ރައީސް ނަޝީދު މަޤާމުން ވަކިކުރަން އެމްޑީޕީން ތްރީލައިން ވިޕެއް ނެރެން ފާސްކޮށްފި

ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަމުގެ މަގާމުން ރައީސް މުހައްމަދު ނަޝީދު ވަކިކުރަން، އެމްޑީޕީން ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ތްރީލައިން ވިޕެއް ނެރުމަށް އެ ޕާޓީގެ ޕީޖީން ފާސްކޮށްފިއެވެ.
މިއަދު ބޭއްވި އެމްޑީޕީ ޕީޖީ ބައްދަލުވުމުގައި ތްރީލައިން ވިޕް ނެރެން ފާސްކޮށްފައިވަނީ ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
މިކަން ހާމަކޮށް އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަށް މިއަދު ބޭއްވި އެމްޑީޕީގެ ޕީޖީ ގެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ ތްރީ ލައިން ވިޕެއް ނެރެފައި ކަމަށެވެ.
މި ގައުމުގެ ޑިމޮކްރެސީގެ ހައްގުގައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމަށް އެމްޑީޕީ ޕީޖީން ވަނީ އިއްތިފާގުވެފައި ކަމަށް ވެސް ޝިފާއު ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދު މަގާމުން ވަކި ކުރުމުގެ މައްސަލަ އަންނަ އާދިއްތަ ދުވަހަށް މިހާރު ވަނީ އެޖެންޑާކޮށްފައެވެ.
މީގެ އިތުރުން އާދިއްތަ ދުވަހުގެ ޖަލްސާގައި ރައީސް ނަޝީދު ޖަވާބުދާރީ ވުމަށް 30 މިނެޓުގެ ފުރުސަތެއް ދޭނެ އެވެ. އަދި ކޮންމެ މެންބަރަކު އެ މައްސަލައަށް ބަހުސް ކުރުމަށް 3 މިނެޓުގެ ފުރުސަތެއް ލިބޭނެއެވެ.
މިގައުމުންބޭރުކުރަންވީބޮޑުޖާހިލެއްތީމަޖުލީހުގެރިއާސަތުންތިދެވަގުންބޭރުކުރޭ