ދީން

އިސްލާމީ ޝަރިޢަތް ހުއްދަކުރާ މިންގަނޑުގެ ތެރޭގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނަން ޖެހޭނެ: ޚުތުބާ

ރައުފާ ރަޝީދު ، ދެން އޮންލައިން

އިސްލާމީ ޝަރިޢަތް ހުއްދަކުރާ މިންގަނޑުގެ ތެރޭގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނަން ޖެހޭނެ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

Ads by STELCO

މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލާފައިވާ މައުޞޫއު އަކީ "މުޢާމަލާތް ކުރުމުގެ އަހްލާގް" މިއެވެ.

ހުތުބާގައި ބުނެފަައިވަނީ ދީން އަހަރެމެންނަށް ގޮވައިލާ މަތިވެރި އަގުތަކުގެ ތެރޭގައި އެހެން މީހުންނާ މުޢާމަލާތު ކުރާއިރު, އެމީހުންގެ ރަޢުޔަށާއި ހިޔާލަށް އިހްތިރާމް ކުރުން ހިމެނޭ ކަމަށެވެ. އަދި އޮފީހެއްގެ ވެރިއެއް ކަމުގައި ވިޔަސް މުއައްސަސާއެއްގެ ވެރިއެއް ކަމުގައި ވިޔަސް, މެނޭޖަރަކަށް ވިޔަސް, އޭނާގެ ދަށުގައި މަސައަކަތް ކުރާ މީހުންގެ ހިޔާލަށާއި ރައުޔަށް އިހްތިރާމް ކުރަން ޖެހޭނެ ކަމަށް ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ ތަނެއް ކުރިއަރާނީ, އެތަނެއްގެ އެންމެންގެ ލަފަޔާއި މަޝްވަރާ ހޯދައިގެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށާއި އިސްލާމް ދީން ގޮވާލަނީ މުޢާމަލާތް ކުރުމުގައި އަހްލާގީ މިންގަނޑުތަކަށް ތަބާވުމަށް ކަމަށެވެ.

އަދި ބޭންކުތަކުގެ ވެރިންނަށާއި މުއްސަދީންނަށް މާތްالله އަންގަވާފައިވަނީ ރިބާގެ އުސޫލުތަކާއި ދުރުހެލިވެދަރަނި ދިނުމުގައްޔާއި ދަރަނި އަދާކުރުމުގައި ލުއި ފަސޭހަ މުޢާމަލާތްތައް ކުރުމަށް ކަމަށް ހުތުބާގައި ބުންޏެވެ.

  1. ބޮއިކޮޓްކުރޭ

    ރައްޔިތުން ނިކުމެ މުއިއްޒު ލައްވާ އިޒްރޭލަށް ތާއީދު ކުރާ އެމެރިކާ އާއި އިނގިރޭސިންނާއި އިންޑިއާ އާއި ޖަޕާނާއި އޮސްޓްރޭލިޔާ އެމްބަސޭ އާއި އަދި އެގައުމު ތަކުގެ ވަފްދުން ގެނެސްގެން މުއިއްޒު ހުވާ ކުރުމުގެ ރަސްމިއްޔާތު ނުޖެހޭނެއޭ ބާއްވަން އެއްގޮތަކަށް ވެސް ކޮތަރު ގުއިރޭ ޕާރކް ގައި އެއިން އެކަކު ވެސް ގެންނަ ނަމަ މުއިއްޒު ހުވާ ކުރުމުގެ ބަދަލުގައި މުއިއްޒުގެ ހުވާ ކުރުމުގެ ރަސްމިއްޔާތު ޖެހޭނީ ދިވެހި ރައްޔިތުން ނިކުމެ ބޮއިކޮޓްކުރާށޭ މުއިއްޒު ހުވާ ކުރުން އެމެރިކާ އާއި އިނގިރޭސިން އަދި އިންޑިއާގެ ބޮޑުންނަށް ދައުވަތު ދީގެން އެކަން ކޮށްގެންނުވާނެއޭ އަދި އިންޑިއާ އެމްބަސޭ އަށް އެއްގޮތަކަށް ވެސް ދައުވަތު ދީގެން ނުވާނެއޭ މުއިއްޒުގެ ހުވާ ކުރުމުގެ ރަސްމިއްޔާތަށް އެމެން އެއީ ފާޅުގައި އިޒްރޭލާއި އެއްކޮޅަށް ވަކާލާތު ކުރާމީހުންނޭ މުއިއްޒުގެ ހުވާ ކުރުން ބޮއިކޮޓްކުރޭ ބޮއިކޮޓްކުރޭ ބޮއިކޮޓްކުރޭ ބޮއިކޮޓްކުރޭ ބޮއިކޮޓްކުރޭ ބޮއިކޮޓްކުރޭ ބޮއިކޮޓްކުރޭ ބޮއިކޮޓްކުރޭ ބޮއިކޮޓްކުރޭ ބޮއިކޮޓްކުރޭ ބޮއިކޮޓްކުރޭ ބޮއިކޮޓްކުރޭ ބޮއިކޮޓްކުރޭ ބޮއިކޮޓްކުރޭ ބޮއިކޮޓްކުރޭ ބޮއިކޮޓްކުރޭ ބޮއިކޮޓްކުރޭ ބޮއިކޮޓްކުރޭ ބޮއިކޮޓްކުރޭ ބޮއިކޮޓްކުރޭ ބޮއިކޮޓްކުރޭ ބޮއިކޮޓްކުރޭ ބޮއިކޮޓްކުރޭ ބޮއިކޮޓްކުރޭ ބޮއިކޮޓްކުރޭ ބޮއިކޮޓްކުރޭ ބޮއިކޮޓްކުރޭ ބޮއިކޮޓްކުރޭ ބޮއިކޮޓްކުރޭ ބޮއިކޮޓްކުރޭ