެ ގޮނޑި، ގއ. އަތޮޅަށް އެއް ގޮނޑި އަދި އައްޑުއަށް އެއް ގޮނޑި ވަނީ އިތުރުކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް